ދެން މޫސާގެފާނު ބަނީއިސްރާއީލުގެ މީހުންގެ ގާތު ވިދާޅުވިއެވެ. ”މާތްރަސްކަލާނގެ ވަނީ ޔަހޫޛާގެ ގަބީލާގެ އޫރީގެ ދަރި އަދި ޙޫރުގެ ކާފަދަރި ބަޞަލީލު މި ކަންތައް ކުރުމަށް ހޮއްވަވާފައި. މާތްކަލާނގެ ވަނީ އެއިލާހުގެ މާތްރޫޙުފުޅުން އޭނާއަށް މިކަމުގެ ޙިކުމަތާއި ކުޅަދާނަކަމާއި ވިސްނުން ދެއްވާފައި. އަދި ހުރިހާ ކަމެއް ކުރުމުގެ ފަންނުވެރިކަން ވެސް ވަނީ އޭނާއަށް ދެއްވާފައި.