ތިޔަބައިމީހުންގެ މެދުގައި ވީ ލޯބި ބަދަހި ކޮށްދެއްވައި ތަނަވަސް ކޮށްދެއްވުމަށް އެދި އަހަރެން މާތްކަލާނގެ ކިބަފުޅަށް ދުޢާ ދަންނަވަމެވެ. އަދި ތިޔަބައިމީހުން އުފެދި ބޮޑެތިވަމުން ދާނީ ތިޔަބައިމީހުންގެ މެދުގައިވާ ހެޔޮ ނުބައި ދެނެގަތުން މަތީގައެވެ. އެހެންވީމާ އެންމެ ރަނގަޅު ގޮތް ޚިޔާރު ކުރުމުގެ ކުޅަދާނަކަން ތިޔަބައިމީހުންނަށް ލިބިގެންވާކަމުގައި ދެކެމެވެ. އޭރުން އަލްމަސީޙު އެނބުރި ވަޑައިގަންނަވާ ހިނދު ބަދުނާމުނުވެ، ރޫޙާނީ ގޮތުން ތޯހިރުވެ ތިބެ ޙަޔާތް ވޭތު ކުރެވޭނެއެވެ.