އެފޭސުސްގެ މަސީޙީންނަށް ސިޓީ 14:6-15
އެފޭސުސްގެ މަސީޙީންނަށް ސިޓީ 14:6-15 ކމ
ތެދުވެރިކަން ތިޔަބައިމީހުން އުނަގަނޑުގައި ކަމަރެއް ފަދައިން އަޅައިގެން ތައްޔާރުވެ ތިބޭށެވެ. އަދި ޞާލިޙުކަން ތިޔަބައިމީހުންގެ މޭމަތި ރައްކާތެރިކޮށްދޭ ދަހަނާއެއް ފަދައިން އަޅާށެވެ. ދެން ތިޔަބައިމީހުން ހެޔޮޚަބަރުފުޅުން ގެނެސްދޭ ސުލްޙަ މަސަލަސްކަމުގެ ފައިވާނަށް އަރާށެވެ. އޭރުން ތިޔަބައިމީހުން ތިބޭނީ އެޚަބަރުފުޅު ގެނެސްދިނުމަށް ފުރިހަމަޔަށް ތައްޔާރުވެފައެވެ.






