ނެރުއްވުން 23:15-25
ނެރުއްވުން 23:15-25 ކމ
ދެން އެމީހުން މާއްރާގެ ފެންއާރާ ހަމައަށް އައިސް ރަހަބަލާލިއިރު އެފެން ހިތިކަމުން ބޮވޭވަރެއް ނުވެއެވެ. އެހެންވެ އެމީހުން އެތަނަށް މާއްރާ އޭ ކިޔާ ނަންދިނެވެ. ދެން އެމީހުން އެކަމާ ބެހޭގޮތުން މޫސާގެފާނަށް ޝަކުވާ ދެންނެވިއެވެ. ”އަހަރެމެން ބޯނީ ކޮން އެއްޗެއް؟“ ދެން މޫސާގެފާނު މާތްރަސްކަލާނގެއަށް ޚުޝޫއަތްތެރި ކަމާއެކު ދުޢާ ދެންނެވުމުން އެކަލާނގެ މޫސާގެފާނަށް ލަކުޑިކޮޅެއް ދެއްކެވިއެވެ. އެކަލޭގެފާނު އެލަކުޑިކޮޅު އެފެންއާރު ތެރެއަށް އެއްލަވާ ލެއްވުމާއެކު އެ ފެން، ބޯން ކަމުދާ ފެނަކަށް ވެއްޖެއެވެ. މާތްރަސްކަލާނގެ އެތަނުގައި އެމީހުންނަށް އަމުރުފުޅެއް ކުރެއްވިއެވެ. އަދި އެމީހުންގެ އީމާންކަން އިމްތިޙާނު ކުރެއްވިއެވެ.

