އެފޭސުސްގެ މަސީޙީންނަށް ސިޓީ 18:5-20

އެފޭސުސްގެ މަސީޙީންނަށް ސިޓީ 18:5-20 ކމ

ރަލުގެ މަސްތުގައި ޖެހި މަސްތުނުވާށެވެ. ސަބަބަކީ މަސްތުވުމަކީ އިންސާނާގެ ޙަޔާތު ވީރާނާކުރުވާ ކަމެކެވެ. އޭގެބަދަލުގައި މާތްރަސްކަލާނގެ މާތްރޫޙުފުޅު ތިޔަބައިމީހުންގެ މައްޗަށް ފުރިހަމަކުރުވައި އެކަލާނގެ ބާރުފުޅުގެ ދަށުގައި ތިޔަބައިމީހުން ވާށެވެ. އޭރުން، އަނެކުންނާއި މުޢާމަލާތް ކުރާ ހިނދު ހިތްވަރު ދިނުމަށްޓަކައި ޒަބޫރުގެ ފަތްފުށްތަކުންނާއި މަދަޙައިގެ މަދަހައިންނާއި ރޫޙާނީ ލަވަތަކުން މުޢާމަލާތް ކުރެވޭނެއެވެ. މިފަދަ ރާގުތަކުން ތިޔަބައިމީހުންގެ ހިތްތަކުގައި މާތްސާހިބާއަށްޓަކައި ރާގު އުފައްދާށެވެ. މާތްސާހިބާ އަށް ހަމްދާ ސަނާ ކިޔާށެވެ. އެންމެހާ ކަންތައްތަކުގައި މާތްސާހިބާ އީސާ އަލްމަސީޙުގެ ނަންފުޅުގަނެ އަބަދުވެސް މާތްރަސްކަލާނގެ އަހަރެމެންގެ ބައްޕާފުޅަށް ޝުކުރު ދަންނަވާށެވެ.