މައްތާ 19:6-21

މައްތާ 19:6-21 ކމ

”⁠ތިޔަބައިމީހުންގެ ޚަޒާނާތައް މި ދުނިޔޭގައި ރައްކާތެރި ނުކުރޭ. ބަޅިނދުތައް އެ ކައި، އަދި އެ ތަކެތީގައި ދަބަރު ޖަހައި އެ ޚަޒާނާތައް ނެތިވެދާނެ. އަދި ވަގުން އައިސް އެ ޚަޒާނާތައް ހުރި ގުދަން ހަލާކު ކޮށްލުމަށް ފަހު ވަގަށް ނަގައިފާނެ. ނަމަވެސް ތިޔަބައިމީހުން ސުވަރުގޭގައި އެ ޚަޒާނާތައް ރައްކާތެރި ކުރުމުން ބަޅިނދުތައް ކައި ނޫނީ ދަބަރު ޖަހައި އަދި ވަގުން އައިސް ހަލާކު ކޮށްލައި އެ ވަގަކަށް ނުގެންދެވޭނެ. ތިޔަބައިމީހުންގެ ހިތް ވާނީ ތިޔަބައިމީހުންގެ ޚަޒާނާ ހުންނަ ތަނެއްގާ.