އޭނާ ބުންޏެވެ. ”ގޮސް އޮށޯވޭ. ކަލެއަށް މާތްރަސްކަލާނގެ އަލުން ގޮވާލައްވައިފި ނަމަ ދަންނަވާ. ’މާތްރަސްކަލާނކޮ! މިއަޅާއަށް ބަސްފުޅު ވަޙީކުރައްވާ! މިއަޅާ އަޑުއަހަން އެބަހުރިން.‘“ ދެން ޞަމޫއީލް ގޮސް ނިދަން އޮށޯވެއްޖެއެވެ. މާތްރަސްކަލާނގެ ޞަމޫއީލް ކައިރީ ވޮޑިގެން ހުންނަވައި ވަޙީކުރެއްވިއެވެ. ”ޞަމޫއީލް! ޞަމޫއީލް!“ ޞަމޫއީލް ދެންނެވިއެވެ. ”ވަޙީކުރައްވާ! މިއަޅާ އަޑުއަހަން އެބަހުރިން.“