ނެރުއްވުން 6:17-7

ނެރުއްވުން 6:17-7 ކމ

އަހަރެން އެވަގުތު ޙޫރީބު ފަރުބަދަ މަތީ ހުންނާނަން. އެ ފަރުބަދައިގެ ހިލައިގައި ކަލޭ ދަނޑިބުރިން ޖަހާ. އޭރުން އެހިލައިން ފެން އޮހިގެން އަންނާނެ. އަދި ކަލޭމެންގެ މީހުންނަށް އޭރުން ފެން ބޯން ލިބޭނެ.⁠“ އެހެންވެ އެގޮތުގެ މަތިން މޫސާގެފާނު އަސާކޮޅުން އެހިލައިގައި ޖެއްސެވުމުން އެތަނުން ފެން އޮހިގަތެވެ. އޭރު އެމީހުންގެ ބޮޑުން އެތަން ބަލަން ތިއްބެވެ. މޫސާގެފާނު އެތަނަށް މައްސާއޭ ވިދާޅުވެ ނަން ދެއްވިއެވެ. އަދި މަރީބާއޭ ވެސް އެތަނަށް ކިޔާއުޅެއެވެ. އެހެނީ އިސްރާއީލުގެ މީހުން އެތަނުގައި އަރާރުންވެ މާތްރަސްކަލާނގެ އިމްތިޙާނު ކުރަން އުޅުނެވެ. އެމީހުން އެއްސެވެ. ”⁠މާތްރަސްކަލާނގެ އަހަރެމެންނާ އެކު މިތަނުގައި ވޮޑިގެން ވޭތަ؟ ނޫނީ ނުވޭތަ؟⁠“

អាន ނެރުއްވުން 17