ނެރުއްވުން 17
17
ހިލައިން ފެން އޮހުން
1 މާތްރަސްކަލާނގެ އަމުރުފުޅަށް އިސްރާއީލީންގެ ޖަމާޢަތުގެ އެންމެން ސީން ދޫކޮށް ހަނަފަސްބިމުގައި އެއްތަނުން އަނެއް ތަނަށް ދަތުރުކުރަމުން ދިޔައެވެ. އެންމެ ފަހުން އެމީހުން ރަފީދީމު ކިޔާ ހިސާބަކަށް އައިސް އެތާނގައި ފޭލިގެ ޖަހައިފިއެވެ. އެކަމަކު އެމީހުން ބޯނެ ފެނެއް އެތާނކު ނެތެވެ. 2އެހެންވެ އަނެއްކާވެސް އެމީހުން މޫސާގެފާނާ ޝަކުވާ ކުރިއެވެ. ”އަހަރެމެންނަށް ބޯފެން ދީ!“
މޫސާގެފާނު ވިދާޅުވިއެވެ. ”ކަލޭމެން އަހަންނާ ތިޔަ ޝަކުވާ ކުރަނީ ކީއްވެތަ؟ ކަލޭމެން މާތްރަސްކަލާނގެ އިމްތިޙާނު ކުރަން ތިޔަ އުޅެނީ ކީއްވެތަ؟“
3އެކަމަކު ފެންބޮވައިގެންގޮސް ނުކުޅަދާނަ ވުމުން އެމީހުން މޫސާގެފާނާ އަރައިރުން ވަމުން ދިޔައެވެ. ”ކަލޭ އަހަރެމެން މިޞްރުން ނެރެގެން ތިޔަ ގެނައީ ކީއްވެ؟ ކަލޭ ތިޔަ އުޅެނީ އަހަރެމެންނާއި އަހަރެމެންގެ ކުދިންނާއި އަހަރެމެންގެ ޖަނަވާރުތަކަށް ފެން ނުދީ މަރާލަންތަ؟“
4ދެން މޫސާގެފާނު މާތްރަސްކަލާނގެ ކިބަފުޅަށް އާދޭހާއެކު މުނާޖާ ދެންނެވިއެވެ. ”މިމީހުންނާ މެދު މިއަޅާ ހަދަންވީ ކިހިނެއްތޯ؟ އެމީހުން އެތިބަ ތައްޔާރުވަނީ މިއަޅާ ގަލުންތަޅައި މަރާލަން!“ 5މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީކުރެއްވިއެވެ. ”އެމީހުންނާ ދުރަށް ކުރިއަށް ދޭ. އަދި އިސްރާއީލީންގެ ޖަމާޢަތުގެ ބޮޑުން ގެންދޭ. ދާއިރު ކަލޭ ނީލަ ކޯރު ފެންމަތީގައި ޖެހި އަސާ ގެންދާތި. 6އަހަރެން އެވަގުތު ޙޫރީބު#17:6 އެއީ ޠޫރުސީނާ ފަރުބަދައަށް ކިޔާ އެހެން ނަމެކެވެ. ފަރުބަދަ މަތީ ހުންނާނަން. އެ ފަރުބަދައިގެ ހިލައިގައި ކަލޭ ދަނޑިބުރިން ޖަހާ. އޭރުން އެހިލައިން ފެން އޮހިގެން އަންނާނެ. އަދި ކަލޭމެންގެ މީހުންނަށް އޭރުން ފެން ބޯން ލިބޭނެ.“
އެހެންވެ އެގޮތުގެ މަތިން މޫސާގެފާނު އަސާކޮޅުން އެހިލައިގައި ޖެއްސެވުމުން އެތަނުން ފެން އޮހިގަތެވެ. އޭރު އެމީހުންގެ ބޮޑުން އެތަން ބަލަން ތިއްބެވެ. 7މޫސާގެފާނު އެތަނަށް މައްސާއޭ#17:7 މައްސާއޭ އޭގެ މާނައަކީ އިމްތިޙާނު ކުރެއްވުމެވެ. ވިދާޅުވެ ނަން ދެއްވިއެވެ. އަދި މަރީބާއޭ#17:7 މަރީބާއޭ އޭގެ މާނައަކީ އަރާރުންވުމެވެ. ވެސް އެތަނަށް ކިޔާއުޅެއެވެ. އެހެނީ އިސްރާއީލުގެ މީހުން އެތަނުގައި އަރާރުންވެ މާތްރަސްކަލާނގެ އިމްތިޙާނު ކުރަން އުޅުނެވެ. އެމީހުން އެއްސެވެ. ”މާތްރަސްކަލާނގެ އަހަރެމެންނާ އެކު މިތަނުގައި ވޮޑިގެން ވޭތަ؟ ނޫނީ ނުވޭތަ؟“
އިސްރާއީލީން ޢަމާލިޤީން ބަލިކުރުން
8ބަނީ އިސްރާއީލީން ރެފީދީމުގައި ތިއްބައި ޢަމާލީގީންގެ ހަނގުރާމަވެރިން އައިސް އެމީހުންނަށް ހަމަލަ ދީފިއެވެ.
9މޫސާގެފާނު ޔަޝޫޢުގެފާނަށް ވިދާޅުވިއެވެ. ”ޢަމާލީގީންނާ ހަނގުރާމަ ކުރާނެ ބަޔަކު ހޯދައިގެން ގޮސް އެމީހުންނާ ދިމާ ކުރޭ. މާދަމާ އަހަރެން ފަރުބަދަ މައްޗަށް އަރައި މާތްކަލާނގެ އަސާކޮޅު ހިފަހައްޓައިގެން ހުންނާނަން.“
10އެހެންވެ ޔަޝޫޢުގެފާނު މޫސާގެފާނު އެންގެވި ގޮތަށް ޢަމާލީގީންގެ މީހުންނާ ހަނގުރާމަ ކުރަމުން ދިޔައެވެ. އޭރު މޫސާގެފާނާއި ހާރޫނުގެފާނާއި ޙޫރު އެތާ ކާރީގައި ހުރި ފަރުބަދައަކަށް އަރާ ވަޑައިގެން ތިއްބެވިއެވެ. 11މޫސާގެފާނުގެ އަސާކޮޅު އުފުއްލަވާފައި ވާހައި ހިނދަކު އިސްރާއީލީންނަށް ފަހިކަން ލިބެމުން ދިޔައެވެ. އެކަމަކު އެކަލޭގެފާނުގެ އަސާކޮޅު ތިރިވާ އިރަށް ޢަމާލީގީންނަށް ފަތަޙަ ލިބެއެވެ. 12މޫސާގެފާނުގެ އަތްޕުޅުން ވާގި ދޫވެ އަސާކޮޅު އުފުއްލަވައިގެން ހުންނަވަން ދަތިފުޅުވެ ވަޑައިގެންފިއެވެ. އެވަގުތު ހާރޫނުގެފާނާއި ޙޫރު އެކަލޭގެފާނު އިށީނދެ ވަޑައިގެން އިންނަވާނެ ގަލެއް ދެއްކެވިއެވެ. ދެން އެ ދެބޭކަލުން މޫސާގެފާނުގެ ދެފަރާތުގައި ތިއްބަވައިގެން މޫސާގެފާނުގެ އަތްޕުޅުގައި ހިފަހައްޓަވައިގެން ތިއްބެވިއެވެ. އެގޮތުގެ މަތިން އިރު އޮއްސެންދެން އެކަލޭގެފާނު އަތްޕުޅު ތިރި ވިޔަ ނުދީ އެބޭކަލުން ހިފެހެއްޓެވިއެވެ.
13ނަތީޖާއެއްގެ ގޮތުން ޔަޝޫޢުއަށް އެހަނގުރާމައިގައި ފަތަޙަ ލިބި ޢަމާލީގީން ބަލިވެއްޖެއެވެ.
14އޭގެ ފަހުން މާތްރަސްކަލާނގެ މޫސާގެފާނަށް އިރުޝާދު ދެއްވިއެވެ. ”މި ނަސްރުގެ ހަނދާންތައް ދެމިހުންނާނެފަދަ ގޮތަކަށް ލިޔޭ. އަދި ޔަޝޫޢު ގާތު ބުނޭ: ’އަހަރެން ޢަމާލީގީންގެ ވަސް ވެސް މި އުޑުދަށުން ފިލުވާލާނަމޭ.‘“ 15މޫސާގެފާނު އެތަނުގައި ޤުރުބާނީ އައްޓެއް ހެއްދެވިއެވެ. ”މާތްރަސްކަލާނގެއީ އަހަރެންގެ ކާމިޔާބީގެ ދިދަ.“ އަދި މިހެން ވިދާޅުވެ އެތަނަށް ނަންދެއްވިއެވެ. 16އެކަލޭގެފާނު ވިދާޅުވިއެވެ. ”އެމީހުން މާތްރަސްކަލާނގެ އަރުޝިކޮޅާ ދިމާއަށް ގޮށްމުށް އުފުލި. މިހާރު އެމީހުންގެ ޖީލަކަށް ފަހު ޖީލަކަށް ދާނދެން މާތްރަސްކަލާނގެ އެމީހުންނާ ހަނގުރާމަ ކުރައްވާނެ.“
ទើបបានជ្រើសរើសហើយ៖
ނެރުއްވުން 17: ކމ
គំនូសចំណាំ
ចែករំលែក
ចម្លង
ចង់ឱ្យគំនូសពណ៌ដែលបានរក្សាទុករបស់អ្នក មាននៅលើគ្រប់ឧបករណ៍ទាំងអស់មែនទេ? ចុះឈ្មោះប្រើ ឬចុះឈ្មោះចូល
© (Active), Wycliffe Bible Translators, Inc. All rights reserved.