އިސާހިތަކު ދާއޫދަށް މި ކުރެވުނު ކަންތަކާއިމެދު ދެރަހީވެއްޖެ އެވެ. އެހެނީ އޭނާ އެވަނީ ޝާއުލްގެފާނުގެ ހެދުންކޮޅުން ބައެއް ކަފައިގެންފައެވެ. ދާއޫދުގެ މީހުންނަށް އޭނާ ބުންޏެވެ. ”އަހަރެންގެ ސާހިބާއާ މެދު މިފަދަ ކަމެއް ކުރެވޭނެ ގޮތް މާތްރަސްކަލާނގެ މެދުވެރި ނުކުރައްވާށި! މާތްރަސްކަލާނގެ އައްޔަން ކުރައްވާފައިވާ ރަސްކަލަކާ ދިމާއަށް އަތް އުފުއްލެވޭނެ ގޮތް މެދުވެރި ނުކުރައްވާށި!“