މަންދޫބުންގެ މަސައްކަތް 9:14-10
މަންދޫބުންގެ މަސައްކަތް 9:14-10 ކމ
ޕައުލް މާތްރަސްކަލާނގެ ދެއްވި ދިންނެވުމުގެ އުފާވެރި ޚަބަރުގެ ވާހަކަތައް ދައްކަމުން ދިޔަ އިރު މީނާ ވަރަށް ކަނުލާ އެ ވާހަކަތައް އަޑު އަހަން އިނެވެ. ޕައުލް އޭނާ އާއި ދިމާލަށް ވަރަށް ފަރުވާވެ ބެލިއެވެ. އަދި އޭނާގެ ހިތުގައި އީސާގެފާނުގެ މައްޗަށް އީމާންކަން ވާތީ އީސާގެފާނު އޭނާއަށް ޖެހިފައިވާ ވާބަލިން އޭނާ ސަލާމަތް ކޮށްދެއްވާނެކަން ޕައުލްއަށް އެނގުނެވެ. ދެން ޕައުލް އޭނާއަށް ގޮވާލާފަ ބާރަށް ބުންޏެވެ. ”ކޮޅަށް ތެދުވޭ.“ ހަމައެވަގުތު އެމީހާ ފުންމައިގެން ތެދުވެ ހިނގަންފެށިއެވެ.