އެމީހުން ލަވަ ކިޔަމުން ދިޔައިރު މިހެން ވެސް ކިއެވެ:
”ޝާއުލް މެރީ ހާސް މީހުން!
ދާއޫދު މެރީ ދިހަހާސް މީހުން!“
މިހެން ކިޔަން ހެދީމާ ޝާއުލްގެފާނު ވަރަށް ކޯފާވެއްޖެއެވެ. ޝާއުލްގެފާނު ހިތްޕުޅަށް އެރިއެވެ. ”އެ ކިޔަނީ ދާއޫދު ދިހަހާސް މީހުން މެރި އިރު އަހަރެން މެރީ އެންމެ އެއްހާސް މީހުންނޭ. މިހާރު ދާއޫދުއަށް ނުލިބިއޮތީ ހަމަ އެކަނި ރަސްކަން.“