1 ޞަމޫއީލް 3
3
1ޢާލީގެ ބެލުމުގެ ދަށުން ޞަމޫއީލް މާތްރަސްކަލާނގެއަށް ޚިދުމަތް ކުރަމުން ގެންދިޔަ ދުވަސްވަރު، މަދު ފަހަރަކު ނޫނީ ފާޅުވެ ވޮޑިގަތުމެއްގައި ވިޔަސް އަދި އެނޫން ގޮތެއްގައި ވިޔަސް މާތްރަސްކަލާނގެ މީސްތަކުންނާ ގުޅުމެއް ނުބާއްވައެވެ. 2ޢާލީ ވަނީ ލޯ އަނދިރިވެ ފެނުން ގެއްލެން ކައިރިވެފައެވެ. އެއްރެއަކު އޭނާގެ ކޮޓަރީގައި ނިދަން އޮށޯވެ އޮތެވެ. 3އޭރު އަދި މާތްރަސްކަލާނގެ ގެކޮޅުގެ ބައްތި ވެސް ނުނިވެއެވެ.#3:3 މާތްރަސްކަލާނގެ ގެކޮޅުގައި ހުންނަ ބައްތި އަކީ އިރު އަރަންދެން ނިވާނުލެވި ހުންނަ ބައްތިއެކެވެ. އެހެންކަމުން އެއީ އިރު އެރުމުގެ ކުރީގައި ކޮންމެވެސް ވަގުތަކު ހިނގި ކަމެއްކަން އެނގެއެވެ. މާތްރަސްކަލާނގެ ގެކޮޅަކީ ބަނީއިސްރާއީލުން ސަހަރާގެ ތެރޭގައި ދަތުރުކުރާއިރު އަޅުކަން ކުރުމަށް އެއްތަނުން އަނެއްތަނަށް ގެންދާ ފޭލިގެ ކޮޅެވެ. ޞަމޫއީލް މާތްރަސްކަލާނގެ ގެކޮޅުގައި ހުރި ޢަހުދުނާމާ ފޮށިކޮޅު#3:3 މިއީ އިރާކު ލަކުޑިން ތައްޔާރު ކުރެވި އޭގެ ތެރޭގައި މޫސާގެފާނަށް ބާވައިލެއްވި އަމުރުފުޅުތައް ލިޔެވިގެންވީ ހިލަކޮޅާއި މަންނާ ގުޅިއަކާއި ހާރޫނުގެފާނުގެ އަސަޔަކާ ލެވިފައިވާ ފޮއްޓެކެވެ. މި ފޮށިކޮޅު ރަމްޒު ކޮށްދެނީ މާތްރަސްކަލާނގެއާއި މޫސާގެފާނާ ދެމެދު ކުރެވުނު ޢަހުދުތަކުގެ މަތިންނެވެ. ކައިރީގައި ތަންމަތި އަޅައިގެން އޮށޯވެ އޮތެވެ. 4އެވަގުތު ޞަމޫއީލަށް މާތްރަސްކަލާނގެ ގޮވާލެއްވިއެވެ. ޞަމޫއީލް ޖަވާބު ދެންނެވިއެވެ. ”އަޅުގަނޑު ހާޒިރުވެ ހުރިން.“ 5ދެން ޞަމޫއީލް ދުވެފައި ޢާލީގެ ކޮޓަރިއަށް ދިޔައެވެ. ”އަޅުގަނޑަށް ގޮވާލެއްވީމާ އައިސް މިހިރީ.“ ޢާލީ ޖަވާބުގައި ބުންޏެވެ. ”އަހަރެން ކަލެއަކަށް ނުގޮވަން. ދޭ، ގޮސް އޮށޯވޭ.“ މިހެން ބުނުމުން އޭނާގޮސް އޮށޯވެއްޖެއެވެ. 6ދެވަނަ ފަހަރު މާތްރަސްކަލާނގެ ޞަމޫއީލަށް ގޮވާލެއްވިއެވެ. ޞަމޫއީލް ދުވެފައި ޢާލީގެ ގާތަށް ހިނގައްޖެއެވެ. ”އަޅުގަނޑަށް ގޮވާލެއްވީމާ މިއައީ.“
”ދަރިފުޅާ. އަހަރެން ކަލެއަކަށް ނުގޮވަން. ދޭ ނިދަން.“
7ޞަމޫއީލަށް މިހާތަނަށް މާތްރަސްކަލާނގެއާ ގާތް ގުޅުމެއް އުފެދިފައެއް ނުވެއެވެ. އަދި މާތްރަސްކަލާނގެ އޭނާއަށް ބަސްފުޅު ވަޙީ ކުރައްވާފައެއް ވެސް ނުވެއެވެ. 8ތިންވަނަ ފަހަރު ޞަމޫއީލަށް މާތްރަސްކަލާނގެ ގޮވާލެއްވުމުން ވެސް އޭނާ ދިޔައީ ޢާލީގެ ގާތަށެވެ. ”އަޅުގަނޑު އައިސް މިހިރީ ކަލޭގެފާނު ގޮވާލެއްވީމާ.“
ޢާލީއަށް އެއީ މާތްރަސްކަލާނގެ ގޮވާލައްވަނީކަން އެނގިއްޖެއެވެ. 9އޭނާ ބުންޏެވެ. ”ގޮސް އޮށޯވޭ. ކަލެއަށް މާތްރަސްކަލާނގެ އަލުން ގޮވާލައްވައިފި ނަމަ ދަންނަވާ. ’މާތްރަސްކަލާނކޮ! މިއަޅާއަށް ބަސްފުޅު ވަޙީކުރައްވާ! މިއަޅާ އަޑުއަހަން އެބަހުރިން.‘“ ދެން ޞަމޫއީލް ގޮސް ނިދަން އޮށޯވެއްޖެއެވެ. 10މާތްރަސްކަލާނގެ ޞަމޫއީލް ކައިރީ ވޮޑިގެން ހުންނަވައި ވަޙީކުރެއްވިއެވެ. ”ޞަމޫއީލް! ޞަމޫއީލް!“ ޞަމޫއީލް ދެންނެވިއެވެ. ”ވަޙީކުރައްވާ! މިއަޅާ އަޑުއަހަން އެބަހުރިން.“ 11”ތިމަންކަލާނގެ ދާދި އަވަހަށް އިސްރާއީލުގެ މީހުން ސިހޭ ވަރުގެ ކަމެއް ކުރައްވާނަން. 12ތިމަންކަލާނގެ މީގެ ކުރިން ވެސް އިންޒާރު ދެއްވާފައި ވާނޭ ފަދައިން ޢާލީގެ އާއިލާއާއި މެދު ފެށުނީއްސުރެ ނިމެންދެން އަދުލު އިންސާފު ގާއިމު ކުރައްވާނަން. 13ތިމަންކަލާނގެ އޭނާގެ އާއިލާއަށް އަބަދުގެ އަބަދަށް ނިޔާކަނޑައަޅުއްވާނެ ކަމުގެ އިންޒާރު ދެއްވިން. އެހެނީ ޢާލީގެ ދަރިން އެދަނީ ތިމަން ކަލާނގެއާ މެދު އިހާނާތްތެރި ވަމުން. އެކަން އޭނާއަށް ވެސް އެނގޭ. އެކަމަކު ޢާލީ އެކަން މާބޮޑު ކަމަކަށް ނުހެދި. 14އެހެންކަމުން ތިމަންކަލާނގެ ވަޢުދު ބަސް ބުނަން. ’އެމީހުން ކުރާ އެއްވެސް ޤުރުބާނީއަކުން ނުވަތަ ކުރާ ވެދުމަކުން އެ އާއިލާގެ ކުށްތަކުން ބަރީއަ ވެއެއް ނުގަނެވޭނެ.‘“ 15ޞަމޫއީލް ފަތިސް ވަންދެން އެނދުގައި އޮތެވެ. އޭނާ ތެދުވެ ގެކޮޅުގެ ދޮރު ހުޅުވައިފިއެވެ. އޭނާ ގާތު މާތްރަސްކަލާނގެ ވަޙީ ކުރެއްވި ވާހަކަފުޅު އައިލީ ގާތު ބުނަން އޭނާ ޖެހިލުންވިއެވެ. 16އެހެނެއް ކަމަކު ޢާލީ ގޮވާލިއެވެ. ”ދަރިފުޅާ ޞަމޫއީލް!“ ޞަމޫއީލް ޖަވާބު ދިނެވެ. ”އާދެ، ސާހިބާ!“ 17”ކީކޭތަ މާތްކަލާނގެ އެންގެވީ؟“ ޢާލީ އެއްސެވެ. ”އެކަލާނގެ އެންގެވި އެއްވެސް ކަމެއް މަށަށް ފޮރުވައިފި ނަމަ މާތްކަލާނގެ ކަލޭގެ މައްޗަށް ބޮޑުވެގެންވާ ކޯފާއެއް ފޮނުއްވައިފާ ހުށި.“ 18ދެން ޞަމޫއީލް އެއްވެސް ކަމެއް ފޮރުވުމެއް ނެތި ހުރިހާ ވާހަކައެއް ކިޔާދިނެވެ. ޢާލީ ބުންޏެވެ. ”އެއީ މާތްރަސްކަލާނގެ! އެކަލާނގެ ބޭނުންފުޅުވެ ވޮޑިގަންނަވާ ގޮތަކަށް އެ ކަމެއް ހިންމަވާފާނެ.“ 19ޞަމޫއީލް ބޮޑުވެ ތަސައްރަފު ފުދެންދެން މާތްރަސްކަލާނގެ އޭނާއާއެކު ވޮޑިގެންވިއެވެ. އަދި މާތްރަސްކަލާނގެ އޭނާއަށް އެންގެވި އެއްވެސް އެންގެވުމެއް ކައްޗަކާ ގޮސްފައެއް ނެތެވެ. 20އިސާހިތަކު ދާނުން ފެށިގެން ބިއުރުސަބްޢަ އާ ދެމެދުގައިވާ ހުރިހާ އިސްރާއީލުގެ މީހުންނަށް ޞަމޫއީލް ނަބީބޭކަލަކަށް ވެއްޖެކަން އެނގިއްޖެއެވެ. 21ޝީލޫހުގައި މާތްރަސްކަލާނގެ ޞަމޫއީލަށް ފެނިދެނިވެ ވޮޑިގެންނެވިއެވެ. އަދި އެކަލާނގެ ސީދާ ޞަމޫއީލަށް ބަސްފުޅު ވަޙީކުރައްވަމުން ގެންދެވިއެވެ.
ទើបបានជ្រើសរើសហើយ៖
1 ޞަމޫއީލް 3: ކމ
គំនូសចំណាំ
ចែករំលែក
ចម្លង
ចង់ឱ្យគំនូសពណ៌ដែលបានរក្សាទុករបស់អ្នក មាននៅលើគ្រប់ឧបករណ៍ទាំងអស់មែនទេ? ចុះឈ្មោះប្រើ ឬចុះឈ្មោះចូល
© (Active), Wycliffe Bible Translators, Inc. All rights reserved.

: