ފެށުން 24:49-25

ފެށުން 24:49-25 ކމ

”⁠ނަމަވެސް އޭނާގެ އަތުގެ ބާރުގަދަ. އޭނާގެ ދުނިދަނޑިވެސް އަމާޒު. އޭނާއަށް ބާރު ލިބިފައި ވަނީ ޔަޢުޤޫބުގެފާނުގެ ކަލާނގެ، މަތިވެރި މާތް ރަސްކަލާނގެ ކިބަފުޅުން. އެކަލާނގެއީ ބަނީއިސްރާއީލުންގެ މަތިވެރި ހިލަ. އެކަލާނގެއީ އެބައިމީހުންގެ ހުރި ހުއިހައްޕާ ފަރާތް.⁠“ ”⁠ތިބާއަށް އެހީތެރިވާ ފަރާތަކީ ތިބާގެ ބައްޕަގެ ކަލާނގެ މާތްކަލާނގެ. އެކަލާނގެއީ ތިބާއަށް އުޑުން ބަރަކާތުގެ ވާރޭ ފޮނުއްވާ ކުޅަދުންވަންތަ ކަލާނގެ. އެކަލާނގެއަކީ ބިމުގެއަޑިން ތިބާއަށް ފެން ދެއްވާ ކަލާނގެ. ތިބާއަށް ގެރިބަކަރިތަކާއި އަދި ދަރިންވެސް ދެއްވާ ކަލާނގެ.⁠“