ޝާއުލްގެފާނު އެހީތެރިންނަށް ވިދާޅުވިއެވެ. ”އަހަރެން ހަދަންވީ ކިހިނެއް ކަން އޮޅުންފިލުވަން ސިހުރުވެރި އަންހެނަކު ފެނޭތޯ ބަލާބަލަ.“
”އެކަހަލަ އަންހެނަކު ޢައިނި ދުވަރުގައި އެބަ އުޅޭ.“ އެމީހުން ދެންނެވިއެވެ.
މިހެން ބުނުމުން ޝާއުލްގެފާނު އާދައިގެ ހެދުންކޮޅެއް ތުރުކުރައްވައި ސިފަފުޅު ބަދަލު ކުރައްވައިގެން ދެމީހަކު ގޮވައިގެން އެއަންހެންމީހާ ގާތަށް ވަޑައިގެންފިއެވެ. ”އަހަރެންނަށް ރޫޙަކާ ވާހަކަ ދެއްކޭ ގޮތް ހަދައިދީ.“ އެކަލޭގެފާނު ވިދާޅުވިއެވެ. ”އަހަރެން މި ބުނާ މީހާގެ ރޫޙު ގެނެސްދީ.“