1 ޞަމޫއީލް 8

8
އިސްރާއީލީން ރަސްކަލަކު ބޭނުންވުން
1ޞަމޫއީލް މުސްކުޅިވުމުން އޭނާގެ ދަރިން އިސްރާއީލުގެ ވެރިންގެ ގޮތުގައި ހަމަޖައްސައިފިއެވެ. 2ދޮށީ ދަރިފުޅުގެ ނަމަކީ ޔޫއީލް އެވެ. އަނެއްކުއްޖާ އަކީ އަބިއްޔާހު އެވެ. މި ދެބޭންނަކީ ބިއުރުސަބްޢަގެ ވެރިންނެވެ. 3އެހެނަސް މި ދެބޭން ބައްޕަގެ ފިޔަވަޅުގެ މަތީގައި ހިނގަމަކުން ނުދިޔައެވެ. އެމީހުން ވެރިންގެ ގޮތުގައި ތިބެ ނާޖާއިޒް ފައިދާ ނަގައި ރިޝްވަތަށް އިންސާފު ވިއްކަމުން ގެންދިޔައެވެ.
4މިހެންވެ އިސްރާއީލުގެ ބޮޑުން އެއްވެ މަޝްވަރާ ކުރުމަށް ފަހު މި ޚަބަރާއިގެން ރާމާއަށް ގޮސް ޞަމޫއީލްގެ ގާތަށް ދިޔައެވެ. 5އެމީހުން ބުނެއްޕެވެ. ”⁠މިއަދު ކަލޭ ތިހިރީ އަޖޫޒުވެފައި. ކަލޭގެ ދަރިން ކަލޭ ދެއްކި މަގަކުން ނުހިނގި. އެހެނިހެން ޤައުމުތައް ވެސް ފަދައިން އަހަރެމެންގެ މައްޗަށް ވެސް ވެރިކަން ކުރާނެ ރަސްކަލަކު ހަމަޖައްސައިދީ.⁠“ 6މި މީހުން ރަސްކަލަކު އިސްކުރަން ވާހަކަ ދެއްކުމުން އެކަން ޞަމޫއީލަކަށް ކަމަކު ނުދިޔައެވެ. އެހެންކަމުން އޭނާ މާތްރަސްކަލާނގެއަށް ދުޢާ ދެންނެވިއެވެ. 7މާތްރަސްކަލާނގެ ވަޙީ ކުރެއްވިއެވެ. ”⁠އެމީހުން އެދޭ ކަންތަކުގެ އަޑުއަހާ. އެމީހުންނަށް ކަމުނުދަނީ ކަލޭގެ ވެރިކަމެއް ނޫން. އެމީހުންނަށް ކަމުނުގޮސްގެން އެ އުޅެނީ ތިމަންކަލާނގެ ވެރިކަން.#8‏:7 އެމީހުން ބޭނުންވަނީ ކާފަރު މީހުންގެ ތެރޭގައި ހުންނަ ފަދަ ރަސްކަލެކެވެ. 8އެމީހުން އެ ބުނާ ގޮތެއް ހަދައިދީ. ތިމަންކަލާނގެ އެމީހުން މިޞްރުން ސަލާމަތް ކޮށް ދިން ދުވަހުން ފެށިގެން ވެސް އެމީހުން އެހެން ކަލުންތަކަށް އަޅުކަންކޮށް ތިމަންކަލާނގެއާ ދެކޮޅުވެރި ވެގެންފި. އެމީހުން ކަލެއާ މެދު ވެސް ކަންތައް ކުރަން އެ އުޅެނީ އެ ގޮތަށް. 9އެމީހުން އެދޭގޮތް ހަދާ ދިނުމުގެ ކުރީން އެމީހުން ރަސްކަލަކު އިސްކުރީމާ ކަންތައް ވާނެ ގޮތްތަކާމެދު ގަދަޔަށް އިންޒާރު ދީ.⁠“
10އެމީހުން ރަސްކަލަކަށް އެދުމުން ޞަމޫއީލް އެމީހުންނަށް މާތްރަސްކަލާނގެ އެންގެވި އެންގެވުން އޮޅުން ފިލުވައި ދިނެވެ. 11ޞަމޫއީލް އެމީހުންގެ ގާތު ބުންޏެވެ. ”⁠ކަލޭމެން ރަސްކަލަކު އިސްކޮށްފިނަމަ ކަލޭމެންގެ ފިރިހެން ދަރިން އޭނާގެ ލަޝްކަރުގައި ޚިދުމަތް ކުރަން ޖައްސާނެ. އެމީހުން އަސްގާޑިޔާ ދުއްވާ މީހުންނާއި އަސްވާރުންގެ ތެރެއަށް ލައި އެރަސްގެފާނުގެ އަސްގާޑިޔާތަކުގެ ކުރިމަތީގައި ދުވަން ޖައްސުވާނެ. 12އަދި ކޮންމެ އެއްހާސް ސިފައިންނަކަށް ސަރުދާރުންލައި، ކޮންމެ ފަންސާސް މީހުންގެ މައްޗަށް އޭގެ ތެރޭން ބަޔަކު ވެރި ކުރުވައި، ކަލޭމެންގެ ދަރިން ލައްވައި ރަސްގެފާނުގެ ދަނޑުތަކުގައި ފަސްގަނޑު ޖައްސައި، ދަނޑުގޮވާން ކުރުވައި، ހަތިޔާރު ހައްދައި، އަސްގާޑިޔަލަށް ބޭނުންވާ ތަކެތި ހައްދުވާނެއެވެ. 13ކަލޭމެންގެ އަންހެންދަރިން ލައްވައި އަތަރު ހައްދައި ކައްކުވައި ހެދިކާ ހައްދަން ޖައްސާނެ.#8‏:13 އެދުވަސްވަރު ރަސްކަލުންގެ ހެދުންކޮޅުތަކުގައި ލާނެ އަތަރު ހަދާނެ މީހުން ގަނޑުވަރުގައި ގެންގުޅެއެވެ. 14އަދި ކަލޭމެންގެ އެންމެ ރަނގަޅު މޭބިސްކަދުރު ޒައިތޫނި ދަނޑުފަނގު އަތުލައި އެމީހުންގެ އަރިސް މީސްމީހުންނަށް ދޭނެ. 15އަދި ކަލޭމެންގެ ގޮވާމުންނާއި މޭބިސްކަދުރުން ދިހަބައިކުޅަ އެއްބައި ނަގައި އެމީހުންގެ އިސްވެރިންނާއި އަރިސް މީހުންނަށް ދޭނެ. 16އަދި ކަލޭމެންގެ އަންހެން ފިރިހެން އަޅުންނާއި ކަލޭމެންގެ ދުޅަހެޔޮ ހިމާރުތަކާއި ގެރިބަކަރި ޖަނަވާރުތައް އެމީހުންގެ ބޭނުމަށް ގެންދާނެ. 17އަދި ކަލޭމެންގެ ގެރިބަކަރީގެ ދިހަބައިކުޅަ އެއްބައި އަތުލައި އަދި ކަލޭމެން ވެސް ރަސްގެފާނުގެ އަޅުންނަށް ހަދާފާނެ. 18އެދުވަސް އައުމުން ކަލޭމެން އަމިއްލައަށް ޚިޔާރު ކުރި ރަސްގެފާނުގެ ކިބައިން މިންޖު ނުވެވިގެން ކަލޭމެން މާތްރަސްކަލާނގެއަށް ދަންނަވާނެ. އެ ދުވަހަކުން އެކަލާނގެ ކަލޭމެންނަކަށް މަދަދެއް ނުދެއްވާނެ.⁠“
19އެކަމަކު އެމީހުން ޞަމޫއީލްގެ އަޑެއް ނޭއްސެވެ. ”⁠ނޫނެކޭ.⁠“ އެމީހުން ބުންޏެވެ. ”⁠އަހަރެމެންގެ މައްޗަށް ރަސްކަލަކު އިސްކޮށްދީ. 20އޭރުން އެހެނިހެން ޤައުމުތައް ފަދައިން އަހަރެމެންގެ ހަނގުރާމަ ކޮށްދީ އަހަރެމެންގެ މައްޗަށް ވެރިކަން ކޮށްދޭނެ މީހަކު ހުންނާނެ.⁠“ 21ޞަމޫއީލް އެމީހުން ދެއްކި ހުރިހާ ވާހަކައެއް އަޑު އެހުމަށް ފަހު މާތްރަސްކަލާނގެ ޙަޟްރަތުގައި އެވާހަކަތައް ދެންނެވިއެވެ. 22މާތްރަސްކަލާނގެ ވަޙީކުރެއްވިއެވެ. ”⁠ކަލޭ އެމީހުން އެދޭ ފަދައިން އެމީހުންގެ މައްޗައް ރަސްކަލަކު އިސްކޮށްދީ!⁠“ ދެން ޞަމޫއީލް އެމީހުންނަށް ބުންޏެވެ. ”⁠ކަލޭމެން އެނބުރި ރަށަށްދޭ. ތިޔަ ކަންތައް ހަމަޖެހޭނެ.⁠“

ទើបបានជ្រើសរើសហើយ៖

1 ޞަމޫއީލް 8: ކމ

គំនូស​ចំណាំ

ចែក​រំលែក

ចម្លង

None

ចង់ឱ្យគំនូសពណ៌ដែលបានរក្សាទុករបស់អ្នក មាននៅលើគ្រប់ឧបករណ៍ទាំងអស់មែនទេ? ចុះឈ្មោះប្រើ ឬចុះឈ្មោះចូល