1
ހަރުބަސްތައް 17:17
ކިތާބުލް މުޤައްދަސާ
ކމ
ރަޙުމަތްތެރިޔާ ހުންނާނީ އަބަދުވެސް ތިމާއަށް ހެޔޮއެދުން މަތީގައެވެ. އަޚާ ހުންނާނީ އެހީއަކަށް ބޭނުންވާ ހިނދު އެހީތެރިވުމަށެވެ.
Compare
Explore ހަރުބަސްތައް 17:17
2
ހަރުބަސްތައް 22:17
އުފާވެރި ހިތަކީ ޝިފާއެކެވެ. ހިތާމަވެރިކަމަކީ ރޫޙު ބަލިކަށި ކޮށްލާ ކަމެކެވެ.
Explore ހަރުބަސްތައް 17:22
3
ހަރުބަސްތައް 9:17
މަޢާފު ދިނުމަކީ ލޯބި އިތުރުވާ ކަމެކެވެ. އެކަމަކު އެވާހަކަ ތަކުރާރުކޮށް ދެއްކުމަކީ ގުޅުން ކެނޑިދާ ކަމެކެވެ.
Explore ހަރުބަސްތައް 17:9
4
ހަރުބަސްތައް 27:17
ތަންދޮރު އެނގޭ މީހާގެ ބަސް މަދުވާނެއެވެ. ތަންދޮރު ދަންނަ މީހާގެ ރުޅިމަޑު ވާނެއެވެ.
Explore ހަރުބަސްތައް 17:27
5
ހަރުބަސްތައް 28:17
މޮޔައަކު ވެސް އަނގަ ލައްޕައިގެން ހުންނައިރު ވިސްނޭ މީހެކޭ ހީވެދާނެއެވެ.
Explore ހަރުބަސްތައް 17:28
6
ހަރުބަސްތައް 1:17
ހަމަނުޖެހުމެއްގެ ތެރޭގައި އިނދެ ކާ ބިރިއާންޏަކަށް ވުރެން ހަމަޖެހިގެން ހަމަހިމޭން ތަނެއްގައި އިނދެކާ ފާރޮށި ކުނޑިކޮޅު ވެސް މާ ރަނގަޅެވެ.
Explore ހަރުބަސްތައް 17:1
7
ހަރުބަސްތައް 14:17
އަރައިރުމެއް ފެށުމެކޭ ހިފަހައްޓާފައި ހުރި ފެންގަނޑެއްގެ ދޮރާށި ހުޅުވާލުމެކޭ އެއްފަދައެވެ. ޒުވާބެއް ފެށުމުގެ ކުރީގައި އެކަން ހުއްޓުވާށެވެ.
Explore ހަރުބަސްތައް 17:14
8
ހަރުބަސްތައް 15:17
ކުށްވެރިޔާ ކުށުން ބަރީއަ ކުރުމާއި ކުށެއް ނެތްމީހާ ކުށްވެރި ކުރުމަކީ މާތްރަސްކަލާނގެ ރުހިވޮޑި ނުގަންނަވާ ކަންތަކެވެ.
Explore ހަރުބަސްތައް 17:15
Home
Bible
Plans
Videos