ނެރުއްވުން 39
39
އިމާމުންގެ ހެދުންކޮޅު
1ފަންނުވެރިން އިމާމުންގެ ހެދުންކޮޅުތައް ތައްޔާރުކުރީ ނޫކުލައާއި، ދަނބުކުލައާއި، ގަދަރަތްކުލައިން ޖަރީކޮށް މޮޅަށް ވިޔެވިފައިވާ ފޮތިންނެވެ. މިއީ މާތް މަޤާމުފުޅުގައި އެމީހުން މާތްރަސްކަލާނގެއަށް އަޅުކަން ކުރާއިރު ލާ ހެދުންކޮޅެވެ. ހާރޫނުގެފާނުގެ އިމާމު ހެދުންކޮޅު ތައްޔާރު ކުރެވުނީ މާތްރަސްކަލާނގެ މޫސާގެފާނަށް އެންގެވި ފަދައިންނެވެ.
އަފޫދު ހެދުންކޮޅު
2އެމީހުން އަފޫދު ހެދުންކޮޅު ތައްޔާރު ކުރީ މޮޅު ލިނެން ފޮތިން ރަނުންނާއި ނުލުންނާއި ދަނބުންނާއި ގަދަރަތް ރޮދިން ޖަރީކޮށްގެންނެވެ. 3އަދި ރަން ތަޅައި ތުނިކޮށްގެން އެއިން ރޮދި ފަށްތައް ހަދާފައި ވަނީ ވަރަށް ކުޅަދާނަކަމާއި ފަރުވާތެރިކަމާ އެކުގައެވެ. އެ ހެދުންކޮޅުގައި ހުރި ނުލާއި ދަނބާއި ގަދަރަތް ކުލައިގެ ޖަރީކުރުންތަކުގެ ތެރޭގައި މި ރަންފަށްތައް ވެސް ވަނީ ހިމަނާފައެވެ.
4އަފޫދު ހެދުމުގެ ކޮނޑުމަތީ އަޅާ ފޮތިކޮޅެއް އެމީހުން ހެދިއެވެ. އޭގެ ދެ ކަން ވަނީ ގުޅުވައި އެކަތިގަނޑެއްގެ ގޮތުގައެވެ. 5އަދި ޒީނަތްތެރި ކުރެވިފައިވާ ކަމަރު ވެސް ހަދާފައި ވަނީ މޮޅު ލިނެން ފޮތިންނެވެ. އެވެސް ވަނީ ރަނާއި ނުލާއި ދަނބާއި ގަދަރަތް ރޮދިން ޖަރީކޮށްފައެވެ. އެއީ ވެސް މާތްރަސްކަލާނގެ މޫސާގެފާނަށް އެންގެވި ފަދައިންނެވެ.
6ދެން އޭގައި އެމީހުން ރަނުން ވޮއްޓެއް ހަދައި ޔަމަނު ޢަޤީޤު ހިލަ އެ ވޮށީގައި ހަރުކޮށް އިސްރާއީލީންގެ ބާރަ ގަބީލާގެ ނަންތައް ތަތްގަނޑެއް ކަނޑައި ނަގާ ފަދައިން ކުޅަދާނަ ކަމާއެކު ލިޔެ ބިންވަޅު ނަގައިފިއެވެ. 7މި ދެހިލަކޮޅު އޭނާ ހަރުކުރީ އަފޫދު ހެދުމުގެ ކޮނޑު ފޮތިކޮޅު މަތީގައެވެ. އެއީ އެއިމާމު އެވަޑައިގަތީ އިސްރާއީލުގެ އެންމެންގެ ފަރާތުން ކަން ރަމްޒު ކުރެވޭ ގޮތުންނެވެ. މި ހުރިހާ އެއްޗެއް ހަދާފައި އެވަނީ މާތްރަސްކަލާނގެ މޫސާގެފާނަށް އެންގެވި ގޮތަށެވެ.
މޭމަތީ ފޮތިގަނޑު
8މޭމަތީ ފޮތިގަނޑު ބަޞަލީލު ހެދީ ވަރަށް ވެސް ހުނަރުވެރި ފަރުވާތެރި ގޮތެއްގައެވެ. އޭނާ މި ފޮތިގަނޑު ހެދީވެސް އަފޫދު ހެދުމާ ގުޅޭ ގޮތަށް މޮޅު ލިނެން ފޮތީގައި ނުލާއި ދަނބާއި ގަދަރަތް ކުލައިގެ ރޮއްޖާއި ރަން ރޮދި ބޭނުންކޮށްގެންނެވެ. 9އެ ފޮތިގަނޑު އެމީހުން ހެދީ ފަށްޖަހާ ލުމުން ނުވަ އިންޗި ހުންނަ ހަތަރެސްކަން ދަބަހެއް ހެންނެވެ. 10އެމީހުން އޭގައި ހަތަރުބަރިއަށް ޖަވާހިރު ޖެއްސެވެ. ފުރަތަމަ ބަރީގައި ޖެހީ ރަތް ޢަޤީޤަކާއި މަޑުފެހި ޒަބަރުޖުދަކާއި ޒުމައްރަދެކެވެ. 11ދެވަނަ ބަރީގައި ޖެހީ ފީރޯޒަކާއި، އަޒުރަޤަކާއި ހުދު އަލިމަހެކެވެ. 12ތިންވަނަ ބަރީގައި އޯރެންޖް ޔާގޫތަކާއި، ޢަޤީޤަކާއި، އެމަތިސްޓެކެވެ. 13އަދި ހަތަރުވަނަ ބަރީގައި ފެހިނޫ ފެންފިޔާޒަކާއި ޔަމަނު ޢަޤީޤަކާއި ފެހި ޔަޝްބެކެވެ. 14މިއިން ކޮންމެ ޖަވާހިރެއް ރަމްޒުކޮށްދެނީ ބަނީއިސްރާއީލުގެ ބާރަ ގަބީލާގެ ތެރެއިން ގަބީލާއެކެވެ. އެ ނަންތައް ވަނީ އެ ޖަވާހިރުތަކުގައި ލިޔެ ތަތްގަނޑެއް ފަދައިން ބިންވަޅު ނަގާފައެވެ.
15މި މޭމަތީ ފޮތިގަނޑު ހެދުންކޮޅުގައި ހަރުކުރުމަށް ރަތުރަން ރޮދިން ގަތައި ދެ ރޭނދާފަށް ވެސް އެމީހުން ވިޔެފިއެވެ. 16އަދި އެމީހުން ރަނުގެ ދެ ފްރޭމާއި ދެ ބޮޅު ވެސް ހަދައި އެފޮތިގަނޑުގެ ދެކަނުގައި ހަރުކުރިއެވެ. 17ދެން މި ދެ ރޭނދާފަށް ބޮޅުތަކަށް ލައްވައި މޭމަތީ އަޅާ ފޮތިގަނޑުގެ ކަނުގައި އެއްސިއެވެ. 18އެ ދެ ރޭނދާފަށުގެ އަނެއްކޮޅު އެމީހުން އެއްސީ އަފޫދު ހެދުންކޮޅުގެ ކޮނޑުމަތީ ފޮތިކޮޅުގައި ވާ ދެ ބޮޅުގައެވެ. 19އެމީހުން ރަނުން އިތުރު ދެ ބޮޅު ހަދައި މޭމަތީ ފޮތިގަނޑުގެ އެތެރޭ ކައިރިފަށުގައި އަފޫދު ހެދުންކޮޅުގައި ޖެހޭގޮތަށް ހަރުކުރިއެވެ. 20އަދި އެމީހުން އިތުރު ރަނުގެ ދެ ބޮޅު ހަދައި އަފޫދު ހެދުމުގެ ކުރިމަތިން އެ ހެދުންކޮޅުގެ ކޮނޑުފޮތިކޮޅަށް ވުރެން ތިރީގައި ހަރުކުރިއެވެ. އެއީ އަފޫދު ހެދުންކޮޅުގައި ޖަރީކުރި އުނަގަނޑު ބަންދު ހަރުކޮށްފައިވާ ގޮށަށް ވުރެން ތަންކޮޅެއް މަތީގައެވެ. 21ފޮތިގަނޑުގެ ތިރީ ދެ ބޮޅުގައި ނޫކުލައިގެ ދެ ވާކޮޅުލައި އަފޫދު ހެދުމުގައިވާ ބޮޅުތަކުގައި ހަރުކޮށްފިއެވެ. މިގޮތުން މި މޭމަތީ ފޮތިގަނޑު އަފޫދު ހެދުންކޮޅުގައިވާ ބަންދު މަތިން ރަނގަޅަށް ހަރުކޮށް ނިމުނު އިރު މިހެދުންކޮޅު ވެސް މި ތައްޔާރު ވެގެން ދިޔައީ މާތްރަސްކަލާނގެ މޫސާގެފާނަށް އެންގެވި ގޮތަށެވެ.
ހެދުންކޮޅުގެ އިތުރުބައިތައް
22އަފޫދު ހެދުންކޮޅު ދަށުން ލާ ހެދުން ވެސް ބަޞަލީލު ތައްޔާރު ކުރީ އެއް ފޮތިގަނޑަކަށް ވިޔެފައިވާ ނޫ ކުލައިގެ ކެހެރި ފޮތިންނެވެ. 23އޭގެ މެދުގައި ހާރޫނުގެފާނުގެ އިސްތަށިފުޅު ލެއްވުމަށް ކަރެއް ކަނޑާފައި ހުއްޓެވެ. އެ ކަރު ވަށައިގެން ރޮދި ޖަހައި ވީދައިގެން ނުދާނެހެން ގިރުއާނެއް އަޅާފައި ހުއްޓެވެ. 24އެމީހުން ނޫކުލައާއި ދަނބުކުލައާއި ގަދަރަތްކުލައިގެ ރޮދިން އަންނާރު ގުޅަ ހަދާފައި ހުއްޓެވެ. އަދި އެއެއްޗެހި ހެދުންކޮޅުގެ ފަސްބައިގައި އެލުވިއެވެ. 25ދެން އެމީހުން ރަތުރަނުން ރަނގަބީލު ހަދައި ފަސްބައިގައި އެލުވާފައިވާ ކޮންމެ ދެ އަންނާރު ގުޅައެއްގެ ދެމެދުގައި އެލުވިއެވެ. 26އެހެންކަމުން ފަސްބައިގައި އެލުވާފައި ވަނީ އަންނާރު ގުޅައަކާ ޖެހި ރަނގަބީލެކެވެ. މިއީ މާތްރަސްކަލާނގެއަށް ޚިދުމަތް ކުރާ ހިނދު އަޅާ ރިދާކޮޅެކެވެ. މިވެސް މި ތައްޔާރުވީ މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީކުރެއްވި ގޮތަށެވެ.
27އެމީހުން ހާރޫނުގެފާނާއި އެކަލޭގެފާނުގެ ދަރިކަލުންނަށް ވެސް މޮޅު ލިނެން ފޮތީގެ ގަމީސްތައް ތައްޔާރު ކުރިއެވެ. 28އެމީހުން ޚާއްސަ ފަގުޑިއާއި ތާކިހާތައް ވެސް މޮޅު ލިނެން ފޮތީގައި ތައްޔާރު ކުރިއެވެ. އަދި އެތެރޭން ލާނެ ހެދުންކޮޅުތައް ވެސް ހަމަ އެހާ މޮޅު ލިނެން ފޮތިން ތައްޔާރު ކުރިއެވެ. 29އެމީހުން ކަމަރު ހެދީ މޮޅު ލިނެން ފޮތިންނެވެ. އަދި އޭގައި ނުލާއި ދަނބާއި ގަދަރަތް ކުލަ ރޮދިން ޖަރީކުރިއެވެ. އެވެސް އެ ތައްޔާރުވީ މޫސާގެފާނަށް މާތްރަސްކަލާނގެ އަންގަވައިފައިވާ ގޮތަށެވެ.
30އެންމެ ފަހުން އެމީހުން ކަރާމާތްތެރި މެޑެލިވެސް ރަތުރަނުން ތައްޔާރުކޮށްފިއެވެ. އޭގައި އެމީހުން މި ލަފުޒުތައް ކަނޑައި ބިންވަޅު ނެގިއެވެ. ”މާތްރަސްކަލާނގެއަށްޓަކައި ހިބަކުރެވިފައި.“ 31އެމީހުން މި މެޑެލް ހާރޫނުގެފާނުގެ ފަގުޑިކޮޅުގައި ނޫފަށަކުން އެލުވިއެވެ. މިކަން ވެސް އެ ހިނގީ މޫސާގެފާނުގެ ގާތު މާތްރަސްކަލާނގެ ވަޙީކުރެއްވި ގޮތަށެވެ.
މަސައްކަތް ނިންމާލުން
32އެންމެފަހުން ފޭލިގެކޮޅުގައި ކުރަން ހުރި ހުރިހާ މަސައްކަތެއް ނިންމާލެވިއްޖެއެވެ. މިހުރިހާ ކަމެއް މާތްރަސްކަލާނގެ މޫސާގެފާނަށް އެންގެވި ފަދައިން ބަނީ އިސްރާއީލީން ކޮށް ނިންމައިފިއެވެ. 33ދެން އެމީހުން އެ ފޭލިގެކޮޅު އެއްކޮށް މޫސާގެފާނުގެ އަރިހަށް ގެނަސްފިއެވެ:
ފޭލިކޮޅާއި އޭގެ ފެހާމާނުތަކާއި ދަތިތަކާއި އޮނިގަނޑުތަކާއި ހުރަސްދަނޑިތަކާއި ތަނބުތަކާއި އޭގެ ބުޑުތައް.
34ފޭލިގޭގެ ބޭރުން ލާނެ އުރަކޮޅު. ހިއްކައި ރަތްކުލަ ޖައްސާފައިވާ ފިރިހެން ކަންބަޅި ހަމާއި މޮޅު ބަކަރި ހަން.
ޢަހުދުނާމާ ފޮށިކޮޅު ނިވާކުރުމަށް ބަހައްޓާ ފަރުދާއާއި،
35ޢަހުދުނާމާ ފޮށިކޮޅާއި އުފުލާ ދަނޑިތަކާއި،
ކައްފާރާގެ މަޤާމުފުޅު ކަމަށްވާ އެ ފޮށިކޮޅުގެ މައްޗާއި،
36މޭޒުކޮޅާއި އޭގެ ތަށިތެލި ކަންވާރުތައް؛
ޙަޟްރަތަށް ހުށަހަޅާ ބޯރޮށިތައް؛
37ރަތުރަނުގެ ބައްތިކޮޅާއި އެއާ ގުޅިގެން ހަދާފައި ހުރި ބައްތި ތަކާއި ބައްތި ތަށިތަކާއި އޭގެ ސާމާނުތަކާއި ދިއްލާނެ ޒައިތޫނި ތެޔޮ؛
38ރަނުގެ ދުންއަޅާ އައްޓާއި، މީރު ވަސްދުވާ ތެޔޮ؛
ފޭލިގެކޮޅުގެ ދޮރުކޮޅުމަތީ ދަމާ ފަރުދާ؛
39ކަފުލޯ އައްޓާއި؛ ކަފުލޯ ޖާލިގަނޑާއި އުފުލާ ދަނޑިތަކާއި އޭގެ އެހެނިހެން ސާމާނުތަކާއި؛ އަތްފައި ދޮންނަ ފެންބިލިގާއާއި އެ ބަހައްޓާ ހަރާއި؛
40ގޯތިތެރޭގައި ވަށައިގެން ދަމާނެ ފަރުދާތަކާއި؛ އެ ހަރުކުރާނެ ތަނބުތަކާއި އޭގެ ބުޑުތަކާއި؛ ކުރިމަތީގައި ދަމާ ފަރުދާއާއި ވާވެލާވެއްޔާއި އިލިތަކާއި އަޅުކަން ކުރާއިރު ފޭލިގެކޮޅުގައި ބޭނުންވާނެ އެހެނިހެން ސާމާނު ތަކާއި؛
41އަދި މާތްވެގެންވާ މަޤާމުފުޅުގައި އިމާމުން ޚިދުމަތް ކުރާއިރު ތުރުކުރައްވަން ރީއްޗަށް ވިޔެ ޖަރީކޮށްފައިވާ ކަރާމާތްތެރި ހެދުންކޮޅުތަކެވެ. އެއީ ހާރޫނުގެފާނާއި އެކަލޭގެފާނުގެ ދަރިކަލުންނަށްޓަކައި ތައްޔާރުކޮށްފައިވާ ހެދުންކޮޅުތަކެވެ.
42އިސްރާއީލީން މިތަކެތި ތައްޔާރުކޮށްފައި ވަނީ މޫސާގެފާނަށް މާތްރަސްކަލާނގެ އެންގެވި ފަދައިންނެވެ. 43ދެން މޫސާގެފާނު އެތަކެއްޗާއި އެމީހުން ކުރި މަސައްކަތް ބައްލަވައި ލައްވައިފިއެވެ. އެހުރިހާ އެއްޗެއް ވެސް ވަނީ މާތްރަސްކަލާނގެ އެކަލޭގެފާނަށް ވަޙީކުރެއްވި ފަދައިންނެވެ. އެހެންވެ އެކަލޭގެފާނު އެމީހުންގެ މައްޗަށް ރަޙުމަތްލެއްވުން އެދި ދުޢާ ދެންނެވިއެވެ.
ទើបបានជ្រើសរើសហើយ៖
ނެރުއްވުން 39: ކމ
គំនូសចំណាំ
ចែករំលែក
ចម្លង
ចង់ឱ្យគំនូសពណ៌ដែលបានរក្សាទុករបស់អ្នក មាននៅលើគ្រប់ឧបករណ៍ទាំងអស់មែនទេ? ចុះឈ្មោះប្រើ ឬចុះឈ្មោះចូល
© (Active), Wycliffe Bible Translators, Inc. All rights reserved.

: