1 ޞަމޫއީލް 3:5-4
1 ޞަމޫއީލް 3:5-4 ކމ
އަނެއްދުވަހު ހެނދުނު އަޝްދޫދު މީހުން އަޅުކަން ކުރަން ގޮސް ބަލާލިއިރު ދާޖޫން ބުދު އޮތީ މާތްރަސްކަލާނގެ ޢަހުދުނާމާ ފޮށިކޮޅުގެ ކުރިމައްޗަށް ބިންމައްޗަށް އަނގަވަތަށް ވެއްޓިފައެވެ. ދެން އެމީހުން އެ ބުދު ނަގައި އަނެއްކާވެސް އެ ހުރި ތަނުގައި ބަހައްޓައިފިއެވެ. އޭގެ އަނެއް ދުވަހު ވަރަށް ހެނދުނު އަޝްދޫދުގެ މީހުން ގޮސް ބެލި އިރު ވެސް ދާޖޫންގެ ބުދު އޮތީ ޢަހުދުނާމާ ފޮށިކޮޅުގެ ކުރިމައްޗަށް ވެއްޓި ބިންމަތީގަ އެވެ. މިފަހަރު އޮތީ އެ ބުދުގެ ބޮލާއި އަތްފައި ވަކިވެ ތެޅި ކުދިކުދިވެ ދޮރުގެ އޮޅިގަނޑު މައްޗަށް ވެއްޓިފައެވެ. އެކަތިގަނޑަކަށް އޮތީ އެ ބުދުގެ ހަށިގަނޑު އެކަންޏެވެ.

