ނެރުއްވުން 9:7-10
ނެރުއްވުން 9:7-10 ކމ
”ފިރުޢައުނު ރަސްގެފާނު ކަލޭމެންގެ ކިބައިން މުޢުޖިޒާތެއް ދެއްކުމަށް އެދިއްޖެނަމަ ހާރޫނު ގާތު ބުނޭ އޭނާގެ އަސާ ނަގައި ފިރުޢައުނުގެ ކުރިމައްޗަށް އެއްލާލާށޭ. އޭރުން އޭތި ހަރުފަޔަކަށް ވެދާނެ.“ ދެން މޫސާގެފާނާއި ހާރޫނުގެފާނު ފިރުޢައުނު ގާތަށް ވަޑައިގެން މާތްރަސްކަލާނގެ އެންގެވި ފަދައިން ކަންތައް ކުރެއްވިއެވެ. ހާރޫނުގެފާނު އެކަލޭގެފާނުގެ އަސާކޮޅު ފިރުޢައުނާއި ވަޒީރުންގެ ކުރިފުޅު މައްޗަށް ވައްޓަވާލެއްވުމާއެކު އެ އަސާކޮޅު ހަރުފަޔަކަށް ވެއްޖެއެވެ!

