ނެރުއްވުން 3:16-4
ނެރުއްވުން 3:16-4 ކމ
”އަހަރެމެން މިޞްރުގައި ތިއްބާ މާތްރަސްކަލާނގެ އަހަރެމެން މެރުއްވި ނަމަ ކޮންފަދަ.“ މިހެން ކިޔައި އެމީހުން ނުރުހުން ފާޅު ކުރިއެވެ. ”އެތަނުގައި އަހަރެމެން ތިބި އިރު ތެލިތެލީގައި އެއްގަމު މަސް ހުރޭ. ކާނެވަރަކަށް ކާނެ ކާއެއްޗެހި ހުރޭ. އެކަމަކު މިހާރު އަހަރެމެން ގޮވައިގެން ކަލޭމެން އައިސް މިތިބީ ހަނަފަސް ސަހަރާގެ ތެރޭ. ކަލޭ ތިއުޅެނީ މިތަނުގައި އަހަރެމެން ބަނޑަށް މަރަން.“ ދެން މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީ ކުރެއްވިއެވެ. ”އަހަރެން ކަލޭމެންނަށް ސުވަރުގޭގެ ކާނާ ވާރޭ ފަދައިން ވެއްސާނަން. ކޮންމެ ދުވަހަކު ވެސް އެމީހުން ގޮސް ކާނެ ވަރަކަށް ކާން ކާއެއްޗެހި ހިފައިގެން އަންނަންވީ. އަހަރެން ބަލާނަން އެމީހުންނަށް އަންގާ އެންގުންތަކަށް އެމީހުން ތަބާވާ ވަރެއް.


