YouVersion Logo
Search Icon

ނެރުއްވުން 27

27
ޤުރުބާނީ އަށި
1”⁠އަދި އަކާސިޔާ ލަކުޑިން ހަތް ފޫޓުބައި ދިގު، ހަތް ފޫޓުބައި ފުޅާ، ހަތަރު ފޫޓުބައި އުސް އައްޓެއް #27‏:1 އެއީ ފަސްމުށް، ފަސްމުށް، ތިން މުށެވެ.ހަދާ. 2އޭގެ ކޮންމެ ކަނެއްގައި ޖަނަވާރު ދަޅެއް ސިފަވާނެ ފަދަ ތުނޑެއް، އައްޓާ އެއްކޮށް އެކަތިގަނޑެއްގެ ގޮތުގައި ހަދާ. އަދި މުޅި އަށީގައި ކަފުލޯ ފަށަލައެއް ލާ. 3ދެލިއަޅާ ބަނޑިޔާތަކާއި، ފަކީރާއާއި، ދޮލަނގުތައްޓާއި، މަސްނަގާ އުލާއި، ތެލިތާސް ކަފުލޮއިން ހަދާ. 4އަދި ކަފުލޮއިން ޖާލިގަނޑެއް ހަދައި އޭގެ ހަތަރުކަނުގައި ބޮޅު ހަރުކުރޭ. 5މި ޖާލިގަނޑު އަށީގެ ދެބައިކުޅަ އެއްބައިގައި ވާ އޮޅިގަނޑުގެ ދަށުގައި ހަރުކުރޭ. 6މި އަށި އުފުލަން އަކާސިޔާ ލަކުޑިން ދަނޑިތައް ހަދައި އޭގައި ކަފުލޯ ފަށަލައެއް ލާ. 7މި ދަނޑިތައް އަށީގެ ދެފަރާތުގައިވާ ބޮޅުތަކަށް ލައްވާ.
8އަށި ހުންނަން ވާނީ އެތެރެ ހޮއި ހުންނަ ގޮތަށް ފިލައިން ހަދާފައި. ފަރުބަދަ މަތީގައި ކަލެއަށް ދެއްކުނު ނަމޫނާއާ އެއްގޮތަށް މި އަށި ތައްޔާރު ކުރޭ.⁠“
ފޭލިގެކޮޅުގެ ގޯތިތެރެ
9”⁠ދެން ފޭލިގޭގެ ގޯތިތެރެ ހަދާ. މިތަން ހުންނަން ވާނީ ވަށައިގެން މޮޅު ލިނެން ފޮތީގެ ފަރުދާއެއް ދަމާފައި. ދެކުނު ފަރާތުގައި ހުންނަ ފަރުދާގެ ދިގުމިނުގައި ސަތޭކަ ފަންސާސް ފޫޓް ހުންނަން ވާނެ.#27‏:9 އެއީ 100 މުށެވެ. 10އެ ފަރުދާ ހަރުކޮށްފައި ހުންނަން ވާނީ ކަފުލޮއިގެ ވިހި ބުޑު މަތީގައި ބެހެއްޓިފައިވާ ތަނބުތަކުގައި. ފަރުދާތައް ތަނބުތަކުގައި ހަރުކުރަން ވާނީ ރިހީގެ ބޮޅުތަކާއި ބުޅިތަކުން.
11އުތުރުގައި ދަމާ ފަރުދާތަކާއި ތަނބުތަކާއި ބުޑުތައް ވެސް މިހެން ހަދާ. 12ހުޅަނގުފަރާތު ފަރުދާ ދިގުމިނުގައި ހުންނަން ވާނީ ހަތްދިހަ ފަސް ފޫޓު.#27‏:12 އެއީ 50 މުށެވެ. އެވެސް ހުންނަން ވާނީ ދިހަ ބުޑުގެ މަތީ ހަރުކޮށްފައި ހުރި ދިހަ ތަނބު މަތީގައި.
13ގޯތިތެރެއަށް ވަންނަ ފަރާތް ކަމަށްވާ އިރުމަތީ ފަރާތުގެ ފަރުދާގެފުޅާ މިނުގައި ވެސް ހުންނަން ވާނީ ހަތްދިހަ ފަސް ފޫޓު. 14އިރުމަތީގައި ހުންނަ ދޮރުގައި ދެ ފަރުދާ ހަރުކޮށްފައި ހުންނަން ވާނެ. އޭގެ ކޮންމެ ފަރުދާއެއްގެ ފުޅާ މިނުގައި ބާވީސް ފޫޓު ބައި ހުންނަން ވާނެ. #27‏:14 އެއީ 15 މުށް ވަރެވެ.ކަނާތްފަރާތުގެ ފަރުދާތައް ދަމާފައި ހުންނަން ވާނީ ތިން ބުޑު މަތީގައި ތިން ތަނބު ބަހައްޓާފައި. 15ވައަތްފަރާތުގެ ފަރުދާގައި ވެސް ހުންނަން ވާނީ ބާވީސް ފޫޓު ބައި. މި ވެސް ހުންނަން ވާނީ ތިން ބުޑުގައި މަތީ ހަރު ކުރެވިފައިވާ ތިން ތަނބުގައި.
16އެތެރެއަށް ވަންނަ ތަނުގައި ހުންނަ ފަރުދާގެ ހުރަހުގައި ތިރީސް ފޫޓު ބަހައްޓާ.#27‏:16 އެއީ 20 މުށެވެ. މި ފަރުދާ ހުންނަން ވާނީ މޮޅުފޮތިން ވިޔެފައި. އަދި އޭގައި ވެސް ނުލާއި ދަނބާއި ގަދަރަތް ރޮދިން ކުރެހުން އަޅާ ޖަރީކޮށްފައި ބަހައްޓާ. އެ ފަރުދާ ހަރުކޮށްފައި ހުންނަން ވާނީ ވަކިން ހުންނަ ހަތަރު ތަނބުގައި އެއަށް ބުޑުތަކުގެ މަތީގައި. 17ގޯތީގައި ހުންނަ ހުރިހާ ތަނބެއްގައި ވެސް ހަރުކޮށްފައި ހުންނަން ވާނީ ރިހި ބުޅިތަކާއި ރިހި ބޮޅުތައް. އަދި ތަނބުތައް ހުންނަން ވާނީ ކަފުލޯގެ ބުޑުތަކުގެ މަތީގައި. 18އެހެންކަމުން މުޅި މި ގޯތީގެ ދިގުމިނުގައި ހުންނާނީ ސަތޭކަފަންސާސް ފޫޓު ފުޅާމިނުގައި ހަތްދިހަ ފަސް ފޫޓު އަދި ފަރުދާގެ އުސްމިނުގައި ހަތް ފޫޓު ބައި#27‏:18 ހަތް ފޫޓް ބަޔަކީ ގާތްގަނޑަކަށް ފަސް މުށެވެ.. މި ފަރުދާތައް ވިޔެފައި ހުންނަން ވާނީ މޮޅު ފޮތިން. ތަނބުތައް ހުންނަން ވާނީ ކަފުލޯ ބުޑުތަކުގެ މަތީގައި. 19ފޭލިގޭގެ ޤުރުބާނީ ރަސްމުގައި ބޭނުން ކުރެވޭ ހުރިހާ އެއްޗަކާއި ފޭލިގެއާއި ފަރުދާ ހަރުކުރަން ޖަހާފައި ހުންނަ އިއްޔަށް ދާނދެން ހުންނަން ވާނީ ކަފުލޮއިން.⁠“
ބައްތިކޮޅުގެ ތެޔޮ
20”⁠ބަނީ އިސްރާއީލުގެ މީހުންނަށް އަމުރުކުރޭ، ބައްތި ދިއްލަން ސާފު ޒައިތޫނި ތެޔޮ ގެންނާށޭ. އަދި އެބައްތި ނިވިޔަ ނުދީ މުޅިރޭ ދިއްލާފައި ބަހައްޓާށޭ.
21ބައްތި ދަނޑި ހުންނަން ވާނީ ފޭލިގޭގައި ޢަހުދުނާމާ ފޮށިކޮޅު ނިވާކޮށްފައި ވާ ބައިގެ ފަރުދާގެ ކުރިމަތީގައި. ހާރޫނާއި އޭނާގެ ދަރިން، މާތްރަސްކަލާނގެ ޙަޟްރަތުގައި އެބައްތި މުޅި ރޭގަނޑު ދިއްލާފައި ބަހައްޓަން ވާނެ.
މިއީ ބަނީ އިސްރާއީލީންގެ ދަރިންނަށާއި އެ ދަރިންގެ ދަރި މިރިމިރީނުން ކިޔަމަން ވާން ޖެހޭނެ އަމުރެއް.⁠“

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in