އެއްދުވަހަކު މެންދުރުފަހު އަވަހާރަފުޅުން ތެދުވެ ވަޑައިގެން ގަނޑުވަރުގެ މަތީބުރީ ހާމަތަނަކަށް ނުކުމެވަޑައިގެން ދެކޮޅަށް ހިންގަވަން ހުންނެވިއެވެ. އެކަލޭގެފާނު އެތާ މަތީ ހުންނަވަނިކޮށް ފެންވަރަން ހުރި އަންހެނަކު ފެނިވަޑައިގަތެވެ. އެއީ ވަރަށް ރީތި އަންހެނެކެވެ. އެހެންވެ އެއީ ކާކުތޯ އޮޅުންފިލުވަން މީހަކު ފޮނުއްވައިފިއެވެ. އޭނާ ގޮސްފައި އައިސް ދެންނެވިއެވެ. ”އެއީ އަލީއާމުގެ ދަރި ބަތުޝަބާއެއް ނޫންތޯ؟ އޭނާ އިނދެގެން އުޅެނީ ޙިއްޘީންގެ އުރިއްޔާ އާ.“