ގަލާތިޔާގެ މަސީޙީންނަށް ސިޓީ 6
6
އެކަކު އަނެކަކަށް އެހީވޭ
1މަގޭ ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ. ކަލޭމެންގެ ތެރެއިން މީހަކު ފާފައެއް ކޮށްފިނަމަ، މާތްރޫޙުފުޅުގެ ބާރުގެ ދަށުގައިވާ މީހަކު އެމީހާއަށް އޯގާތެރި ކަމާއި އެކު އެހީވެ އެމީހަކު ރަނގަޅު ކުރުވާށެވެ. މީހަކު ފާފައެއްގެ ތެރެއަށް ވެއްޓިދާނެއެވެ. ވީމާ ކަލޭމެން ވެސް ވަރަށް ބަލައިގެން އުޅޭށެވެ. 2އެކަކު އަނެކަކަށް ޖެހޭ އުނދަގޫތަކާ ބުރަތަކުގައި އެކަކު އަނެކަކަށް އެހީވާށެވެ. އޭރުން ކަލޭމެންނަށް އަލްމަސީޙުގެ އަމުރުފުޅުތަކަށް އެކިޔަމަން ވެވުނީއެވެ. 3މީހަކު ތިމަން މިއީ އެހެންމީހުންނަށް ވުރެން މޮޅު މީހަކު ކަމުގައި ދެކޭނަމަ އެމީހާ އެ އޮޅުވާލަނީ އޭނާގެ އަމިއްލަ ނަފްސަށެވެ. 4އެމީހެއްގެ އަމަލުތައް ރަނގަޅުކުރާށެވެ. އަދި އެއަމަލުތަކާއި މެދު ބަލާއިރު އެކަން ކުރެވުނީ ރަނގަޅަށްނަމަ އެކަމާ އުފާކުރާށެވެ. ނަމަވެސް ތިމާ ކުރާ އަމަލުތައް އެހެން މީހުން ގެ އަމަލުތަކާ އަޅާ ނުބަލާށެވެ. 5އެއީ ކޮންމެ މީހަކު ވެސް އެމީހެއްގެ އަމިއްލަ ނަފްސުގެ އަމަލުތަކުގެ މައްޗަށް ޒިންމާ ވާން ޖެހޭނެތީއެވެ.
6މާތްރަސްކަލާނގެ ބަސްފުޅު ދަސްކޮށްދެވޭ ކޮންމެ ބަޔަކު ވެސް އެބަޔަކަށް ކިޔަވާދޭ މީހާގެ ކަންތައްތައް ބަލަހައްޓައި އެހީވާން ޖެހޭނެއެވެ.
7މާތްރަސްކަލާނގެ ކިބަފުޅަށް އޮޅުވާލެވިދާނެ ކަމަށް ހީނުކުރައްޗެވެ. އެމީހަކު ކުރި އަމަލެއްގެ ނަތީޖާ އެމީހަކަށް ފެންނާނެ އެވެ. މިކަންތަކަށް އޮޅުވާނުލައި ސަމާލުވެ ތިބޭށެވެ. ޔަޤީނުން ވެސް އެމީހަކަށް ލިބޭނީ އެމީހަކު އިންދި އޮށަކުން ފަޅާ ގަހެއްގެ މޭވާއެވެ. 8ފާފަވެރި، އަމިއްލަ ނަފްސުގެ އެދުންތަކަށް ކަންތައްކުރާ މީހުންނަށް އޭގެ ނަތީޖާއެއްގެ ގޮތުން ލިބޭނީ ހަލާކާއި ނެތިވެދިއުމެވެ. މާތްރޫޙުފުޅުގެ އެދުމާއި އެއްގޮތަށް ކަންތައްކުރާ މީހުންނަށް މާތްރޫޙުފުޅުގެ ސަބަބުން ލިބޭނީ ނިމުންނުވާ ޙަޔާތެވެ. 9އެހެންވީމާ ބުނަމެވެ. ހިތްވަރު ދެރަނުކޮށް ރަނގަޅަށް ކަންތައް ކުރަމުން ގެންދާށެވެ. އަހަރެމެން ދެގޮތެއް ނުވެތިބެ ކަންތައްކުރުމުން އެކަމުގެ ވަގުތު ޖެހުމުން އަހަރެމެންނަށް އެކަމުގެ ފައިދާ ފެންނާނެ އެވެ. 10އަހަރެމެންނަށް ލިބޭ ކޮންމެ ފުރުސަތެއްގައިމެ ހުރިހާ އެންމެންނާއި މެދު ވެސް ރަނގަޅަށް ކަންތައް ކުރަން ޖެހޭނެއެވެ. އަދި އީސާގެފާނަށް އީމާންވެގެން ތިބި އަހަރެމެންގެ އަޚުންނާއި އުޚުތުންނާއި މެދު ވަކިން ޚާއްސަކޮށް ކަންތައް ކުރަން ޖެހޭނެއެވެ.
ޕައުލް ދިން އެންމެ ފަހު ނަސޭހަތް
11މަގޭ އަމިއްލަ އަތުން ކަލޭމެންނަށް ސިޓީ ލިޔާއިރު އަހަރެން ލިޔެފައި ހުންނަ ލިޔުމުގެ އަކުރުތައް ބޮޑުކަން ކަލޭމެންނަށް ފާހަގަވާނެއެވެ.#6:11 އާންމުކޮށް ޕައުލްގެ ލިޔުންތައް ލިޔެ ހަދަނީ އެހެން މީހެކެވެ. އެހެންނަމަވެސް ޕައުލް މި ސިޓީގެ ފަހުބައި ލިޔެފައި ވަނީ އަމިއްލައަށެވެ. އެހެން ކަމުން މި ލިއުމުގެ އަސްލު ލިޔެފައިވާ އަކުރުތައް އެހެން ލިޔުންތަކަށް ވުރެން ބޮޑެއްޗެވެ. 12ކަލޭމެންނަށް ޚިތާނު ކުރުމަށް މަޖުބޫރުކުރަމުން އެދާ މީހުން އެކަން އެކުރަނީ ހަމައެކަނި މީހުންގެ ކުރިމަތީގައި މާ ރަނގަޅުބަޔަކަށް ވުމަށެވެ. އެމީހުން އެގޮތަށް އެކަންތައް ކުރަނީ އަލްމަސީޙު ދެއްކެވި ގޮތަށް ކަންތައް އުގަންނައި ދިނުމުން އެމީހުންނަށް ލިބިދާނެ އަނިޔާއަކުން ސަލާމަތް ވެ ގަތުމަށެވެ. 13އަދި ޚިތާނު ކުރެވިފައިވާ މީހުންނަކީ ވެސް ކޮންމެހެން އަމުރުފުޅުތަކަށް ކިޔަމަންވާ ބައެއް ވެސް ނޫނެވެ. އެމީހުންގެ ބޭނުމަކީ ކަލޭމެން ލައްވާ އެފަދައިން ކަންތައް ކުރުވުނު ކަމުގެ ވާހަކަ ދައްކައި ބޮޑުކެނޑުމެވެ. 14އަހަރެން އެފަދަ ދެއްކުންތެރި ކަމެއް ކުރުމަކަށް ދުވަހަކު ވެސް މާތްރަސްކަލާނގެ ނުހިންމަވާށިއެވެ. އެއީ އަހަރެން ބަލައިގަންނަހާ ވެސް ކަމަކީ އަހަރެމެންގެ މާތްސާހިބާ އީސާ އަލްމަސީޙު ސަލީބުގައި ވެވަޑައިގެންނެވި އަވަހާރަ ވުމެވެ. އެ އަވަހާރަ ވުމުގެ ސަބަބުން މިދުނިޔޭގެ މައްޗަށް އަހަރެންގެ ކިބައިގައި އޮތްހާ އެދުމެއް މަރުވެ ނެތިވެ ހިނގައްޖެއެވެ. އަދި މިދުނިޔެ އަހަރެންގެ ކިބައަކުން ވެސް އެދޭ އެދުމެއް ނުވެއެވެ. 15ޚިތާނު ކުރުމާއި ނުކުރުމަކީ އެއްވެސް މާނައެއް ހުރި ކަމެއް ނޫނެވެ. މުހިންމު ކަމަކީ އަހަރެމެންނަކީ ބަދަލުވެފައިވާ އާ ބަޔަކަށް ވުމެވެ. 16މިފަދައިން އުޅޭ އެންމެންނަށް މާތްރަސްކަލާނގެ ދެއްވާ ފުރާނައިގެ ހިތްހަމަޖެހުމާއި މާތްރަސްކަލާނގެ ރަޙުމަތްފުޅު ހުއްޓެވެ. އެފަދަ މީހުންނަކީ އަލަށް މާތްރަސްކަލާނގެ އެކަލާނގެ މީސްތަކުން ކަމުގައި ލެއްވި މީހުންނެވެ.#6:16 އީސާގެފާނަށް އީމާންވާ ކޮންމެ މީހަކީ މާތްރަސްކަލާނގެ މީސްތަކުންގެ ތެރޭގައި ހިމެނޭ މީހެކެވެ. އެއީ އެމީހަކީ ބަނީއިސްރާއީލު މީހަކަށް ވިޔަސް އަދި ބަނީއިސްރާއީލު މީހަކަށް ނުވިނަމަވެސް މެއެވެ.
17އެހެންކަމުން މީގެ ފަހުން އެކަކު ވެސް މިބާވަތުގެ ކަންތަކާ މެދު އަހަންނަށް އުނދަގޫކޮށްގެން ނުވާނެއެވެ. އެއީ މިހާރު ވެސް އަހަރެންގެ ގައިގައި އަހަރެންނަކީ އީސާގެފާނުގެ މީހެއްކަން އެނގޭނެ އެތައް އެތައް ލަކުނުތަކެއް އެބަ ހުއްޓެވެ.
18މަގޭ ލޮބުވެތި އެންމެހާ އަޚުންނާއި އުޚުތުންނޭވެ. އަހަރެމެންގެ މާތްސާހިބާ އީސާ އަލްމަސީޙުގެ ނިޢުމަތްފުޅު ކަލޭމެންނާއި އެކު ލަހައްޓަވާށިއެވެ. އާމީން.
Currently Selected:
ގަލާތިޔާގެ މަސީޙީންނަށް ސިޓީ 6: ކމ
Highlight
Share
Copy

Want to have your highlights saved across all your devices? Sign up or sign in
© (Active), Wycliffe Bible Translators, Inc. All rights reserved.