މީހަކު ތިމަން މިއީ އެހެންމީހުންނަށް ވުރެން މޮޅު މީހަކު ކަމުގައި ދެކޭނަމަ އެމީހާ އެ އޮޅުވާލަނީ އޭނާގެ އަމިއްލަ ނަފްސަށެވެ. އެމީހެއްގެ އަމަލުތައް ރަނގަޅުކުރާށެވެ. އަދި އެއަމަލުތަކާއި މެދު ބަލާއިރު އެކަން ކުރެވުނީ ރަނގަޅަށްނަމަ އެކަމާ އުފާކުރާށެވެ. ނަމަވެސް ތިމާ ކުރާ އަމަލުތައް އެހެން މީހުން ގެ އަމަލުތަކާ އަޅާ ނުބަލާށެވެ. އެއީ ކޮންމެ މީހަކު ވެސް އެމީހެއްގެ އަމިއްލަ ނަފްސުގެ އަމަލުތަކުގެ މައްޗަށް ޒިންމާ ވާން ޖެހޭނެތީއެވެ.