ނެރުއްވުން 2:31-5

ނެރުއްވުން 2:31-5 ކމ

”⁠ނިކަން ބަލާބަލަ. އަހަރެން މިވަނީ އޫރީގެ ދަރި ބަޞަލީލު އެ ކަންތައް ކުރުމަށް މެދުވެރިކޮށްފައި. އޭނާއަކީ ޔަހޫޛާގެ ދަރިކޮޅުން އައިސްފައިވާ ޙޫރުގެ ކާފަ ދަރިއެއް. ތިމަންކަލާނގެ ވަނީ އޭނާއަށް ތިމަންކަލާނގެ މާތްރޫޙުފުޅު ފުރާދީފައި. އެގޮތުން އޭނާއަށް ހުރިހާ ބާވަތެއްގެ ޙިކުމަތަކާއި ހުނަރަކާއި ފަންނުވެރިކަން ލިބިފައިވާނެ. އަދި އޭނާގެ ކިބައިގައި ފާޑުވެރިކަމާއެކު ރަނާއި ރިހިންނާއި ކަފުލޮއިން ތަކެތި ހެދުމުގެ ތަޖުރިބާ ހުންނާނެ. އޭނާއަށް ޖަވާހިރު ހިލަ ކަނޑައިނަގަން އެނގޭނެ. އަދި ލަކުޑީގައި ކުރެހުން އަޅައި ބިންވަޅުނަގަން އެނގޭނެ.

អាន ނެރުއްވުން 31