”ބަނީ އިސްރާއީލުގެ މީހުންނަށް އަމުރުކުރޭ، ބައްތި ދިއްލަން ސާފު ޒައިތޫނި ތެޔޮ ގެންނާށޭ. އަދި އެބައްތި ނިވިޔަ ނުދީ މުޅިރޭ ދިއްލާފައި ބަހައްޓާށޭ.
ބައްތި ދަނޑި ހުންނަން ވާނީ ފޭލިގޭގައި ޢަހުދުނާމާ ފޮށިކޮޅު ނިވާކޮށްފައި ވާ ބައިގެ ފަރުދާގެ ކުރިމަތީގައި. ހާރޫނާއި އޭނާގެ ދަރިން، މާތްރަސްކަލާނގެ ޙަޟްރަތުގައި އެބައްތި މުޅި ރޭގަނޑު ދިއްލާފައި ބަހައްޓަން ވާނެ.
މިއީ ބަނީ އިސްރާއީލީންގެ ދަރިންނަށާއި އެ ދަރިންގެ ދަރި މިރިމިރީނުން ކިޔަމަން ވާން ޖެހޭނެ އަމުރެއް.“