1
ހަރުބަސްތައް 3:16
ކިތާބުލް މުޤައްދަސާ
ކމ
މާތްރަސްކަލާނގެ ކިބަފުޅުން ބަރަކާތަށް އެދޭށެވެ. އޭރުން ތިމާ ކުރަން ބޭނުންވާ ކަންތައް ހާސިލުވާނެއެވެ.
Compare
Explore ހަރުބަސްތައް 16:3
2
ހަރުބަސްތައް 9:16
ކަންތައް ރާވަނީ އިންސާނާއެވެ. ކަންތައް ކުރެވޭނެ ގޮތް މެދުވެރި ކުރައްވަނީ މާތްރަސްކަލާނގެއެވެ.
Explore ހަރުބަސްތައް 16:9
3
ހަރުބަސްތައް 24:16
ހެޔޮ ބަސްތަކަކީ މާމުއިފަދަ އެއްޗެކެވެ. އެއިން ނަފްސަށް ފޮނިކަން ގެނެސް ދެއެވެ. އަދި ފުރާނައަށް ދުޅަހެޔޮކަން ގެނެސްދެއެވެ.
Explore ހަރުބަސްތައް 16:24
4
ހަރުބަސްތައް 1:16
އިންސާނާ ކުރަނީ ތަދުބީރެވެ. ފަހުބަސް އިއްވަވާނީ މާތްރަސްކަލާނގެއެވެ.
Explore ހަރުބަސްތައް 16:1
5
ހަރުބަސްތައް 32:16
ބާރުގަދަވުމަށް ވުރެން ކެތްތެރިވުން ރަނގަޅެވެ. އަމިއްލަ ނަފްސުގެ މައްޗަށް ބާރު ފޯރުވުން ސަހަރެއް ފަތަޙަ ކުރުމަށް ވުރެން މޮޅެވެ.
Explore ހަރުބަސްތައް 16:32
6
ހަރުބަސްތައް 18:16
ބޮޑާކަން ހަލާކުގެ ތެރެއަށް މީހާ ގެންދެއެވެ. ވެއްޓުމުގެ ކުރީން މީހާ ކިބުރުވެރިވެއެވެ.
Explore ހަރުބަސްތައް 16:18
7
ހަރުބަސްތައް 2:16
ލޯމައްޗަށް ތިމާގެ ނަފްސު ތާހިރު ކަމަށް ފެނިދާނެއެވެ. ނިޔަތަށް ބައްލަވައި އިންސާފު ކުރައްވާނީ މާތްރަސްކަލާނގެއެވެ.
Explore ހަރުބަސްތައް 16:2
8
ހަރުބަސްތައް 20:16
އިރުޝާދުތަކަށް ބޯލަނބައިގެން ކަންތައް ކުރާ މީހާއަށް ކާމިޔާބުވެއެވެ. މާތްރަސްކަލާނގެއަށް ވަކީލު ކުރާ މީހާއަށް ފާގަތިކަން ލިބެއެވެ.
Explore ހަރުބަސްތައް 16:20
9
ހަރުބަސްތައް 8:16
ތެދުވެރިކަމާއެކު މަދު އެތިކޮޅެއް ލިބުން ދޮގުވެރި ގޮތުގައި މުއްސަނދި ވުމަށް ވުރެން މަންފާ ބޮޑެވެ.
Explore ހަރުބަސްތައް 16:8
10
ހަރުބަސްތައް 25:16
ކުރިމަތީގައި އޮންނަނީ ތެދުމަގެއް ކަމުގައި މީހުންނަށް ހީކުރެވެއެވެ. އެކަމަކު އެމަގުން މަރާ ދިމާއަށް ވެސް ދެވިދާނެއެވެ.
Explore ހަރުބަސްތައް 16:25
11
ހަރުބަސްތައް 28:16
ފާސިދު މީހާ ފިތުނަ އުފައްދައެވެ. ދެބައޮޑުވުމުން ގާތް ރަޙުމަތްތެރިން ހަތުރުންނަށް ވެއެވެ.
Explore ހަރުބަސްތައް 16:28
Home
Bible
Plans
Videos