އެވަގުތު މާތްކަލާނގެ ރޫޙުފުޅު އެކަލޭގެފާނުގެ މައްޗަށް ގަދަވެގެންފި އެވެ. އެކަލޭގެފާނު ކޯފާވެ ހުޅުފަޅައިގެން ދިޔައެވެ. އެކަލޭގެފާނު އެތަނުން ބޮޑު ދެ ގެރި ކޮށާ ކުދިކުދި ކުރެއްވުމަށް ފަހު އެއައި މީހުންގެ އަތުގައި އިސްރާއީލުގެ ކަންކޮޅުތަކަށް ފޮނުއްވިއެވެ. އަދި އެންގެވިއެވެ. ”ޞަމޫއީލާއި ޝާއުލްއާއެކު ހަނގުރާމަ ކުރަން ނުނުކުންނަ ކޮންމެ މީހެއްގެ ގެރިތަކަށް ވެސް ވާނީ މިގޮތް.“ މާތްރަސްކަލާނގެ އެމީހުންގެ މައްޗަށް ބިރުވެރިކަން ފޮނުއްވިއެވެ. ދެން އެންމެން އެކަތިގަނޑެއްގެ ގޮތުގައި އަތުވެއްޖެއެވެ.