ދެން މާތްރަސްކަލާނގެ މޫސާގެފާނުގެ ކުރިފުޅުމަތިން ހުރަސްކުރެއްވިއެވެ. އަދި ވަޙީކުރެއްވިއެވެ.
”އަހަރެންނަކީ ޔަހޫވޭ! އަދި މާތްރަސްކަލާނގެ!
އަހަރެންނަކީ އޯގާވަންތަ ރަޙުމަތްވަންތަ ކަލާނގެ!
އަހަރެންނަކީ ކޯފާވުން ލަސް، ދެގޮތެއްނުވެ ލޯބިވާ ވަފާތެރި ކަލާނގެ.
އަހަރެންގެ ދެގޮތެއް ނުވާ ލޯބި އެތައް ހާސް ދަރިފަސްކޮޅަކާ ހަމަޔަށް ދެމިގެންދާނެ.
އަހަރެން މީސްތަކުން ކުރާ އެކިކަހަލަ ނުބައިނުލަފާ ކަންތަކާއި ދެކޮޅުވެރިކަމާއި ފާފަތައް އަފޫ ކުރަން.
އެކަމަކު އަހަރެންނާ މެދު ކުށް ކުރާ މީހުންނާއި އެމީހުންގެ ދަރިންނާއި އެދަރިންގެ ތިން ދަރިކޮޅު ހަތަރު ދަރިކޮޅަށް ދާނދެން އެމީހުން ކުރާ ކުށުގެ އަދަބު ނުދީއެއް ނުބަހައްޓާނަން.
އެކަމުން މުޅި އާއިލާއަށް އަސަރުކުރާނެ،
އަދި އެމީހުންގެ ކާފަ ދަރިންނާއި މުނިކާފަ ދަރިންނާ ހަމަޔަށް ވެސް އެކަމުގެ އަސަރު ފޯރާނެ.“