1 ޞަމޫއީލް 10
10
ޝާއުލްގެފާނު ރަސްކަމަށް އިސްކުރެވޭނެ ކަމުގެ ޚަބަރު
1ދެން ޞަމޫއީލްގެފާނު ގެންނެވި ޚާއްސަ ތެލެއް ޝާއުލްގެ ބޮލަށް އެޅުއްވުމަށް ފަހު އޭނާއަށް ބޮސް ދެއްވިއެވެ.#10:1 އެދުވަސްވަރު މުހިންމު މަޤާމުތަކަށް ބޭފުޅުން އައްޔަން ކުރައްވާއިރު ޒައިތޫނިތެޔޮ ބޮލަށް އެޅިއެވެ. އަދި ވިދާޅުވިއެވެ. ”އަހަރެން މިކަންތައް މިކުރަނީ މާތްރަސްކަލާނގެއަށް ޚާއްސަ މީހުން ކަމަށްވާ އިސްރާއީލީންގެ ވެރިޔަކަށް ކަލޭ ހަމަޖެއްސެވީމަ. 2މިއަދު ކަލޭގެފާނު ދުރުވާ މަގުމަތީގައި ބަންޔާމީން ސަރަހައްދުގައި ޒަލްޒަޢުގައިވާ ރާޙީލްގެ ގަބުރުސްތާނާ އަރާ ހަމަވާ ތަނުން ދެ މީހަކު އައިސް ކަލޭގެފާނުގެ ގާތު ބުނާނެ. ’ކަލޭގެ ބައްޕަ އެބަ ބުނެޔޭ ގެއްލިގެން ތިޔަ ހޯދާ ހިމާރު ތައް ފެނިއްޖެއޭ. އެކަމަކު މަގޭ ދަރި ވީތަނެއް ނޭނގުނޭ.‘ 3ދެން ކަލޭގެފާނު އެތަނުން ކުރިއަށް ދުރުވެ ތާބޫރުގެ ބޮޑު ގަހާ އަރާހަމަ ވާތަނާ ތިން މީހަކު އަންނަތަން ކަލޭގެފާނަށް ފެންނާނެ. އެމީހުން ދާނީ ބައިތުއީލުގައި ހުރި މާތްކަލާނގެ ފަރުބަދައަށް ދިއުމަށް. އެތަނުން އެކަކު ދާނީ ތިން ޅަބަކަރި ގޮވައިގެން. އަނެކެއްގެ އަތުގައި އޮތް ޓުކުރިއެއްގައި ތިން ބޯރޮށި އޮންނާނެ. އަނެއް މީހާގެ އަތުގައި މޭބިސްކަދުރު ދިޔައިގެ ހަމެއް އޮންނާނެ. 4ދެން އެމީހުން ކަލޭގެފާނަށް ސަލާންގަލާން ކުރުމަށް ފަހު އެކަކު އޭނާގެ އަތުގައި ހުރި ޓުކުރިން ދެރޮށި ނަގައި ކަލޭގެފާނަށް ދޭނެ. ކަލޭގެފާނު އެ ނަންގަވާނެ. 5ދެން ޖިބްއާ އަރާ ހަމަވާތަނުން ކަލޭގެފާނަށް ފިލިސްޠީނުންގެ ސިފައިންގެ ޖަގަހައަކާ ދިމާވާނެ. އަދި ނަބީ ބޭކަލުންތަކެއް މަޤާމުފުޅުން ފައިބައި ކަލޭގެފާނާ ބައްދަލު ކުރާނެ. އެބޭކަލުންގެ ކުރީގައި ތިބެ އޫދު ކުޅެ ތާރަޖަހައި، އޮނު ފުމެ، ބޮޑު އޫދު ކުޅެމުން ވަޖިދުވަމުން#10:5 ބައެއް ފަހަރު ނަބީބޭކަލުންނަށް ވަޙީ އަންނައިރު ވަޖިދުވުން ފަދައިން ފޯރި އަންނަ ކަމަށް ވެއެވެ. އެބޭކަލުން ކުޅޭ އޫދަކީ ނަރުފަޅާފައި އޮންނަ ލަވަ ޖަހާ އެއްޗެކެވެ. ބަޔަކު އަންނާނެ. 6އެވަގުތު ކަލޭގެފާނުގެ މައްޗަށް ވެސް މާތްރަސްކަލާނގެ ރޫޙުފުޅު ވެރިވެ ވޮޑިގަންނަވާނެ. އަދި ކަލޭގެފާނު މުޅީން އެހެން މީހަކަށް ބަދަލުވެ އެމީހުންނާއެކު ޣައިބުބުނަން ފައްޓަވާފާނެ. 7މި ނިޝާންތައް ފެނުމުން ކަލޭގެފާނު ކަންތައް ކުރަން ފެނިލައްވާ ގޮތަކަށް ކުރައްވަންވީ. އެހެނީ މާތްކަލާނގެ އޭރުން ކަލޭގެފާނާ އެކު ވޮޑިގެންވާނެ.
8ދެން ކަލޭގެފާނު ޖިލްޖާލަށް ގޮސް ހަތް ދުވަސް ވަންދެން އެތާ ހުންނަވާ! އަހަރެން އަންނާނަން ކަލޭގެފާނުގެ ގާތަށް އަންދައި ޤުރުބާނީ ވެދުން ކުރާށާއި ގުޅުން ބަދަހި ކުރާ ޤުރުބާނީ ކުރުމަށް. އޭގެ ފަހުން ދެން ކަންތައް ކުރަން ވީ ގޮތް އަހަރެން ބުނެދޭނަން.“
9ޞަމޫއީލްގެފާނު އެތަނުން ވަޑައިގަތުމަށް އެނބުރި ވަޑައިގެންނެވި ތަނާ މާތްކަލާނގެ ޝާއުލްގެ ހިތް ބަދަލު ކުރައްވައި އާ މީހަކަށް ހައްދަވައިފި އެވެ. އެދުވަހު ޞަމޫއީލް އެވިދާޅުވި ހުރިހާ ކަމެއް ވެސް އެ ގޮތަށް ހިނގައި ދިޔައެވެ. 10ޝާއުލް ޖިބްޢާ ފަރުބަދައާ ހަމަޔަށް ގޮސް އެ ނަބީންތަކާ ބައްދަލުވި ހިނދު މާތްކަލާނގެ ރޫޙުފުޅު އޭނާގެ މައްޗަށް ވެރިވެ އަތްގަދަ ކުރެއްވުމާއެކު ޝާއުލް ވެސް ވަޖިދުވާން ފަށައިފިއެވެ. 11ޝާއުލް ދަންނަ މީހުންނަށް އޭނާ ވަޖިދުވާތަން ފެނިގެން އެކަކު އަނެކަކު ކުރެން އަހައިފޫއެވެ. ”ޤައިޝްގެ ދަރިއަށް މިވީ ކީއް؟ މީނާއަކީ ވެސް އަނެއްކާ ނަބީ ބޭކަލަކީތަ؟“ 12ފަރުބަދަ މަތީގެ މީހަކު ޖަވާބު ދިނެވެ. ”ކީއްވެ އޭނާ ނަބީއަކަށް ނުވާންވީ؟ ދެން އެތިއްބެވި ބޭކަލުންނަކީ ވަކި ކޮން އާއިލާއަކުން އައި ބައެއްތަ؟“ އޭގެ ފަހުން ”ޝާއުލްއަކީ ވެސް ނަބީބޭކަލެއްތަ؟“ މި ބަސް ހަރު ވެއްޖެއެވެ.
ޝާއުލް ރަސްކަލަކަށް ވުން
13ޝާއުލްގެފާނު އެތަނުގައި ނަބީކަން ކުރެއްވުމުގައި ހުންނެވުމަށް ފަހު ފަރުބަދަމަތީގެ އުސް މަޤާމަށް އަރާ ވަޑައިގެންފިއެވެ. 14ޝާއުލްގެފާނުގެ ބޮޑުބޭބެ އެކަލޭގެފާނާއި ނޯކަރު ކުރެން އެއްސެވެ. ”ކަލޭމެން ދެމީހުން ދިޔައީ ކޮންތަނަކަށް؟“ ޝާއުލްގެފާނު ވިދާޅުވިއެވެ. ”އަހަރެމެންނަށް ހިމާރުތައް ނުފެނުމުން ދިޔައީ ޞަމޫއީލްގެފާނުގެ އަރިހަށް.“ 15ބޮޑުބޭބެ އެއްސެވެ. ”ކީކޭތަ ޞަމޫއީލްގެފާނު ވިދާޅުވީ؟ މަގޭގާތު ބުނެބަލަ.“ 16ޝާއުލްގެފާނު ވިދާޅުވިއެވެ. ”ވިދާޅުވީ ހިމާރުތައް ފެނިއްޖެޔޭ.“ އެކަމަކު އެކަލޭގެފާނަށް ރަސްކަން ލިބުނު ވާހަކައެއް ބޮޑުބޭބެގެ ގާތަކު ވިދާޅެއް ނުވެއެވެ.
ޝާއުލްގެފާނު ރަސްކަމަށް ހޮއްވެވުން
17ޞަމޫއީލްގެފާނު އިސްރާއީލީންގެ އެންމެން މާތްރަސްކަލާނގެ ޙަޟްރަތަށް، މިޞްފާތަށް އެއްވުމަށް އެންގެވިއެވެ. 18”މިއީ މާތްރަސްކަލާނގެ އިސްރާއީލުންގެ ކަލާނގެ ބަސްފުޅު. ’ތިމަންކަލާނގެ ތިޔަބައިމީހުން މިޞްރުގެ ރަސްކަމުގެ އަޅުވެތިކަމުންނާއި ކަލޭމެންނަށް ދުއްތުރާކުރި އެންމެންގެ ކިބައިން ކަލޭމެން މިންޖު ކުރައްވައި ސަލާމަތް ކުރެއްވީމު.‘ 19މިހާތަނަށް ކަލޭމެންނަށް ދިމާވި ހުރިހާ ކަމަކުން ކަލޭމެން ސަލާމަތް ކުރެއްވި މާތްކަލާނގެއަށް ރައްދު ދީ އެކަލާނގެ ފިޔަވައި ތިމަންމެންގެ މައްޗަށް ވެރިކަން ހިންގުމަށް ރަސްކަލަކު އިސްކޮށް ދިނުމަށް އެދެފީމު. ކަލޭމެން ބުނީމު. ތިމަންމެންގެ މައްޗަށް ރަސްކަލަކު އިސްކޮށްދޭށޭ. ވީއިރު ކަލޭމެންގެ މައްޗަށް ވެރިޔަކު ހަމަޖެއްސެވުމަށްޓަކައި ކަލޭމެންގެ ގަބީލާ ތަކާއި އާއިލާތައް މިތަނަށް މާތްރަސްކަލާނގެ ޙަޟްރަތަށް ގެނޭ.“
20ދެން ޞަމޫއީލްގެފާނު އިސްރާއީލުގެ ހުރިހާ ގަބީލާއެއް އެކަލޭގެފާނު ކުރިފުޅުމައްޗަށް ގެންނެވިއެވެ. 21އެ ހުރިހާ ގަބީލާއެއްގެ ތެރޭން ގުރުއަތުން ހޮވުނީ ބަންޔާމީންގެ ގަބީލާއެވެ. ދެން އެ ގަބީލާގެ ތެރޭން ހޮވުނީ މަތުރީގެ އާއިލާއެވެ. އެ އާއިލާއިން ހޮވުނީ ޤައިޝްގެ ދަރި ޝާއުލް އެވެ. އެމީހުން ޝާއުލްގެފާނު ހޯދި އިރަކު އެކަލޭގެފާނެއް އެތާނކު ނެތެވެ. 22ދެން އެމީހުން މާތްރަސްކަލާނގެއަށް ދެންނެވިއެވެ. ”އެ މީހާ މިތާނގައި ނެތީތޯ؟“
އެކަލާނގެ އެންގެވިއެވެ. ”އޭނާ ފޮށިތަންމަތިތަކުގެ ތެރޭ ފިލާ އެބައޮތް.“
23ޝާއުލްގެފާނު ފިއްލަވައި އޮންނަވަނިކޮށް މީހުން ގޮސް އެކަލޭގެފާނު ގެންނަވައިފިއެވެ. އެކަލޭގެފާނު އެއެންމެންނަށް ވުރެން އެއް ފޫޓު ދިގެވެ. 24ޞަމޫއީލްގެފާނު އެމީހުންނަށް ވިދާޅުވިއެވެ. ”މިއީ ކަލޭމެންގެ ވެރިޔަކަށް މާތްރަސްކަލާނގެ ހޮއްވެވި މީހަކީ. ކަލޭމެން ބަލާބަލަ. މިވަރުގެ މީހަކު ކަލޭމެން ތެރެއަކު ނެތެއްނު.“ ދެން މީހުން ”ރަސްގެފާނު ޒިންދާބާދު“ އޭ ކިޔާ ހަޅޭލަވަން ފަށައިފޫއެވެ. 25ދެން ޞަމޫއީލްގެފާނު އެމީހުންނަށް ރަސްކަމުގެ ގަވާއިދުތައް އޮޅުން ފިލުވައި ދެއްވައި ފޮތެއްގައި އެވާހަކަތައް ލިއުއްވައި އަޅުކަމުގެ ޖަގަހައިގައި ބާއްވަވައިފިއެވެ. ދެން އެމީހުން ގޭގެއަށް ފޮނުއްވައިފިއެވެ. 26ދެން ބާރުގަދަ ފަހުލަވާނުންގެ ތެރޭން ބަޔަކު ޝާއުލްގެ ފަހަތު ވުމަށް މާތްކަލާނގެ ހިތްޖައްސަވައިފި އެވެ. އެމީހުން ޝާއުލްއާއެކު ޖިބްޢާގައި ހުންނަ އޭނާގެ ގެޔަށް ހިނގައްޖެއެވެ. 27އެކަމަކު ނުރުހުންތެރިވި ބައެއް މީހުން ބުންޏެވެ. ”މީނާއަށް އަހަރެމެންނަށް ރައްކާތެރިކަން ދެވިދާނެތަ.“ އެމީހުން ޝާއުލްއާ ނުރުހުންތެރި ވިއެވެ. އަދި ވެދުން ހުށަހެޅުމަކަށް އެމީހުންނެއް ނައައެވެ. ޝާއުލްގެފާނު އެނގިވަޑައިގަންނަވާ ކަމަކަށް ވެސް ނުހެއްދެވިއެވެ.
ទើបបានជ្រើសរើសហើយ៖
1 ޞަމޫއީލް 10: ކމ
គំនូសចំណាំ
ចែករំលែក
ចម្លង
ចង់ឱ្យគំនូសពណ៌ដែលបានរក្សាទុករបស់អ្នក មាននៅលើគ្រប់ឧបករណ៍ទាំងអស់មែនទេ? ចុះឈ្មោះប្រើ ឬចុះឈ្មោះចូល
© (Active), Wycliffe Bible Translators, Inc. All rights reserved.

: