ނެރުއްވުން 37
37
ޢަހުދުނާމާ ފޮށިކޮޅު
1ދެން ބަޞަލީލު އަކާސިޔާ ލަކުޑިން ޢަހުދުނާމާ ފޮށިކޮޅު ހެދިއެވެ. އެފޮށީގެ ދިގުމިނުގައި ސާޅީސްފަސް އިންޗި، ފުޅާމިނުގައި ހަތާވީސް އިންޗި، އަދި އުސްމިނުގައި ހަތާވީސް އިންޗި ހުއްޓެވެ. 2އޭގެ އެތެރެ އާއި ބޭރުގައި ރަނުން ފަށަލަ ލައި މަތިގަނޑުގެ ކައިރިފަށުގައި ސާފު ރަނުން ދާރަ އަޅާފައި ހުއްޓެވެ. 3އަދި ރަނުން ހަތަރު ބޮޅު ހަދައި އެފޮށީގެ ހަތަރު ފަރާތުގައި ފައިތަކާ ދިމާލަށް އެބޮޅުތައް ހަރުކުރިއެވެ.
4ދެން އަކާސިޔާ ލަކުޑިން ދެ ދަނޑި ހަދައި އޭގައި ވެސް ރަން އުނގުޅިއެވެ. 5އަދި އެފޮށިކޮޅު އުފުލުމަށް އެ ދަނޑިތައް އެ ބޮޅުތަކުގެ ތެރެއަށް ލެއްވިއެވެ.
6ދެން އެމީހުން ކައްފާރާގެ މަޤާމުފުޅު ކަމަށްވާ އެފޮށިކޮޅުގެ މަތިގަނޑު ސާފު ރަނުން ހެދިއެވެ. އެއީ އޭގެ ދިގުމިނުގައި ސާޅީސް ފަސް އިންޗި، ފުޅާމިނުގައި ހަތާވީސް އިންޗި ހުއްޓެވެ. 7ދެން އޭނާ ރަނުން އަތްކަން ކޮށްގެން މަރުތޭލުން ތަޅައި ދެ ކަރޫބީމު ހެދިއެވެ. އަދި މި ދޭތި މަތިގަނޑުގެ ދެ ކޮޅުގައި ބެހެއްޓިއެވެ. 8މި ދެ ސޫރަވެ ވެސް ހަދާފައި ވަނީ މަތިގަނޑުގެ ބައެއް ފަދައިން ރަނުން އަތްކަންކޮށް މަރުތޭލުން ތަޅައިގެންނެވެ. އަދި އެ ދެ ސޫރަ އަތްކަންކޮށް މަތިގަނޑާ އެއްކޮށް މަރުތޭލުން ތަޅައި އެކަތިގަނޑަކަށް ހެދިއެވެ. 9މި ކަރޫބީމުތައް ހަދާފައި ހުރީ އެކަތި އަނެކައްޗާ ކުރިމަތިލައިގެން މަތިގަނޑުގެ މެދާ ދިމާއަށް ބަލަހައްޓައިގެން އޭގެ ފިޔަގަނޑުން މަތިގަނޑަށް ހިޔާ އަޅައިގެން ތިބޭ ގޮތަށެވެ.
މޭޒުކޮޅު
10ދެން ބަޞަލީލު އަކާސިޔާ ލަކުޑިން މޭޒުކޮޅެއް ހެދިއެވެ. އޭގެ ދިގުމިނުގައި ތިރީސްހަ އިންޗި ފުޅާމިނުގައި އަށާރަ އިންޗި އުސްމިނުގައި ހަތާވީސް އިންޗި ހުއްޓެވެ. 11އޭނާ މުޅި އެމޭޒުކޮޅު ރަތުރަނުން ޖަރީކޮށް އޭގެ ކައިރިފަށުގައި ރަނުގެ ދާރައެއް އެޅިއެވެ. 12ދެން ރަނުން ތިން އިންޗީގެ ފުޅާމިނުގެ ދާރައެއް ޖަހައި ރަނުގެ ކައިރިފަށެއް އެޅިއެވެ. 13އަދި ރަނުގެ ހަތަރު ބޮޅު ހަދައި އެ މޭޒުކޮޅުގެ ކޮންމެ ފަޔަކާ ދިމާލުގައި ހަރުކުރިއެވެ. 14މި ބޮޅުތައް ހަރުކުރެވިފައި ވަނީ މޭޒުކޮޅުގައި އަޅާފައި ހުރި ރަނުގެ ކައިރިފަށުގައެވެ. އެއީ އެމޭޒުކޮޅު އުފުލާ ދަނޑިތައް ލެއްވުމަށް ހަރުކުރި ބޮޅުތަކެވެ. 15އަދި އޭނާ އަކާސިޔާ ލަކުޑިން ދެ ދަނޑި ހަދައި އޭގައި ވެސް ރަން ފަށަލައެއް ލިއެވެ.
16އެމޭޒުކޮޅުގެ މަތީގައި ބެހެއްޓުމަށް ޚާއްސަކޮށް ބޯތައްޓާއި، ތިލަ ތައްޓާއި، ގުޅިތަކާއި ޖޯޑުތައްޓާއި އޭނާ ހެދިއެވެ. މިއީ ދިޔާތަކެތީގެ ޤުރުބާނީ ވެދުން ކުރަން ތައްޔާރު ކުރި ތަކެއްޗެވެ.
ބައްތިދަނޑި
17ދެން ބަޞަލީލު އަތްކަން ކޮށްގެން ރަތުރަނުން ބައްތިއެއް ތައްޔާރު ކުރިއެވެ. ބައްތިއާއި ބައްތި ދަނޑި ޖަރީކޮށް ބިންވަޅު ނަގާފައި ހުރީ އެކަތިގަނޑެއްގެ ގޮތުގައެވެ. އޭގެ ބުޑާއި، މެދުގައި ހުރި ދަނޑިއާއި، ބައްތިތަށިތަކާއި އޭގެ ތަނޑުތަކާއި ފިޔަތައް ވެސް ހުރީ މިގޮތުގައެވެ. 18ބައްތި ދަނޑީގެ ދެފަރާތުގައި ފަރާތެއްގައި ތިން ގޮފި ހުންނަ ގޮތަށް ހަ ގޮފި ހަރުކުރިއެވެ. 19އެ ބައްތި ތަށިތައް ހުރީ އަލްމަންޑް މަލެއް ފޮޅިފައި ހުންނަ ފަދަ ގޮތަކަށެވެ. އޭގެ ތަނޑުތަކާއި ފަތްތައް ވެސް ހުރީ އަލްމަންޑް މަލުގެ ފިޔަތަކާއި ބުޑުގަނޑު ވެސް ހުންނަ ގޮތަށެވެ. 20އަދި ބައްތި ދަނޑީގެ މެދުތެރޭގައި ހަތަރު ބައްތިތަށި ހަރުކުރިއެވެ. އެ ވެސް ހުރީ ފޮޅިފައިވާ އަލްމަންޑް މަލެއްގެ ސިފައިގައެވެ. 21އެ އަލްމަންޑް މާތައް ހަރުކޮށްފައި ވަނީ ބައްތި ދަނޑިން ފަޅާފައިވާ ކޮންމެ ދެ ގޮފިގަނޑެއްގެ ދެމެދުގައެވެ. 22މި ގޮފިތަކާއި ތަނޑުތައް ވެސް ހުރީ ބައްތި ދަނޑިއާއެކު އެކަތިގަނޑެއްގެ ގޮތުގައެވެ. މިވެސް ތަޅާފައި ހުރީ އެއް ރަތު ރަންގަނޑަކުންނެވެ.
23ދެން ބަޞަލީލު ރަނުގެ ހަތްބައްތި ހެދިއެވެ. ބައްތީގެ ފީތާ ލައްވާ ގިނިފައްޗާއި ދެލިކަނޑާ ތަށިތައް ވެސް ހަދާފައި ހުރީ ރަތުރަނުންނެވެ.
24މި ބައްތިކޮޅާއި އޭގައި ހުރި ހުރިހާ އެއްޗެއް ހެދުނީ ތިރީސްފަސް ކިލޯ ހާ ރަތު ރަނުންނެވެ.
ދުންއަޅާ އަށި
25ދެން ބަޞަލީލު އަކާސިޔާ ލަކުޑިން ދުން އަޅާނެ އައްޓެއް ހެދިއެވެ. މި އަށި ހަދާފައި ވަނީ އަށާރަ އިންޗި އަށާރަ އިންޗި ތިރީސް ހަ އިންޗި އުސްމިނުގައެވެ#37:25 ޢިބްރާނީ ބަހުން 18 އިންޗް ކަމަށް ބަލަނީ 1 މުށެވެ.. އޭގައި ވެސް ހަތަރު ކަނުގައި ދަޅުތަކެއްގެ ގޮތުގައި މައްޗަށް އުފުލާފައިވާ ލަކުޑި ދަނޑިތަކެއް ހުއްޓެވެ. އެވެސް ހަދާފައި ހުރީ އައްޓާ އެކަތިގަނޑެއްގެ ގޮތުގައެވެ. 26-27އަށީގެ މައްޗާއި އަރިމަތީގެ ދަޅުތަކުގައި ވަނީ ރަނުން ފަށައެއް ލާފައެވެ. ދެން ރަނުގެ ދެ ބޮޅު ހަދައި އަށީގެ ދެފަރާތުގައި ހަރުކުރިއެވެ. އެ ބޮޅުތައް ހަރުކޮށްފައި ވަނީ ވަށައިގެން އެޅިފައިވާ ރަން ދާރައިގެ ތިރީގައެވެ. އެއީ އަށި އުފުލާ ދަނޑި ލެއްވުމަށެވެ. 28އަކާސިޔާ ލަކުޑިން ދަނޑި ހަދައި އޭގައި ވެސް ރަން އުނގުޅާފައިވެއެވެ.
29ދެން އިޚުތިޔާރު ކުރެވޭ މީހުންގެ ގައިގައި އުނގުޅާ ކަރާމާތްތެރި ތެލާއި މީރުވަސްދުވާ އަތަރު ލީ ދުންދަނޑި ތައްޔާރު ކުރިއެވެ. މިކަންތައް އޭނާ ކުރީ އަތަރު އުފެއްދުމުގެ ތަޖުރިބާ ލިބިފައިވާ މީހުންގެ ހުނަރުތައް ބޭނުން ކޮށްގެންނެވެ.
ទើបបានជ្រើសរើសហើយ៖
ނެރުއްވުން 37: ކމ
គំនូសចំណាំ
ចែករំលែក
ចម្លង
ចង់ឱ្យគំនូសពណ៌ដែលបានរក្សាទុករបស់អ្នក មាននៅលើគ្រប់ឧបករណ៍ទាំងអស់មែនទេ? ចុះឈ្មោះប្រើ ឬចុះឈ្មោះចូល
© (Active), Wycliffe Bible Translators, Inc. All rights reserved.

: