އެމީހުންގެ މިހިތްދަތި ރުއިމުގެ އަޑު މާތްކަލާނގެ އައްސަވާ ވޮޑިގެންފިއެވެ. އެ ހިނދު އެކަލާނގެ އިބްރާހީމްގެފާނާއި އިސްޙާޤުގެފާނާއި ޔަޢުޤޫބުގެފާނަށް ކުރެއްވި ވަޢުދުފުޅުގެ މަތިން ހަނދުމަވެ ވޮޑިގެންނެވިއެވެ.
އެކަލާނގެ އިސްރާއީލީންނަށް ބައްލަވައި ހަމްދަރުދީވެ ވޮޑިގެންނެވި އެވެ. އަދި އެމީހުންގެ ހާލު ދެކެވޮޑިގެންފިއެވެ.