މަރުކުސް 4
4
ދަނޑުވެރިޔަކާ ބެހޭގޮތުން ވިދާޅުވެދެއްވި މާނަފުން ވާހަކަ
1ކަނޑުގެ އައްސޭރި ފަށުގައި އީސާގެފާނު އުނގަންނަވައި ދެއްވަމުން ގެންދެވިއެވެ. އެއްވެފައިވާ މީސްތަކުންގެ އަދަދު ގިނަ ވުމުގެ ސަބަބުން އެކަލޭގެފާނު އެތަނުގައި އޮތް ދޯންޏަކަށް އަރާވަޑައިގެންނެވިއެވެ. އޭރު މީސްތަކުން ގޮނޑުދޮށުގައި ތިއްބެވެ. 2އެބައިމީހުންނަށް މާނަފުން ވާހަކަތަކުން ވަރަށްގިނަ ކަންތައް އުނގަންނައި ދެއްވިއެވެ.
3”ކަނުލައި އަޑުއަނހާ! ދަނޑުވެރިއަކު ގޮވާން ކުރުމަށްޓަކައި އޭނާގެ ދަނޑަށް އޮށް އުކަމުން ގެންދިޔަ. 4އޭނާ އޮށްތައް އުކަމުން ދިޔަ އިރު އޭގެ ތެރެއިން ބައެއް އޮށް މީހުން ހިނގާ މަގުމައްޗަށް އެޅުނު. އަދި ދޫނިތައް އައިސް އެ އޮށްތައް ކައި ހުސްކުރި. 5އޭގެ ތެރެއިން ބައެއް އޮށް ފަސްމަދު ހިލަ ބިމުގެ މައްޗަށް އެޅުނު. ފަސްގަނޑުގެ ތިލަކަމުން މި އޮށްތަކުން އަވަސް ކަމާއެކު ގަސްފެޅި. 6އެއަށް ފަހު އިރުއަރައި އޭގެ ހޫނުން ޅަ ގަސްތައް މަރުވެ ދިޔަ. އަދި ފުންކޮށް މޫލައި ހެދޭނޭ ގޮތެއް ނެތުމުގެ ސަބަބުން ގަސްތައް އަވަސްކަމާއެކު ހިކިގެން ދިޔަ. 7އަދި ބައެއް އޮށް ކަށި ގަސްތަކުގެ ތެރެއަށް އެޅުނު. މި އޮށްތަކުން ގަސްފެޅި ނަމަވެސް މި ގަސްތަކުގެ ވަށައިގެންވީ ކަށިގަސްތަކުގެ ދަށުވެ ފިތިގެން ގޮވާން އަޅާނެ ގޮތެއް ނުވި. 8އެހެނަސް އެ އޮށްތަކުގެ ތެރެއިން ބައެއް އޮށް ރަނގަޅު ފަސްގަނޑުގެ ތެރެއަށް އެޅުނު. އަދި މި އޮށްތަކުން ގަސްފަޅައި ގޮވާން ލިބުނު. ބައެއް ކުރާގަނޑުތަކުން ތިރީސް ގުނަޔަށާއި ފަސްދޮޅަސް ގުނަޔަށް އޮށްޓަރު ލިބުނު. އަދި އަނެއްބައި ކުރާގަނޑުތަކުން ސަތޭކަ ގުނަޔަށް އޮށްޓަރު ލިބުނު.“
9އަދި އީސާގެފާނުގެ ބަސްފުޅު ނިންމަވައި ލެއްވީ މިފަދައިންނެވެ. ”ތިޔަބައިމީހުންގެ ތެރެއިން ކަނފަތް ހުރި މީހަކު ނަމަ މިވާހަކަ އަޑުއަހައި ވިސްނާ!“
މާނަފުން ވާހަކަތަކުގެ މަގުސަދު
10އީސާގެފާނު އެކަލޭގެފާނުގެ ބާރަ އަސްޙާބީންނާއި އަދި މީސްތަކުންގެ ތެރެއިން އެ ވާހަކަފުޅުތައް އަޑުއެހި ބައެއްމީހުންނާއި އެކުގައި އެކަހެރިވެ ވަޑައިގެންނެވި ވަގުތު އެކަލޭގެފާނުގެ އަރިހުގައި އެ މާނަފުން ވާހަކަތައް ތަފުސީލުކޮށް ދެއްވުމަށް އެބައިމީހުން އެދިވަޑައިގަތެވެ. އެ ހިނދު އީސާގެފާނު ޖަވާބު ދެއްވިއެވެ. 11”ތިޔަބައިމީހުންނަށް މާތްރަސްކަލާނގެ ރަސްކަންފުޅާއި ބެހޭ ސިއްރު ހާމަކޮށްދެއްވައިފި. އެހެނަސް ތިޔަބައިމީހުން ނޫން އެހެނިހެން މީސްތަކުންނާއި އަހަރެން މުޚާތަބު ކުރާހިނދު އަންގައިދޭނީ މާނަފުން ވާހަކަތަކުން. 12އެއީ ބާވައިލެއްވިގެންވީ ފަދައިން. ’އެބައިމީހުން ބަލައި ހޯދި ނަމަވެސް އެމީހުންނަކަށް އެއެއް ނުފެންނާނެ. އެބައިމީހުންނަށް އަޑު އިވި ސަމާލުކަން ދިން ކަމުގައިވިޔަސް އެމީހުންނަކަށް އެއެއް ނުވިސްނޭނެ. އެބައިމީހުން ބަލައި ވިސްނައިފިނަމަ އެބައިމީހުން މާތްރަސްކަލާނގެއަށް އެނބުރުނީސް. އަދި އެފަދައިން އެމީހުން އަމަލު ކުރިނަމަ އެކަލާނގެ ފާފަ ފުއްސަވައި ދެއްވީސް.‘“#އިޝަޢުޔާ 6:9-10
ތަފާތު ފަސްގަނޑުތަކާއި މެދު ވިދާޅުވެދެއްވި މާނަފުން ވާހަކަ
13ދެން އީސާގެފާނު އެބައިމީހުންނަށް ވިދާޅުވިއެވެ. ”މި މާނަފުން ވާހަކަ ދޭހަ ނުވާ ނަމަ ތިޔަބައިމީހުންނަކަށް މިފަދަ އެހެން ވާހަކައެއް ވެސް ދޭހައެއް ނުވާނެ. 14ދަނޑުވެރިޔާ އިންދި އޮށްތަކަކީ މާތްރަސްކަލާނގެ ވަޙީ ބަސްފުޅު. 15ބައެއް މީހުންނަކީ ހިނގާ މަގުގެ މައްޗަށް އެޅުނު އޮށްތައް ފަދަ ބައެއް. އެމީހުންނަށް މާތްރަސްކަލާނގެ ބަސްފުޅު އަޑުއިވޭ. އެހެނަސް ޝައިތާނާ އެމީހުންގެ ކިބައިން އެބަސްފަޅު އަވަހަށް އަތުލައިގަނޭ. 16އަނެއްބައި މީހުންނީ ހިލަ ބިމުގެ މައްޗަށް އެޅުނު އޮށްތައް ފަދަ ބައެއް. އެމީހުންނަކީ މާތްރަސްކަލާނގެ ބަސްފުޅު އަޑުއިވި އެބަސްފުޅު އުފަލާއެކު ބަލައިގަންނަ މީހުން. 17ނަމަވެސް އެ ބަސްފުޅާމެދު އެބައިމީހުން ފުންކޮށް ނުވިސްނާނެ. އަދި ކުޑަވަގުތުކޮޅަކަށް އެބަސްފުޅު ހިތުގައި ހަރުލާ މީހުން. އަދި މި ބަސްފުޅު ގަބޫލު ކުރުމުގެ ސަބަބުން ދިރިއުޅުމުގެ މުސީބާތާ، އަނިޔާ ކުރިމަތިވެ ދާހިނދު އެބަސްފުޅު ދޫކޮށްލާ މީހުން. 18އަނެއްބައި މީހުންނަކީ ކަށިގަސްތަކުގެ ތެރެއަށް އެޅުނު އޮށްތައް ފަދަ ބައެއް. މިބައިމީހުންނަކީ މާތްރަސްކަލާނގެ ބަސްފުޅުގެ އަޑު އަނހާ މީހުން. 19ނަމަވެސް ދުނިޔަވީ ކަންތައްތަކާ މެދު ކަންބޮޑުވެ، މުއްސަނދިކަމަށް ލޯބިކުރާ މީހުން. އަދި އެފަދަ މީހުންގެ ހިތުގައިވާ ދުނިޔަވީ އެދުންތައް ފުނިޖެހި މާތްރަސްކަލާނގެ ބަސްފުޅުތައް ފިއްތައި ހަފުސް ކޮށް އެ ބަސްފުޅުތަކުން ރަނގަޅު ނަތީޖާއެއް ނެރެވުނަކަ ނުދިން. 20އެހެނަސް އަނެއްބައި މީހުންނަކީ ބިމުގައިވާ ރަނގަޅު ފަސްގަނޑުގެ ތެރެއަށް އެޅުނު އޮށްތައް ފަދަ ބައެއް. އެބައިމީހުން މާތްރަސްކަލާނގެ ބަސްފުޅުގެ އަޑުއަހައި ބަލައިގަންނަ، މާތްރަސްކަލާނގެ ބަސްފުޅާމެދު ސާބިތުވެ ތިބި ރަނގަޅު ގޮވާން ލިބޭ ފަދަ ބައެއް. ބައެއް ކުރާގަނޑުތަކުން ތިރީސް ގުނަޔަށާއި ފަސްދޮޅަސް ގުނަޔަށް އޮށްޓަރު ލިބުނު. އަދި އަނެއްބައި ކުރާގަނޑުތަކުން ސަތޭކަ ގުނަޔަށް އޮށްޓަރު ލިބުނު.“
ބައްތިއަކާ ސިފަކޮށްދެއްވި ސިފަކޮށްދެއްވުން
21އީސާގެފާނު އެކަލޭގެފާނުގެ ވާހަކަފުޅު ކުރިއަށް ގެންދެވިއެވެ. ”ވަށިގަނޑެއްގެ ދަށަށް ލުމަށް ނޫނީ އެނދު ތަންދޮށަށް ލުމަށް އެއްވެސް މީހަކު ބައްތިއެއް ގެންނާނެތަ؟ އެ ބައްތި ގެންގޮސް އަޅުވާނީ ބައްތި އަޅުވަން ޚާއްސަ ކުރެވިފައިވީ ހަރުގައެއް ނޫންތަ؟ 22ވަންހަނާ ކުރެވިފައިވީ ހުރިހާ ކަމެއް ހާމަވާނެ. އަދި ސިއްރު ކުރެވިގެންވީ ހުރިހާ ކަމެއް ފާޅުވެ އެނގޭނެ. 23ތިޔަބައިމީހުންގެ ތެރެއިން ކަނފަތް ހުރި މީހަކު ނަމަ މިވާހަކަ އަޑުއަހައި ވިސްނާ!“
24އަދި އެބައިމީހުންނަށް އެކަލޭގެފާނު ވިދާޅުވިއެވެ. ”ތިޔަބައިމީހުންނަށް އަޑު އިވުނު ކަންތަކާ މެދު ސަމާލުވޭ! ތިޔަބައިމީހުން މިނާ ނާޅިއަކުން ތިޔަބައިމީހުންނާ މެދުގައި ވެސް މިނެމުން ދާނެ. އަދި އެއަށް ވުރެން ވެސް އިތުރަށް މިނޭނެ. 25އަހަރެންގެ މިބަސްތައް ފަރުވާތެރިވެ އަޑުއަހާ ފަރާތްތަކަށް އިތުރަށް އެނގިގެންދާނެ. ނަމަވެސް މި ބަސްތަކާ މެދު ބީރު ކަންފަތެއްދޭ ފަރާތްތަކަށް ލިބިދީފައިވާ މަދު އެތިކޮޅު ވެސް އަތުލޭވޭނެ.“
ދަނޑުގައިއޮށްތަކެއް އިންދުމާމެދު ދެންނެވި މާނަފުން ވާހަކަ
26އީސާގެފާނު އެކަލޭގެފާނުގެ ވާހަކަފުޅު ކުރިޔަށް ގެންދެވިއެވެ. ”މާތްރަސްކަލާނގެ ރަސްކަންފުޅަކީ މިބުނާ ފަދައިން ހިނގާކަމެއް. ދަނޑުވެރިޔާ އޭނާގެ ދަނޑު ހެއްދުމަށްޓަކައި އޮށްތަކެއް އިންދަ. 27އޭނާ ރޭގަނޑާ ދުވާލު ނިދިޔަސް އަދި ހޭލާ ހުރިކަމުގައި ވިޔަސްމެ. އޭނާއަށް ކަންހިނގާ ގޮތް އެނގިގެން ނުވިޔަސް ދަނޑުގައި އިންދުނު އޮށްތަކުން ގޮވާމުގެ މަތިވަރު ލިބޭ. 28ބިމުގެ ފަސްގަނޑުން ތަބީޢަތުގައި ގަސްފަޅައި ގޮވާން ލިބޭ. އެންމެކުރިން ގަހުގެ ތަނޑު ފާޅުވެ ކުރާގަނޑު ނުކުމޭ. ދެން އެންމެފަހުން މުޅި ކުރާގަނޑު ގޮވާމުން ފުރޭ. 29ދެން ގޮވާން ނުކުމެ ތާޒާވެ ގޮވާން ކަނޑާ ވަގުތު ކުރިމަތިވެދޭ. އެ ހިނދު ދަނޑުވެރިޔާ އޭނާގެ ވަޅިން ގޮވާން ކަނޑާނެ.“
ރެވި އޮށަކާއިމެދު ވިދާޅުވި މާނަފުން ވާހަކަ
30ތަކުރާރުކޮށް އެކަލޭގެފާނު ވިދާޅުވިއެވެ. ”މާތްރަސްކަލާނގެ ރަސްކަންފުޅު އަހަރެން ބުނެދޭނީ ކިހިނަކުން؟ އަދި އެކަލާނގެ ރަސްކަންފުޅު ބަޔާން ކޮށްދިނުމަށް ނޫނީ ހާމަ ކޮށްދިނުމަށް އަހަރެމެންނަށް ބޭނުންކުރެވޭނީ މާނަފުން ކޮން ވާހަކައެއް؟ 31-32މާތްރަސްކަލާނގެ ރަސްކަންފުޅާ މެދު ބުނެވޭނީ އެއީ ކުޑަކުޑަ ރެވި އޮށެއްފަދަ އިން ހިނގާކަމެއްކަމުގަ. މި އޮށަކީ ގޮވާން ކުރުމަށްޓަކައި ބިމުގައި އިންދޭ އެންމެ ކުޑަ އޮށް ނަމަވެސް އެއިން ގަސްފަޅައި ބަގީޗާގައި ހެދޭ ގަސްގަހާގެއްސަށް ވުރެން ބޮޑުވޭ. އަދި ދޫނިތައް އައިސް އެސޮރުމެންގެ ހާލިތައް މި ގަހުގެ ގޮފިތަކުގެ ހިޔަލުގައި ހަދާ.“
33މީސްތަކުންނަށް އުނގަންނައި ދެއްވުމަށްޓަކައި މާނަފުން އެއްގޮތް އެތައް ވާހަކަފުޅަކުން އީސާގެފާނު މިސާލު ދައްކަވައި ދެއްވިއެވެ. އެބައިމީހުންނަށް ވިސްނޭ ވަރަށް އެކަލޭގެފާނު އުނގަންނަވައި ދެއްވިއެވެ. 34އެބައިމީހުންނާއި އެކަލޭގެފާނު މުޚާތަބު ކުރެއްވީ މުޅިން ވެސް މާނަފުން ވާހަކައިންނެވެ. އެހެނަސް އެކަލޭގެފާނުގެ އަސްޙާބީންނާއެކު އެކަހެރިވެ ވަޑައިގަންނަވާ ހިނދު މިހުރިހާ ވާހަކަތަކެއް އަސްޙާބީންނަށް އޮޅުންފިލުވައި ދެއްވައެވެ.
އީސާގެފާނު ގަދަ ކޮޅިގަނޑެއް މަޑުކުރެއްވުން
35އެދުވަހުގެ އިރުއޮއްސެމުން އައި ހިނދު އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންނަށް ދެންނެވިއެވެ. ”މި ކަނޑު ހުރަސްކޮށް އަނެއް ފަރާތަށް ދަމާ ހިނގާ.“ 36އޭރު އެކަލޭގެފާނު އިންނެވީ ދޯނީގައެވެ. އެ ހިނދު އެކަލޭގެފާނުގެ އަސްޙާބީން މީސްތަކުންނާ އެކަހެރިވެ އެކަލޭގެފާނު އިންނެވި ދޯންޏަށް އަރާ ފުރިއެވެ. އަދި އެތަނުގައި ހުރި އެހެނިހެން ދޯނިފަހަރު ވެސް އެބޭކަލުންގެ ފަސްފަހަތުން ދިޔައެވެ. 37ކުއްލިއަކަށް ވަރަށް ގަދަ ކޮޅިގަނޑަކާއި ޖެހި ވައި ބާރުވެ ރާޅު ބިޔަވި އެވެ. ނަގާ ބިޔަ ރާޅުތައް ދޯންޏަށް އަރަން ފަށައިފިއެވެ. މުޅި ދޯނި ވަނީ ދިޔަ ބޮޑުވެފައެވެ. 38އެ ހިނދު ދޯނީގެ ކޮޅުފަސްކޮޅުގައި އޮތް ބާލީހެއްގައި ބޯއަޅުއްވައިގެން އީސާގެފާނު އޮންނެވީ އަވަހާރަފުޅު ލައްޕަވާފައެވެ. އެކަލޭގެފާނުގެ އަސްޙާބީން އެކަލޭގެފާނު އަވަހާރުފުޅުން ހޭލައްވައި އެކަލޭގެފާނަށް ދެންނެވިއެވެ. ”އެދުރުކަލޭގެފާނު، އަޅުގަނޑުމެން މަރުވެ ދިޔަސް ސާހިބާ އަޅާނުލައްވާނުތޯ؟“
39އީސާގެފާނު ތެދުވެ ވަޑައިގެން އެ ގަދަ ކޮޅިގަނޑު މަޑުވުމަށް އަމުރު އަމުރުކުރެއްވިއެވެ. އެ ހިނދު ވަޔާއި ކަނޑު އިހުނެކޭ ވެސް އެއްގޮތަށް ހަނުހިމޭން ވިއެވެ. 40އެއަށް ފަހު އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންނަށް ވިދާޅުވިއެވެ. ”ތިޔަބައިމީހުން ބިރުގަތީ ކޮންކަމަކާ؟ ތިޔަބައިމީހުންގެ އީމާންތެރިކަމެއްވޭތަ؟“ 41އެހެނަސް އެމީހުން ތިބީ ބިރުން ފިތްކަނޑައިގެންދާވަރު ވެފައެވެ. އަދި އެކަކު އަނެކަކަށް ބުނަމުން ދިޔައެވެ. ”ވަޔާއި ކަނޑުގެ ރާޅުތައް ވެސް ކިޔަމަންތެރިވާ މި މީހަކީ ކާކު ބާ؟“
ទើបបានជ្រើសរើសហើយ៖
މަރުކުސް 4: ކމ
គំនូសចំណាំ
ចែករំលែក
ចម្លង

ចង់ឱ្យគំនូសពណ៌ដែលបានរក្សាទុករបស់អ្នក មាននៅលើគ្រប់ឧបករណ៍ទាំងអស់មែនទេ? ចុះឈ្មោះប្រើ ឬចុះឈ្មោះចូល
© (Active), Wycliffe Bible Translators, Inc. All rights reserved.

: