2 ޞަމޫއީލް 1
1
ޝާއުލްގެފާނު އަވަހާރަވީ ޚަބަރު ދާއޫދުގެފާނަށް ލިބިވަޑައިގަތުން
1ޝާއުލްގެފާނު އަވަހާރަވި ފަހުން ދާއޫދު ޢަމާލިޤީން ފައްސާލާފައި ޖިލްޖާއަށް އަތުވެއްޖެއެވެ. އޭނާ ދެ ދުވަސް ވަންދެން ޞިޤްލަޣުގައި ހުރެއްޖެއެވެ. 2ތިންވަނައަށް ވީ ދުވަހު ޝާއުލްގެފާނުގެ ޖަގަހައިން ހެދުން ވީދާލައި ބޮލަށް ވެލި އަޅައިގެން މީހަކު މޮޅިވެރިކަން ފާޅު ކުރަން އައިސް ދާއޫދުއަށް އިޙުތިރާމު ކުރުމުގެ ގޮތުން ބިމުގައި މޫނު ޖެހޭވަރަށް ގުދުވެއްޖެއެވެ.
3”ކަލޭ ތީ ކޮންތާނކުން އައި މީހެއް؟“ ދާއޫދު ސުވާލު ކުރިއެވެ.
”އަޅުގަނޑު މީ އިސްރާއީލުންގެ ލަޝްކަރުތެރޭން ފިލައިގެން އައި މީހެއް.“
4”ވީ ކީއްތަ؟“ ދާއޫދު އެއްސެވެ. ”ހަނގުރާމައިގެ ކަންތައް ދިޔައީ ކިހިނެއް؟“
އެމީހާ ބުންޏެވެ. ”އަހަރެމެންގެ ސިފައިން ދުވެފިލައިފި. އެކަންތަކުގެ ތެރޭގައި ވަރަށް ގިނަ ބަޔަކު ޒަޚަމުވެ މަރުވި. ޝާއުލްރަސްގެފާނާއި ދަރިކަލުން ޔޫނަތައިން ވެސް އަވަހާރަވެއްޖެ.“
5މި ޚަބަރު ގެނައި ޒުވާނާ ކުރެން ދާއޫދު އެއްސެވެ. ”ޝާއުލްގެފާނާއި ދަރިކަލުން ޔޫނަތައިން އަވަހާރަވީކަން ކަލެއަށް އެނގުނީ ކިހިނެއް؟“
6އޭނާ ބުންޏެވެ. ”އަޅުގަނޑު ޖިލްބޫއަގެ ފަރުބަދަ މަތީ ހުރެވުނު ވަގުތަކު ޝާއުލްގެފާނު އެކަލޭގެފާނުގެ ލޮންސިމައްޗަށް ވެއްޓި ވަޑައިގެން ހުއްޓާ ފެނުނު. އޭރު އެކަލޭގެފާނާ ދިމާލަށް އަސްވާރުންތައް އަންނަމުން ދޭ. 7އެކަލޭގެފާނު އެނބުރި ވަޑައިގަތްތަނާ އަޅުގަނޑު ފެނިވަޑައިގެން އަޅުގަނޑަށް ގޮވާލެއްވި. އަޅުގަނޑު ދެންނެވިން. ’މަސާހިބު، އަޅުގަނޑު ކޮށްދޭންވީ ކޮން ކަމެއްތޯ؟‘
8އެކަލޭގެފާނު އެއްސެވި، ’ކަލޭ ތީ ކާކުތަ؟‘
’އަޅުގަނޑު މީ ޢަމާލިޤީއެއް.‘ އަޅުގަނޑު ދެންނެވިން.
9ދެން އެކަލޭގެފާނު ވިދާޅުވި. ’މިތަނަށް އައިސް އަހަރެން މަރައި ދީ! މަމި އޮތީ މަރުގެ ސަކަރާތުގެ ތެރޭގައި. އެކަމަކު އަދިވެސް މަރެއް ނުވި.‘
10ދެން އަޅުގަނޑު އެކަލޭގެފާނުގެ ގައިކޮޅު މައްޗަށް އަރައި އެކަލޭގެފާނު މަރާލައިފިން. އަޅުގަނޑަށް އެނގުނު އެކަލޭގެފާނު ވެއްޓިވަޑައިގަތުމަށް ފަހު ދެން ސަލާމަތް ނުވެވޭނެކަން. އަޅުގަނޑު މިއައީ އެކަލޭގެފާނުގެ ތާޖުކޮޅާއި އުޅާކޮޅު ސާހިބަށް ވެދުން ކުރަން ހިފައިގެން.“
11ދެން ދާއޫދާއި އެތާތިބި އެންމެން ހެދުން ވީދައި ރޮއި ހިތާމަ ފާޅު ކުރަން ފަށައިފިއެވެ. 12ޝާއުލްގެފާނާއި ޔޫނަތައިންއާއި މާތްރަސްކަލާނގެ ލަޝްކަރުގެ ގިނަ ބަޔަކާއި އިސްރާއީލުގެ ޤައުމުގެ އެތައްބަޔަކު މަރުވެ އެލިބުނު ބޮޑު ގެއްލުމާމެދު ހިތާމަކޮށް ރޮއި ދާއޫދުގެފާނާއި ދެންތިބި އެންމެން އެދުވަހު އިރު އޮއްސެންދެން ރޯދައަށް ތިބެއްޖެއެވެ.
13ދެން މި ޚަބަރާއިގެން އައި ޒުވާނާ ކުރެން ދާއޫދު އެއްސެވެ. ”ކަލޭ ތީ ކޮންތާނކު އުޅޭ މީހެއްތަ؟“
އެމީހާ ބުންޏެވެ. ”އަޅުގަނޑު މީ މިރަށުގައި އުޅޭ ބީރައްޓެއްސެއް. އަޅުގަނޑުގެ ބައްޕައަކީ ޢަމާލިޤީއެއް.“
14ދާއޫދު ބުންޏެވެ. ”މާތްރަސްކަލާނގެ އިސްކުރައްވާފައި ވެރިޔަކު މަރާލަން ކަލޭ ބިރެއް ވެސް ނުގެންތަ؟“
15-16ދާއޫދު ބުންޏެވެ. ”ކަލޭ އަމިއްލަ އަނގައިން ތިޔަ އިޢުތިރާފްވީ މާތްރަސްކަލާނގެ ހޮއްވަވާފައިވާ ރަސްކަލަކު މަރާލި ކަމަށް. އެހެން ކަމުން ކަލެއަށް މަރު ޙައްޤުވެއްޖެ.“ ދެން ދާއޫދު އެތާ ހުރި މީހަކަށް އެންގިއެވެ. ”މީނާ މަރާލާ!“ ދެން އޭނާ އެ ޢަމާލިޤީގެ މީހާ މަރާލައިފިއެވެ.
ޝާއުލްގެފާނާއި ޔޫނަތައިން އަވަހާރަވުމުގެ ހިތާމަ
17ދެން ދާއޫދު ޝާއުލްގެފާނާއި ޔޫނަތައިންއަށް ތައުޒިޔާ ކިޔުމުގެ ގޮތުން މޮޅިވެރި ކަމުގެ ލަވައެއް ހަދައިފިއެވެ. 18އަދި އެލަވަ ޔަހޫޛާގެ އެންމެންނަށް ދަސްކޮށްދިނުމަށް އެންގިއެވެ. މިލަވަޔަށް ކިޔަނީ ”ދުނި ދަނޑި“ އެވެ. މި ލަވަ ޔާޝިރު#1:18 ޔާޝިރު އަކީ އިސްރާއީލީންގެ ހަނގުރާމަތަކުގައި ކިޔާފައި ހުންނަ ލަވަތައް އެކުލެވޭ ފޮތެކެވެ. ފޮތުގައި ލިޔެވިފައިވެއެވެ.
19”އިސްރާއީލުގެ އިއްޒަތް އެވަނީ ފަރުބަދަ މަތީގައި ވެއްޔާމޮޑެވިފަ އެވެ!
އެއޮތްފަދަ ގަދަ ފަހުލަވާނުންތައް ވެސް އެތިބީ ވެއްޓިފައެވެ!
20މިވާހަކަ ޖައްތުގެ އަހުލުވެރިންނަށް ނާންގާށެވެ.
އަދި އަޝްޤަލޫނުގެ މަގުތައްމަތީ ނުގޮވާށެވެ.
އެހެންނޫނީ ފިލިސްޠީނުންގެ އަންހެނުން އުފާ ފާޅުކުރާނެއެވެ.
ކާފަރުންގެ ދަރިން އުފަލުން ފޮޅޭނެއެވެ.
21އޭ ޖިލްބޫއަގެ ފަރުބަދަތަކާއެވެ.
ތިޔަތަނަށް ތެތް ކަމެއް ވާރެއެއް ނާންނާށިއެވެ.
ތިޔަތަނުން ގަހެއް ހެދި އާރޯކަމެއް#1:21 މިތާނގައި ޢިބްރާނީ ބަހުން ލިޔެވިފައިވާ ލަފުޒުގެ މާނަ ޔަޤީނެއް ނޫނެވެ. ނާންނާށިއެވެ.
އެހެނީ ފަހުލަވާނުންގެ އައްޑަނަ ވެއްޔާމޮޑެވިއްޖެ.
ޝާއުލްގެފާނުގެ އައްޑަނައިގައި ދެނެއް ތެލެއް ނުހޭކޭނެއެވެ.#1:21 އެދުވަސްވަރު ހަމުން ހަދާފައި ހުންނަ އައްޑަނައިގައި ޒައިތޫނި ތެޔޮ ހާކައެވެ.
22ޔޫނަތައިންގެ ތީރުތައް އަމާޒެވެ.
ޝާއުލްގެފާނުގެ ކަނޑި ތޫނެވެ.
އެ ދެމީހުންގެ ތީރާއި ކަނޑިން ޖަހައި،
ދުޝްމިނުން ތޮރުފައި ކޮށައި ބުރިކޮށްލިއެވެ.
23ޝާއުލްގެފާނުގެ ދެބަފައިން ދިރިތިބި އިރު ހުރިހާ އެންމެންގެ ލޯތްބާއި އިޙްތިރާމް ލިބުނެވެ.
މަރުވެ ދިޔައީވެސް އެކު އެކީގައެވެ.
އެދެމީހުން ބާޒަށް ވުރެން ވެސް ހަލުއްވެވެ.
ސިންގާއަށް ވުރެން ވެސް ބާރުގަދައެވެ.
24އޭ އިސްރާއީލުގެ އަންހެން ދަރިންނެވެ!
ކަލޭމެން ރީތި ރަތް ހެދުންލައްވައި،
ރަނާއި ޖަވާހިރުން ޒީނަތްތެރި ކުރުވި ކަލޭގެފާނު،
ޝާއުލް ރަސްގެފާނަށްޓަކައި ރޯށެވެ!
25ގަދަފަދަ ފަހުލަވާނުން ހަނގުރާމައިގެ މައިދާނަށް ވެއްޓިފައި އެވަނީ ކޮންފަދައަކުން ހެއްޔެވެ؟
ޔޫނަތައިން އެވަނީ ފަރުބަދައިގެ އުހަށް މައްޗަށް ވެއްޓިފައެވެ.
26ޔޫނަތައިން އެވެ. އަހަރެން ތިޔަ އަޚާއަށްޓަކައި ހިތާމަ ކުރާނީ ކޮންފަދައަކުން ހެއްޔެވެ!
ތިއީ އަހަންނަށް ކިހާ ހެޔޮ މީހެއް ހެއްޔެވެ!
އަހަރެން ދެކެ ކިހާ ލޯބިވީ މީހެއް ހެއްޔެވެ!
އެ ލޯތްބަކީ އިޝްގީ ލޯތްބަކަށް ވުރެން ވެސް މަތިވެރި ލޯތްބެކެވެ.
27ކިހާ ދެރަހެއްޔެވެ؟ ގަދަފަދަ ހަނގުރާމަވެރިން މައިދާނަށް އެތިބީ ވެއްޓިފައެވެ.
ހަތިޔާރުތަކުގެ ބޭނުން ކެނޑިފައެވެ.“
ទើបបានជ្រើសរើសហើយ៖
2 ޞަމޫއީލް 1: ކމ
គំនូសចំណាំ
ចែករំលែក
ចម្លង
ចង់ឱ្យគំនូសពណ៌ដែលបានរក្សាទុករបស់អ្នក មាននៅលើគ្រប់ឧបករណ៍ទាំងអស់មែនទេ? ចុះឈ្មោះប្រើ ឬចុះឈ្មោះចូល
© (Active), Wycliffe Bible Translators, Inc. All rights reserved.

: