2 ޞަމޫއީލް 14
14
އަބްޝާލޫމް އަނބުރާ ގެންނެވުން
1ދާއޫދު ރަސްގެފާނު އަބްޝާލޫމަށް އެދިވަޑައިގަންނަވާ ވަރު ސަރޫވިޔަތުގެ ދަރި ޔުއާބުއަށް ވިސްނުނެވެ. 2އެހެންވެ ޔުއާބު ތަޤޫޢު އަވަށަށް މީހަކު ފޮނުވައިގެން އެތަނުން ވިސްނުންތެރި އަންހެނަކު ގެނަސްފިއެވެ. ޔުއާބު މި އަންހެނާގެ ގާތު ބުންޏެވެ. ”ނިކަން ހިތާމަވެރި އަންހެނެއްގެ ސިފަޖައްސައިގެން މޮޅިވެރި ހެދުމެއް ލައިގެން ދާތި. މީރުވަސް ދުވާ އެއްޗެއް ބޭނުން ނުކުރާތި. މީހަކު މަރުވެގެން އެތައް ދުވަހަކު ހިތާމަކުރަމުން ދާފަދައިން ރޮމުން ދާތި. 3ރަސްގެފާނުގެ އަރިހަށް ގޮސް މިބަސްތައް މިހެން ބުނޭ.“ ދެން ޔުއާބު ދަންނަވަން ބޭނުންވި ބަސްތައް އެއަންހެނާގެ އަނގަޔަށް އަޅައިދީފިއެވެ.
4ދެން އެ އަންހެނާ ރަސްގެފާނުގެ ފައިންޕުޅު ދެކެން އަތުވެއްޖެއެވެ. އޭނާ އައިސް ރަސްގެފާނުގެ ކުރިފުޅުމައްޗަށް ވެއްޓި ބިންމަތީގައި މޫނު ޖައްސައިފިއެވެ. އޭނާ ދެންނެވިއެވެ. ”މަސާހިބު ރަސްގެފާނު! އަޅުގަނޑަށް އޯގާވެރިކަމާއެކު އެހީތެރިވެ ދެއްވާ!“
5ދާއޫދު ރަސްގެފާނު ވިދާޅުވިއެވެ. ”ކަލެއަށް ދިމާވެގެން ތިޔަ އުޅެނީ ކޮން މަސްއަލައެއްތަ؟“
އަންހެންމީހާ ދެންނެވިއެވެ. ”އަޅުގަނޑު މީ ހުވަފަތް އަންހެނަކީން. ފިރިމަރުވެފައި ހުރި ނިކަމެއްޗަކިން. 6ކަލޭގެފާނުގެ ޚާދިމު ނިކަމެތި އަޅުގަނޑުގެ ތިބީ ދެކުދިން. އެދެކުދިން ހުސްބިމުގައި އެކަނި ތިބެގެން ތަޅާފޮޅަމުން ދިޔަ. އެކުދިން ދުރުކުރާނެ މީހަކު ނެތް. އެހެން އުޅެނިކޮށް އެއްކުއްޖަކު އަނެއްކުއްޖާގެ އަތުން މަރުވެއްޖެ. 7މިހާރު ގަބީލާގެ އެންމެން އަޅުގަނޑާ ދެކޮޅުވެއްޖެ. އެމީހުން ބުނަނީ ’ކަލޭގެ ދަރިފުޅު މަރާލި ދަރި ތިމަންމެންނާ ހަވާލު ކުރާށޭ. ތިމަންމެން ބޭނުންވަނީ އޭނާ މަރާލާށޭ. އެގޮތަކީ އޭނާއަކީ އޭނާގެ ކޮއްކޮ މަރާފައި ހުރި މީހެއް.‘ އަޅުގަނޑުގެ އެދަރިފުޅަކީ އާއިލާގެ ހުޅުކޮޅުގެ އެންމެ ފަހު ކަނިކޮޅު. އެ ދަރިފުޅު މަރުވެއްޖެއްޔާ އެހުޅުކޮޅު އެއްކޮށް ނިވިދާނެ. އަޅުގަނޑުގެ ދިރިހުރިހާ ވެސް ކުއްޖަކީ އެއީ. އޭނާގެ ބައްޕަގެ މުދަލުގެ ވާރިސަކަށް ހުރީ އޭނާ. އޭރުން އަޅުގަނޑުގެ މަރުހޫމު ފިރިމީހާގެ މުދާ ލިބޭނީ ހިލޭ މީހަކަށް. އޭނާގެ ނަމާއި އާއިލާ ވެސް ބިންމަތީން ފުހެވިގެން ހިނގައިދާނެ.“
8ދެން ރަސްގެފާނު އެ އަންހެނާއަށް ވިދާޅުވިއެވެ. ”ގެޔަށް ދޭ! ކަލޭގެ ތިޔަ ކަންތައް ހައްލު ކޮށްދޭނަން.“
9އެއަންހެނާ ރަސްގެފާނަށް ދެންނެވިއެވެ. ”އޭ އަޅުގަނޑުގެ ވެރި ސާހިބު ރަސްގެފާނު! މިކަމުގެ ކުށް އަޅުގަނޑާއި އަޅުގަނޑުގެ ބައްޕަގެ އާއިލާގެ މައްޗަށް އަޔަ ދެއްވާ. ރަސްގެފާނުގެ ރަސްކަމުގައި މިކަމުގެ އިލްޒާމު ނައަޅުއްވާ!“
10ދާއޫދު ރަސްގެފާނު ވިދާޅުވިއެވެ. ”ކަލެއާ ދިމާއަށް މީހަކު އެއްޗެކޭ ބުނެފިއްޔާ އެމީހަކު އަހަންނާ ހަމަޔަށް ގެނޭ. އޭނާ ކަލެއަކަށް އިތުރަކަށް ތުރާލެއް ނުދޭނެ.“
11އަންހެނާ ދެންނެވިއެވެ. ”އާދޭހާއެކު ދަންނަވަން. މާތްރަސްކަލާނގެ ކަލޭގެފާނުގެ ކަލާނގެ ނަންފުޅުގައި ހުވާ ކުރައްވައި ވިދާޅުވެދެއްވާ، އަޅުގަނޑުގެ ދަރިފުޅު އަތުން އޭނާގެ ކޮއްކޮ މަރުވީތީ އެކަމުގެ ބަދަލުގައި އެކަކަށް ވެސް އެކުއްޖާ މެރުނަ ނުދެއްވާނެ ކަމަށް. އަޅުގަނޑު ހަލާކެއްގެ މައްޗަށް އިތުރު ހަލާކެއް އަންނަތަން ދެކޭކަށް ބޭނުމެއް ނުވޭ.“
ދާއޫދުގެފާނު ވިދާޅުވިއެވެ. ”ދިރިދެމި ވޮޑިގެންވާ ކަލާނގެ ގަންދީބުނަން އެކަކަށް ވެސް ކަލޭގެ ދަރިފުޅަށް ގޮތެއް ނުހެދޭނެ. އޭނާގެ ބޮލުގެ އެންމެ އިސްތައްޓަކަށް ވެސް ގެއްލުމެއް ނުދެވޭނެ.“
12އަންހެން މީހާ ދެންނެވިއެވެ. ”އާދޭހާ އެކު ދަންނަވަން. ނިކަމެތި އަޅުގަނޑު އަދި އެއް ވާހަކަ ދެއްނެވުމުގެ ހުއްދަ ދެއްވާ!“
ރަސްގެފާނު ވިދާޅުވިއެވެ. ”ބުނޭ!“
13”މާތްކަލާނގެ މީހުންނާ ދޭތެރޭ ކަލޭގެފާނު އެ ގޮތަށް ކަންތައް ކުރައްވަނީ ކީއްވެތޯ؟ ރަސްގެފާނު ތިހެން ވިދާޅުވާއިރު ރަސްގެފާނު ވެސް މިކަމުގައި ކުށްވެރި ނުވޭތޯ؟ އެހެނީ ކަލޭގެފާނުގެ ދަރިކަލުން ވެސް އެވަނީ ރަށުން ބޭރަށް އަރުވާލައްވާފައި. 14އަހަރެމެން އެންމެން ދުވަސްކޮޅަކުން މަރުވެދާނެ. އަހަރެމެން އެންމެންނަކީ ބިމަށް އޮއްސާލާ ފެނެކޭ އެއްގޮތް ބަޔަކީމު. އެކަކަށް ވެސް ބިމުން އެ ފެނެއް ނުނެގޭނެ. ކަލޭގެފާނަށް އެނގިވަޑައިގަންނަވާ ނޫންތޯ، މާތްރަސްކަލާނގެ ވެސް މީހާ މުޅިއަކުން ނައްތައެއް ނުލައްވާ. ކޮންމެވެސް ދުވަހަކުން އެކަލާނގެ އަލުން އޭނާ ގެންނަވާނެ ގޮތެއް ހައްދަވާ. 15މަތިވެރި ސާހިބު ރަސްގެފާނު، އަޅުގަނޑު މަނިކުފާނަށް މިވާހަކަ ދަންނަވަން މިއައީ މީސްމީހުން އައިސް އަޅުގަނޑު ބިރުގަންނަވާތީ. އެހެންވެ އަޅުގަނޑު ހިތަށް އެރީ މިވާހަކަ ރަސްގެފާނަށް ދަންނަވާނީއޭ. އެއީ ފަހަރުގައި ރަސްގެފާނު ނިކަމެތި އަޅުގަނޑަށް އެހީތެރިވެ ދެއްވާފާނެޔޭ. 16ރަސްގެފާނު އަޅުގަނޑަށް އެހީތެރިވެ ވަޑައިގެން އަޅުގަނޑުގެ ދަރިފުޅު މަރަން އެއުޅޭ މީސްތަކުންގެ ކިބައިން އެ ދަރިފުޅު މުއްތި ކޮށް ދެއްވާ ފާނެޔޭ. އެމީހުން އެއުޅެނީ މާތްކަލާނގެ އަޅުގަނޑުމެންނަށް ދެއްވި ތަކެތިން މަހުރޫމު ކުރުވަން. 17އަޅުގަނޑަށް އެނގޭ ސާހިބު ރަސްގެފާނުގެ ބަސްފުޅުން އަޅުގަނޑަށް ހިތްހަމަ ޖެހުން ލިބިއްޖެ. އެގޮތަކީ ކަލޭގެފާނަކީ މާތްކަލާނގެ މަލާއިކަތެއް ފަދަ ބޭކަލެއް. ކަލޭގެފާނަށް ރަނގަޅާއި ނުރަނގަޅު އެނގިވަޑައިގަންނަވާ. އަދި ކަލޭގެފާނުގެ އިލާހު މާތްރަސްކަލާނގެ ކަލޭގެފާނާ އެކުގައި ވާހުށި.“
18ދާއޫދު ރަސްގެފާނު އަންހެނާގެ ގާތު ވިދާޅުވިއެވެ. ”އަހަރެން މިކުރާ ސުވާލަށް ކަލޭ ޖަވާބު ދީބަލަ.“
އަންހެން މީހާ ދެންނެވިއެވެ. ”މާތް ސާހިބު ރަސްގެފާނު ސުވާލު ކުރައްވާ!“
19ރަސްގެފާނު ވިދާޅުވިއެވެ. ”މި ހުރިހާ ކަމެއްގައި ޔުއާބުގެ އަތެއް ނުވޭތަ؟“
އަންހެނާ ދެންނެވިއެވެ. ”ކަލޭގެފާނުގެ ދިރިހުރުން ގަންދީ ދަންނަވަން. ކަލޭގެފާނު ވިދާޅުވާ އެއްޗަކާ އިދިކޮޅަށް މީހަކަށް ކަނާތަށް ވެސް ވައަތަށް ވެސް އެނބުރިއެއް ނުލެވޭނެ. ކަލޭގެފާނުގެ އަރިހު ބޭކަލެއް ކަމަށްވާ ޔުއާބު މިކަންތައް ކުރާނެ ގޮތް ބުނެދީ މިހުރިހާ ވާހަކައެއް އަޅުގަނޑުގެ އަނގަޔަށް އަޅައިދިނީ. 20ޔުއާބު އެ ގޮތަށް ކަންތައް ކުރީ މިދިމާވެފައިވާ ކަންތަކަށް ހައްލެއް ހޯދުމަށް. އަޅުގަނޑުގެ ސާހިބު ރަސްގެފާނު. ކަލޭގެފާނަކީ މާތްކަލާނގެ މަލާއިކަތެއްހާ ވިސްނުންފުޅު ގަދަ ބޭކަލެއް. މި ބިންމަތީގައި ހިނގާ ހުރިހާ ކަމެއް ކަލޭގެފާނަށް އެނގިވަޑައިގަންނަވާ.“
21ރަސްގެފާނު ޔުއާބަށް ވިދާޅުވިއެވެ. ”އެންމެ ރަނގަޅު. އަހަރެން ބުނި ގޮތަށް ކަންތައް ކުރާނަން. ކަލޭ ގޮސް އަބްޝާލޫމް ގޮވައިގެން އާދޭ!“
22ޔުއާބު ރަސްގެފާނުގެ ކުރިފުޅުމަތީ ބިންމައްޗަށް ވެއްޓި ބިމުގައި މޫނު ޖައްސައި ރަސްގެފާނަށް އަދަބު އަދާކުރިއެވެ. ”މިއަދު އަޅުގަނޑަށް އެނގޭ ކަލޭގެފާނު އަޅުގަނޑާއި މެދު ރުހިވަޑައިގެން ހުންނެވިކަން. އެގޮތަކީ އަޅުގަނޑު އެދުނު ކަންތައް ކަލޭގެފާނު ކޮށްދެއްވައިފި.“
23ދެން ޔުއާބު ތެދުވެގެން ޖަޝޫރަށް ގޮސް އަބްޝާލޫމް ގޮވައިގެން ޖެރޫސަލަމަށް އަތުވެއްޖެއެވެ. 24އެކަމަކު ރަސްގެފާނު ވިދާޅުވިއެވެ. ”އަބްޝާލޫމް އޭނާގެ ގެޔަށް ފޮނުވާލާ! އޭނާ އަހަރެންގެ ގާތަށް ގެނަސްގެން ނުވާނެ.“ އެހެންވެ އަބްޝާލޫމް އޭނާގެ ގެޔަށް ހިނގައްޖެއެވެ. އަބްޝާލޫމަކަށް ރަސްގެފާނުގެ ފައިންޕުޅެއް ނުފެނުނެވެ.
25އަބްޝާލޫމްގެ ރީތި ކަމުގެ ވާހަކަ މީހުން ދައްކާ އުޅެއެވެ. އޭނާ ހާ ރީތި ފިރިހެނަކު މުޅި އިސްރާއީލީއަކު ވެސް ނެތެވެ. އޭނާގެ ބޮލުން ފެށިގެން ފުންނާބާއި ހަމަޔަށް އެންމެ ލަކެއް ވެސް ނުހުރެއެވެ. 26ކޮންމެ އަހަރަކު އަބްޝާލޫމްގެ ބޯ ދިގުވެ ބަރުވާންފެށީމާ އޭނާގެ ބޯ ކޮށައެވެ. ކޮށާލާ އިސްތަށީގެ ބަރުދަން ދެކިލޯއަށް ވުރެން ބަރެވެ. 27އަބްޝާލޫމްގެ ހަތަރު ދަރިން ތިބެއެވެ. އޭގެ ތެރޭގައި އަންހެން ކުއްޖަކު ވެސް ހުރެއެވެ. އެކުއްޖާގެ ނަމަކީ ތާމާރު އެވެ. ތާމާރަކީ ވެސް ރީތި ކުއްޖެކެވެ.
28އަބްޝާލޫމް ޖެރޫސަލަމުގައި އުޅޭތާ ދެ އަހަރު ވީއިރު ވެސް ރަސްގެފާނުގެ ފައިންޕުޅެއް ނުފެނެއެވެ. 29ދެން އަބްޝާލޫމް ޔުއާބުގާތަށް މީހުން ފޮނުވައިފިއެވެ. އެމީހުންގޮސް ޔުއާބުގާތު އަބްޝާލޫމްއާ ބައްދަލު ކުރަން އައިސްދޭށޭ ބުނެފިއެވެ. އަބްޝާލޫމް އޭނާ ގާތު ބުނަން ބޭނުންވަނީ އޭނާގެ ބަދަލުގައި ރަސްގެފާނުގެ އަރިހަށް ގޮސް ދިނުމަށެވެ. އެކަމަކު ޔުއާބު އަބްޝާލޫމްގެ ގާތަކަށް ނައެވެ. އަބްޝާލޫމް ދެވަނަ ފަހަރު ވެސް ޚަބަރު ކޮށްފިއެވެ. އެކަމަކު ވެސް އޭނާއެއް ނައައެވެ.
30ދެން އަބްޝާލޫމް އޭނާގެ ޚާދިމުންނަށް އެންގިއެވެ. ”ބަލާބަލަ! ޔުއާބުގެ ދަނޑު އެއޮތީ އަހަރެންގެ ދަނޑާ ޖެހިގެން. ގޮސް އެ ދަނޑުގައި ހުރި ގޮވާންތަކުގައި ރޯކޮށްލާ!“
އެހެންވެ އަބްޝާލޫމް ގެ ޚާދިމުންގޮސް ޔުއާބުގެ ދަނޑުގައި ހުޅުޖަހައިފިއެވެ. 31ދެން ޔުއާބު އަބްޝާލޫމްގެ ގެޔަށް އަތުވެއްޖެއެވެ. ”ކަލޭގެ ޚާދިމުން އަހަރެންގެ ދަނޑު ހުޅުޖެހީ ކީއްވެ؟“
32ޔުއާބު ބުންޏެވެ. ”އަހަރެން ކަލޭ އައިސްދޭށޭ ކިޔާފައި ދެފަހަރަކު މީހުން ފޮނުވައިފިން. އަހަރެން ބޭނުންވީ ކަލޭ ރަސްގެފާނުގެ އަރިހަށް ފޮނުވަން. އަހަރެން ރަސްގެފާނަށް ދަންނަވަން ބޭނުމީ އަހަރެން ޖަޝޫރުގައި އުޅެނިކޮށް މިތަނަށް ގެނައީ ކީއްކުރަންހޭ. ރަސްގެފާނުގެ ފައިންޕުޅު އަހަންނަށް ނުފެންނަންޏާ އަހަރެން މިތަނަށް ގެނައުމުގެ ބޭނުމަކީ ކޮބައިހޭ. ހަމަ ޖަޝޫރުގައި ވެސް އަހަންނަށް ހުރެވިދާނެ ނޫންހޭ. އަހަރެން ކަލޭގެ ގާތުން މިއެދެނީ ރަސްގެފާނުގެ އަރިހަށް ގޮސް މިހެން ދަންނަވަން. އަހަރެން ކުށްވެރިވަންޏާ އެ ކުށަށްޓަކައި އަހަރެން މަރާލާށޭ ދަންނަވާ.“
33ދެން ޔުއާބު ރަސްގެފާނުގެ އަރިހަށް އައިސް މިވާހަކަ ދެންނެވުމުން ރަސްގެފާނު އަބްޝާލޫމް ގެންދަވައިފިއެވެ. އަބްޝާލޫމް ރަސްގެފާނުގެ އަރިހަށް އައިސް ރަސްގެފާނުގެ ކުރިފުޅުމަތީ ބިންމަތީގައި މޫނުޖައްސައިފިއެވެ. ދެން ރަސްގެފާނު އޭނާ ގައިގައި އޮޅުލައްވައިގަނެ ބޮސްދެއްވައިފިއެވެ.
ទើបបានជ្រើសរើសហើយ៖
2 ޞަމޫއީލް 14: ކމ
គំនូសចំណាំ
ចែករំលែក
ចម្លង
ចង់ឱ្យគំនូសពណ៌ដែលបានរក្សាទុករបស់អ្នក មាននៅលើគ្រប់ឧបករណ៍ទាំងអស់មែនទេ? ចុះឈ្មោះប្រើ ឬចុះឈ្មោះចូល
© (Active), Wycliffe Bible Translators, Inc. All rights reserved.

: