1 ޞަމޫއީލް 2
2
ޙައްނާގެ ދުޢާ
1ދެން ޙައްނާ ހަރުއަޑުން ދުޢާ ކުރިއެވެ. ”މާތްރަސްކަލާނގެއަށްޓަކައި މިއަޅާގެ ހިތް އުފަލުން ފުރިގެން ހިނގައްޖެ. އިނބަރަސްކަލާނގެ އިރާދަފުޅުން މިއަޅާގެ ދުޝްމިނުންގެ ކުރިމަތީގައި އިސް އުފުލާލެވިއްޖެ. އެގޮތަކީ މިއަދު މާތްރަސްކަލާނގެ މިވަނީ މިއަޅާ ނަޖާ ކޮށްދެއްވާފަ. އެކަމަށްޓަކައި މާތްރަސްކަލާނގެ ކިބަފުޅަށް މިއަޅާ ސަނާ ދަންނަވަން.
2އިނބަރަސްކަލާނގެ ފިޔަވައި މުޤައްދަސް ވަންތަ ކަލަކު ނުވޭ. އިނބަރަސްކަލާނގެ ފިޔަވައި ރައްކާތެރިކަމުގެ ނިވަލެއް ދެވޭނެ އެހެން ފަރާތެއް ނުވޭ.
3ބޮޑާ ކަމާއެކު ފޮނިކެނޑުމުގެ ބަސްތަކުން ދޫ ރައްކާތެރިކުރޭ. އެހެނީ މާތްރަސްކަލާނގެ އަކީ ހުރިހާކަމެއް ދެނެވޮޑިގެންވާ އިލާހު. އެ ކަލާނގެއީ އަޅަމެންގެ އަމަލުތަކަށް ބައްލަވާ ވޮޑިގަންނަވައި އިންސާފު ކުރައްވާ ކަލާނގެ.
4ގަދަފަދަ ހަނގުރާމަވެރިންގެ ދުނިދަނޑި ބިންދާލެވިއްޖެ. ވެއްޓެމުން ދިޔަ ދެރަ މީހުން ބާރުވެރި ކުރައްވައިފި.
5ކުރީގައި ބަނޑު ފުރިފައި ހުރި މީހާ މިހާރު އެވަނީ ކާއެތިކޮޅަކަށްޓަކައި ބުރަ އުފުލަން ޖެހިފައި. ކުރީގައި ބަނޑުހައިވެފައި ހުރި މީހާ އެވަނީ ބަނޑު ފުރިފައި. ކުރީގައި ދަރިޔަކު ނުލިބޭ މީހާއަށް އެވަނީ ހަތް ދަރިން ލިބިފައި. ކުރީގައި ދަރިން ތިބި މީހާ އެވަނީ އެ ދަރިން ގެއްލި ބިކަވެފައި.
6މީސްތަކުން މަރުގަންނަވަނީ ވެސް އަދި ދިރުން ދެއްވަނީ ވެސް މާތްރަސްކަލާނގެ. ކަށްވަޅަށް ފޮނުއްވަނީ ވެސް އެކަލާނގެ. ކަށްވަޅުން ނަންގަވަނީ ވެސް އެކަލާނގެ.
7މީހުން ފަގީރު ކުރައްވައި މީހުން މުއްސަނދި ކުރައްވަނީ މާތްރަސްކަލާނގެ. އެއްބަޔަކު ނިކަމެތި ކުރައްވައި އަނެއްބަޔަކު މަތިވެރި ކުރައްވަނީ ވެސް އެކަލާނގެ.
8ކިލާގަނޑުން މީހާ ނަންގަވަނީ އެކަލާނގެ. ބޭނުން ޖެހިފައިވާ މީހާ ކުނިގޮނޑުން ނެރުއްވަނީ އެކަލާނގެ. އަދި ރަސްކަލުންގެ އަރިހުގައި ބައިންދަވަނީ އެކަލާނގެ. މީހާއަށް އިއްޒަތުގެ ތަޚުތު ދެއްވަނީ އެކަލާނގެ.
އެހެނީ ބިމުގެ ބިންގާތަކަކީ މާތްރަސްކަލާނގެ މިލްކެއް. ބިމުގެ ބިންގާ އެޅުއްވީ އެކަލާނގެ.
9އެކަލާނގެއަށް ވަފާތެރިވާ ބައެއްގެ ފިޔަވަޅުތައް ރައްކާތެރި ކުރައްވާނެ. ނުބައިވެގެންވީ މީހުން އަނދިރިކަމުގެ ތެރޭގައި ފަނާ ކުރައްވާނެ. އެކަކަށް ވެސް އޭނާގެ އަމިއްލަ ބާރުގައި ކާމިޔާބު ވުމެއް ނުވޭ.
10މިއަޅާގެ މާތްރަސްކަލާނގެއާ ދެކޮޅުވެރިވާ ފަރާތެއް ފުނޑުފުނޑުވެ ހަލާކުވެދާނެ. އަދި އުޑުން ގަދަވެގެންވާ ގުގުރުމަކާއެކު ފޮނުއްވާ ކޯފާއަކުން އެމީހުން ކުދިކުދިވެގެން ދާނެ. އަދި އެކަލާނގެ ދުނިޔޭގެ ކަންކޮޅުތަކަށް ބައްލަވައި ވޮޑިގެން އިންސާފު ކުރައްވާނެ. އަދި އެކަލާނގެ ހޮއްވަވާ ރަސްކަލަކު ބާރުވެރި ކުރައްވާނެ. އެކަލާނގެ ޚިޔާރުކުރެއްވި ޚާދިމަށް ގަދަކަން ދެއްވާނެ.“
11އަލްޤާނާ އެނބުރި ރާމާއަށް ދިޔައީ އެ ދަރިފުޅު ޞަމޫއީލް މާތްރަސްކަލާނގެއަށް ޚިދުމަތް ކުރުމަށް ޢާލީގެ ގާތު ޝީލާހްގައި ބަހައްޓާފައެވެ.
ޢާލީގެ ވިޔާނުދާ ދަރިން
12ޢާލީގެ ދަރިންނަކީ މާތްރަސްކަލާނގެ އަށް ޙުރުމަތެއް ނުބަހައްޓާ ވިޔާނުދާ ބައެކެވެ. 13-14މިހާރު މި އިމާމުންގެ ތެރޭގައި ކަންތައް ކުރެވޭ ގޮތަކީ ޤުރުބާނީގެ މަސް ކައްކަން އުދާފައި ހުންނަ ވަގުތު އިމާމުންގެ ޚާދިމުން އައިސް ތިން ކަށިލީ އުލެއް ތެއްޔަށް ގަންބައި އެއަށް އެމުނުނުހާ މަހެއް އިމާމުން އަމިއްލައަށް ނަގަނީ އެވެ. މިއީ ޝީލޫހަށް އަންނަ ހުރިހާ ބަނީއިސްރާއީލުގެ މީހުންނާ މެދު ވެސް ކަންތައް ކުރެވޭގޮތެވެ. 15މަސްތަކުގެ ސަރުބީ އެނދުމުގެ ކުރިން މި ޚާދިމުން އައިސް ޤުރުބާނީ ގެންނަ މީހާގެ ގާތުގައި ބުނެއެވެ. ”އިމާމުން ތެލުލަން މަސް ދީ. އެބޭކަލުން ކެއްކި މަހެއް ބޭނުމެއް ނޫން. ބޭނުމީ ރޯމަސް.“
16”ފުރަތަމަ ޖެހޭނީ ސަރުބީ އަންދަން. އޭގެ ފަހު ކަލޭމެން ބޭނުން ވަރަކަށް ގެންދޭ.“ ޤުރުބާނީ ގެންނަ މީހާ ބުނެއެވެ. ޚާދިމުން އޭގެ ޖަވާބުގައި ބުނެއެވެ. ”ހަމަ މިހާރު ދީ! އެހެން ނޫނީ ގަދަކަމުން ވެސް ގެންދާނަން.“
17ޢާލީގެ ދެދަރިން މާތްރަސްކަލާނގެއަށް ހުށަހެޅޭ ޤުރުބާނީއާ މެދު މިކުރަނީ ވަރަށްބޮޑު ކުށެއް ކަމުގައި މާތްރަސްކަލާނގެ ދެކެވޮޑިގެންނެވި އެވެ. އެއީ އެކަމުން މާތްރަސްކަލާނގެއަށް ހުށަހެޅޭ ޤުރުބާނީއާ މެދު އިހާނާތްތެރި ވެވޭތީއެވެ.
ޙައްނާ ޞަމޫއީލް ދެކެން އައެވެ.
18ނަމަވެސް ޞަމޫއީލް މާތްރަސްކަލާނގެ އަށް ޚިދުމަތް ކުރުމުގައި ދެމިހުށްޓެވެ. އޭނާ ކުޑަޔަކަސް ހުންނަނީ ލިނެން ފޮތިން އިމާމުން ލާ ކަހަލަ އަފޫދު#2:18 މިއީ އިމާމުން އަޅުކަމުގެ ކަންތަކުގައި އުޅޭއިރު އުނަގަނޑު މަތީގައި ބަނދެފަހުންނަ ލިނެން ފޮތިގަނޑެކެވެ. ހެދުމެއް ލާފައެވެ. 19ޙައްނާގެ ދެމަފިރިން ކޮންމެ އަހަރަކު ޤުރުބާނީއަށް ޝީލާހަށް އަންނަ އިރު އޭނާއަށް ކުޑަ ޖުއްބާއެއް ފަހައިގެން ގެނެސް ދެއެވެ. 20ޢާލީ އަލްޤާނާގެ ދެމަފިރިންނަށް ރަޙުމަތަށް އެދި މިފަދައިން ދުޢާ ކުރެއެވެ. ”މިއަންހެނާ ދުޢާ ދަންނަވައިގެން ލިބުނު ދަރިފުޅު އިނބަރަސްކަލާނގެއަށް ވެދުން ކޮށްފައި ވާތީ އެކުއްޖާގެ ބަދަލުގައި މިއަންހެނާގެ ކިބައިން ކަލެއަށް ގިނަ ދަރިންތަކެއް ދެއްވާފާނދޭވެ!“ ދެން އެ ދެމަފިރިން ރަށަށް ހިނގައި ދެއެވެ.
21ޙައްނާ އާއި މެދު މާތްރަސްކަލާނގެ އޯގާވެރިވެ ވޮޑިގަތެވެ. ޙައްނާ ފަސް ފަހަރު ބަލިވެ އިނދެ ތިން ފިރިހެން ދަރިންނާއި ދެ އަންހެން ދަރިން ލިބުނެވެ. އޭރު އޭނާގެ ދަރިފުޅު ޞަމޫއީލް މާތްރަސްކަލާނގެއަށް ޚިދުމަތް ކުރުމުގައި އުޅެ ބޮޑުވަމުން ދިޔައެވެ.
ޢާލީގެ ދަރިންނަށް އިންޒާރު ދިނުން
22މިހާރު ޢާލީ ވަނީ މުސްކުޅިވެފަ އެވެ. އޭނާގެ ދަރިން ބަނީއިސްރާއީލުގެ މީހުންނާމެދު ކަންތައް ކުރާ ގޮތާއި، މުޤައްދަސް ފޭލިގެކޮޅު ދޮރުމަތީގައި އުޅޭ މަސައްކަތު އަންހެނުންނާ އެކު ހިންގާ ނަހަމަ ގުޅުމުގެ ވާހަކަ އޭނާގެ ކަންފަތަށް އަރަމުން ދިޔައެވެ. 23އޭނާ އެކުދިން ކުރެން އެއްސެވެ. ”ކަލޭމެން މިކަހަލަ ވިޔާނުދާ ކަންތައް ކުރަނީ ކީއްވެ؟ ކަލޭމެން ކުރާ ނުބައި ކަންތަކުގެ ވާހަކަ މީސްމީހުން އައިސް އަހަރެންގެ ގާތުގައި އެބަ ބުނޭ. 24ދަރިފުޅުމެންނޭ! މާތްރަސްކަލާނގެއަށް އީމާންވެ ތިބި އަޅުވެރިންގެ ފަރާތުން ލިބެނީ ކަލޭމެންގެ ގޯސްކަމުގެ ރިޕޯޓުތައް. މިކަހަލަ ވިޔާނުދާ ކަންތައް ނުކުރޭ! 25އެކަކު އަނެކަކާ ދެމެދު ކުރާ އިހާނާތެއް ނަމަ މާތްކަލާނގެ އެކަމުގައި އެހީތެރިކަން ދެއްވާފާނެ. އެކަމަކު މާތްރަސްކަލާނގެއާ މެދު ކަލޭމެން ކުރާ އިހާނާތެއް ނަމަ އެހީތެރިވެ ދެވޭނީ ކާކަށް؟“ ޢާލީގެ ދަރިން މި ނަސޭހަތެއް އަޑެއް ނޭހިއެވެ. އެހެނީ އެމީހުން މަރުގެންނެވުމަށް މާތްރަސްކަލާނގެ އޭރު ވަނީ ހިންމަވައިފައެވެ.
ޢައިލީ އާއިލާއަށް އައި އިންޒާރު
26ކުޑަކުޑަ ޞަމޫއީލް ބޮޑުވެ ރޫފަ ޖެހިއްޖެއެވެ. މީސްތަކުންނާއި އަދި މާތްރަސްކަލާނގެ ރުހުން އޭނާ ހޯދިއެވެ.
27މިކަންތައް މިހެން ދަނިކޮށް މާތްކަލާނގެ ފޮނުއްވި ބޭކަލަކު ޢާލީގެ ގާތަށް އައިސް ބުންޏެވެ. ”މިއީ މާތްރަސްކަލާނގެ އެންގެވި އެންގެވުން: ’އިސްރާއީލުގެ މީހުން މިޞްރުގެ ފިރުޢައުނުގެ އަޅުންގެ ގޮތުގައި ތިބި އިރު ކަލޭގެ ކާބަފައިންގެ ގާތަށް ތިމަންކަލާނގެ ފާޅުވެވޮޑިއެއް ނުގަންނަންތަ؟ 28އެތަނުގައި ވީ ގަބީލާތަކުގެ ތެރޭން ކަލޭގެ ބައްޕަ ހޮއްވަވައި ޤުރުބާނީ ޖަގަހައިގައި ދުން ބަހައްޓައި އަފޫދު ހެދުމުގައި#2:28 މިއީ އަޅުކަން ކުރާއިރު އިމާމުން ލާން ގެންގުޅޭ ޚާއްސަ ޖުއްބާއެކެވެ. މި ޖުއްބާގައި މޭމަތީ ޕްލޭޓެއް ހަރުކޮށްފައި ހުރެއެވެ. އިމާމެއްގެ ގޮތުގައި ހުރެ ތިމަންކަލާނގެއަށް ޚިދުމަތް ކުރުމާއި މަތިކުރިން. ތިމަންކަލާނގެ މައްޗަށް އިސްރާއީލުގެ މީހުން ގިނި އަންދައި ކުރާ ޤުރުބާނީގެ ބައެއް ކަލޭގެ އާއިލާ ބޭނުން ކުރުމުގެ ހުއްދަ ދިނިން. 29ތިމަން ކަލާނގެއަށްޓަކައި ޚާލިސްކޮށް އިސްރާއީލުގެ މީހުން ގެނައުމަށް އެންގުނު ޤުރުބާނީ ތަކެއްޗާއި މެދު ކަލޭމެން އިހާނާތްތެރި ވަނީ ކީއްވެ؟ ތިމަން ކަލާނގެއަށް ވުރެން ބޮޑަށް ކަލޭ ޤަދަރު ކުރަނީ ކަލޭގެ ދަރިންނަށް. ތިމަންކަލާނގެއަށް އިސްރާއީލީން ގެންނަ ވެދުންތަކުގެ އެންމެ ރަނގަޅުބައި ކައި ކައިގެން ކަލޭމެން ފަލަވަމުން ތިޔަ ދަނީ ކީއްވެތަ؟
30ތިމަންރަސްކަލާނގެ، އިސްރާއީލުގެ ވެރި މާތްކަލާނގެ އަންގަވާފައި ވާނީ ކަލެއާއި ކަލޭގެ އާއިލާ ތިމަންކަލާނގެއަށް ޚިދުމަތްކުރުމަށް އިމާމުންގެ ގޮތުގައި އަބަދުވެސް ވާނެކަމަށް. އެހެނެއްކަމަކު މިހާރު ކަންތައް މިދަނީ މާ މައްޗަށް. ތިމަންކަލާނގެ މިހާރު މި އަންގަވަނީ ތިމަންކަލާނގެ ޤަދަރު ކުރައްވާނީ ތިމަންކަލާނގެއަށް ޤަދަރު ކުރާ ބަޔަކަށޭ. ތިމަންކަލާނގެއަށް ނިކަމެތިކޮށް ހިތާމީހުން ވާނީ ނިކަމެތި ކުރެވިގެންވާ މީހުންގެ ތެރޭގައޭ. 31ކަލެއާއި ކަލޭގެ މުޅި އާއިލާގެ ބާރު ކަނޑުއްވައި ނިކަމެތި ކުރުމުގެ ދުވަސް މިވަނީ ކުޑަތަން ވެފާ. ކަލޭގެ ދަރިކޮޅުގައި އުމުރުން ދުވަސްވެގެން މަރުވާ މީހަކު ދެނެއް ނުބަހައްޓަވާނަން. 32ތިމަންކަލާނގެ އިސްރާއީލުގެ މީހުންނާ މެދު ރަނގަޅު ކަންތައް މެދުވެރި ކުރައްވާއިރު ގެކޮޅުތެރެއަށް މުސީބާތް އަންނަތަން ކަލެއަށް ފެނިގެންދާނެ. ކަލޭގެ ދަރިފަސްކޮޅުގެ އެކަކަށް ވެސް މުސްކުޅި އުމުރެއް ނުދައްކަވާނަން. 33އެކަމަކު ތިމަންކަލާނގެ ޖަގަހައިން ކަލޭމެން އެންމެން މުޅީން ވަކިކޮށެއް ނުލާނަން. ތިމަންކަލާނގެ ކަލޭގެ ދަރިކޮޅުގެ އެކަކު ދުނިޔޭގައި ލަހައްޓައި އިމާމަކަށް ހަދާނަން. އެކަމަކު އޭނާގެ ލޯ އަނދިރިވެ އުންމީދު ގެއްލިގެން ދާނެ. ކަލޭގެ އާއިލާގެ އެހެން އެންމެން މަރުވެގެން ދާނީ އަނިޔާވެރިކަމާއެކު. 34މިކަމުގެ ހެއްކެއްގެ ގޮތުން ކަލޭގެ ދެ ދަރިންކަމަށް ވާ ޚުފްނީ އާއި ފީނަޙާސް އެއްދުވަހަކުމެ މަރުވާނެ ގޮތް މެދުވެރި ކުރާނަން. 35އަދި ތިމަންކަލާނގެ ހިތްއެދޭ ގޮތަށް ޚިދުމަތް ކުރާނެ ތެދުވެރި އިމާމަކު ހަމަޖައްސާނަން. އަދި އޭނާގެ އާއިލާ ދަމަހައްޓާނަން. އޭނާ ވާހުށީ ތިމަންކަލާނގެއަށް ޚިދުމަތް ކުރުމުގައި ދެމި ތިބޭނެ ބައެއް ކަމުގައި. އަދި ތިމަން ކަލާނގެ މަތި ކުރާ ވެރިއެއްގެ ޚާދިމުން ކަމަށް. 36އަދި ކަލޭގެ އާއިލާގެ ތެރޭން ސަލާމަތްވީ މީހަކު ނަމަ އޭނާގެ ގާތަށް ގޮސް ކުރުނީސްކޮށް ފައިސާ ފޮއްޗަކަށް، ނުވަތަ ކާއެތިކޮޅަކަށް އެދި ސަލާން ޖަހާނެ. އަދި ކާންބޯން އަދާކުރާނެ އިމާމުންގެ ވަޒީފާއެއް ދޭށޭ ކިޔާ އާދޭސް ވެސް ކުރާނެ.‘“
ទើបបានជ្រើសរើសហើយ៖
1 ޞަމޫއީލް 2: ކމ
គំនូសចំណាំ
ចែករំលែក
ចម្លង
ចង់ឱ្យគំនូសពណ៌ដែលបានរក្សាទុករបស់អ្នក មាននៅលើគ្រប់ឧបករណ៍ទាំងអស់មែនទេ? ចុះឈ្មោះប្រើ ឬចុះឈ្មោះចូល
© (Active), Wycliffe Bible Translators, Inc. All rights reserved.

: