1 ޞަމޫއީލް 7
7
1ދެން ޤަރްޔަތު ޔަޢާރީމުގެ#7:1 ޤަރްޔަތު ޔަޢާރީމާއި ބައިތު ޝަމުޝުއާ ދެމެދު 9 ވަރަކަށް މޭލު ހުރެއެވެ. މީހުން އައިސް މާތްރަސްކަލާނގެ ފޮށިކޮޅު ގެންގޮސް ފަރުބަދަމަތީގައި ހުންނަ އަބީނާދާބްގެ ގޭގައި ބަހައްޓައި އޭނާގެ ދަރިފުޅު އަލިޢާޒާރުއާ އެ ފޮށިކޮޅު ބެލެހެއްޓުން ހަވާލު ކޮށްފިއެވެ.
ޞަމޫއީލް އިސްރާއީލުގެ ވެރިއަކަށް
2ޢަހުދުނާމާ ފޮށިކޮޅު ވިހި އަހަރުގެ ދިގު މުއްދަތަކަށް ޤަރްޔަތު ޔަޢާރީމުގައި ހުއްޓެވެ. މިދުވަސްވަރު އިސްރާއީލުގެ މީހުން މާތްރަސްކަލާނގެ ކިބަފުޅަށް މޮޅިވެރިކަން ހުށަހަޅައި އެކަލާނގެ އެހީތެރިކަމަށް ބޭނުންވަމުން ދިޔައެވެ.
3މިހެންވެ ޞަމޫއީލް އިސްރާއީލުގެ ހުރިހާ އެންމެންނަށް އެންގިއެވެ. ”ކަލޭމެން ހިތުގެ އަޑިން މާތްރަސްކަލާނގެ ކިބަފުޅަށް ރުޖޫޢަ ވާން ބޭނުންނަމަ ކަލޭމެން ތިޔަ ގެންގުޅޭ އެހެނިހެން ކަލުންނާއި ޢަޝްތާރޫތުގެ ސޫރަތައް ދޫކޮށް މާތްރަސްކަލާނގެ ކިބަފުޅަށް އެކަނި އަޅުކަން ޚާލިސް ކުރޭ. އޭރުން މާތްރަސްކަލާނގެ ކަލޭމެން ފިލިސްޠީނުންގެ އަތްދަށުން ސަލާމަތް ކޮށްދެއްވާނެ.“ 4ދެން އިސްރާއީލުގެ މީހުން އެމީހުންގެ ބަޢަލް ކަލާނގެތަކާއި ޢަޝްތާރޫތު ބުދުތައް އެއްލާލާފައި ހަމައެކަނި މާތްރަސްކަލާނގެ ކިބަފުޅަށް އަޅުކަން ކުރަން ފަށައިފޫއެވެ.#7:4 ބަޢަލްއާއި އަސްތާރޫޡް އަކީ ފިރިހެން އަންހެން ކަލުންގެ ގޮތުގައި އެމީހުން ގެންގުޅުނު ކަލާނގެތަކުގެ ބުދުތަކެވެ. 5ދެން ޞަމޫއީލް ބަނީއިސްރާއީލުގެ ހުރިހާ އެންމެންނަށް އެންގެވިއެވެ. ”ކަލޭމެން އެންމެން މިޞްފާތަށް އެއްވޭ. އަހަރެން ކަލޭމެންނަށްޓަކައި ދުޢާ ދަންނަވާނަން.“
6ދެން އިސްރާއީލުގެ މީހުން މިޞްފާތަށް ގޮސް ވަޅުން ފެން ނަގައި ޤުރުބާނީއެއްގެ ގޮތުގައި އެ ފެން އޮއްސައި ހެދިއެވެ. އެދުވަހު އެމީހުން ތިބީ ރޯދައަށެވެ. އެމީހުން ބުނަމުން ގެންދިޔައެވެ. ”އަހަރެމެންނީ މާތްރަސްކަލާނގެ ކިބަޔަށް ފާފަ ކޮށްފައިވާ މީހުން.“ އެދުވަހު ޞަމޫއީލް ހުރީ މިޞްފާތުގައި އެމީހުންގެ އިސް ވެރިއެއްގެ ގޮތުގައެވެ.#7:6 އިސް ވެރިޔަކީ ފަނޑިޔާރެވެ.
7އިސްރާއީލުގެ މީހުން މިޞްފާތަށް ޖަމާވެގެން އުޅޭ ޚަބަރު އިވުމުން އެމީހުންނާ ހަނގުރާމައަށް ނުކުތުމަށް ފިލިސްޠީނުގެ ވެރިން ނިންމައިފި އެވެ. މި ޚަބަރު ލިބުމުން އިސްރާއީލުގެ މީހުން ބިރުގެންފިއެވެ. 8އެމީހުން ޞަމޫއީލް ގާތުން އެދުނެވެ. ”އަހަރެމެންނަށްޓަކައި މާތްރަސްކަލާނގެ ޙަޟްރަތުގައި ދުޢާ ދެންނެވުން ހުއްޓާ ނުލާ ކުރިޔަށް ގެންދަވާ. އޭރުން އެކަލާނގެ ފިލިސްޠީނުގެ މީހުން ކިބައިން އަހަރެމެން ރައްކާތެރި ކޮށް ދެއްވާފާނެ.“ 9ދެން ޞަމޫއީލް ޅަ ކަންބަޅިއެއް ގެނެސް އަންދައި ޤުރުބާނީ ހުށަހަޅައި އިސްރާއީލުގެ މީހުންނަށް ރައްކާތެރިކަން ދެއްވުން އެދި މާތްރަސްކަލާނގެ ކިބަފުޅަށް ދުޢާ ދެންނެވިއެވެ. މާތްރަސްކަލާނގެ އެ ދުޢާ އިޖާބަ ކުރެއްވިއެވެ. 10ފިލިސްޠީނުގެ މީހުން ހަނގުރާމައަށް އައިސް ކައިރިވެގަތެވެ. އޭރު ޞަމޫއީލް ޤުރުބާނީ ހުށަހަޅަމުން ދަނީއެވެ. އެވަގުތު މާތްރަސްކަލާނގެ އުޑުން ގަދަފަދަވެގެންވާ ގުގުރިއެއްގެ އަޑު އިއްވަވައިފިއެވެ. އެއާއެކު ފިލިސްޠީނު މީހުން ބިރުން ވިއްސިވިހާލި ވެއްޖެއެވެ. 11އިސްރާއީލު މީހުން އެމީހުން ފަހަތުން ދުވެގޮސް ފިލަން ދިޔަ ފިލިސްޠީނުން ގަތުލު ކުރަމުން މިޞްފާތުން ބޭރަށް ނުކުމެ ބައިތު ކައްރާ އާ ހަމަޔަށް ދިޔައެވެ.
12ދެން ޞަމޫއީލް މިޞްފާތާއި ޝީންއާ ދެމެދު ހިލައިގެ ބިނާއެއް ހަދައި އެތަނަށް ”އިބްނު ޢާޒަރު“#7:12 އިބްނު ޢާޒަރުގެ މާނައަކީ މަދަދުގެ ހިލަ އެވެ. އޭ ކިޔާ ނަން ދިނީ މިހެން ބުނަމުންނެވެ. ”މިހާތަނަށް މާތްރަސްކަލާނގެ އަހަރެމެންނަށް އެހީތެރިވެ ވޮޑިގެންނެވި.“ 13ފިލިސްޠީނުން ބަލިވެގެން ދިޔަ ފަހުން އިސްރާއީލަށް ހަމަލަ ދޭކަށް ނާދެއެވެ. ޞަމޫއީލްގެ މުޅި އުމުރުގައި ވެސް މާތްރަސްކަލާނގެ އަތްޕުޅު ވަނީ ފިލިސްޠީނުންނާ ދެކޮޅަށެވެ. 14ފިލިސްޠީނުން އިސްރާއީލަށް ހަމަލަދީ އަތުލައިގަތް ޢަޤްރޫން އާއި ޖައްތުއާއި ދެމެދުގައިވާ ހުރިހާ އަވަށްތަކެއް އަލުން އަނބުރާ އިސްރާއީލީން އަތުލައިގަތެވެ. ފިލިސްޠީނުގެ ބާރުގެ ދަށުގައިވާ އެހެނިހެން ސަރަހައްދުތައް ވެސް އެމީހުންގެ އަތްދަށުން މިނިވަން ކުރުވައިފިއެވެ. އަދި އަމޫރީން ވެސް ސުލްޙަ ގާއިމު ކޮށްފިއެވެ.
15ޞަމޫއީލްގެ މުޅި އުމުރުގައި އިސްރާއީލުންގެ ވެރިޔަކަށް ހުއްޓެވެ. 16އަދި ކޮންމެ އަހަރަކު ބައިތުއީލް އިން ޖިލްޖާލު އިން މިޞްފާތަށް ބުރުޖަހައި އެމީހުންގެ މައްޗަށް ފަޑިޔާރުކަން ކުރެއްވިއެވެ. 17އެދަތުރުތަކަށް ފަހު ޞަމޫއީލްގެ ރަށް ކަމަށްވާ ރާމާއަށް އެނބުރި އާދެއެވެ. އެރަށުގައި މާތްރަސްކަލާނގެ ކިބަފުޅަށް ޤުރުބާނީ ވެދުން ކުރާނެ މަޤާމެއް ވެސް ހަދައި އިސްރާއީލުގެ މައްޗަށް އަދާލަތު ގާއިމު ކުރެއްވިއެވެ.
ទើបបានជ្រើសរើសហើយ៖
1 ޞަމޫއީލް 7: ކމ
គំនូសចំណាំ
ចែករំលែក
ចម្លង
ចង់ឱ្យគំនូសពណ៌ដែលបានរក្សាទុករបស់អ្នក មាននៅលើគ្រប់ឧបករណ៍ទាំងអស់មែនទេ? ចុះឈ្មោះប្រើ ឬចុះឈ្មោះចូល
© (Active), Wycliffe Bible Translators, Inc. All rights reserved.