އެކަލޭގެފާނުގެ ކިބަފުޅުގައި މާތްރަސްކަލާނގެ ޒާތުފުޅުގައި ވޮޑިގެންވާ އެންމެހާ ސިފަފުޅުތަކެއް ވެއެވެ. އެކަލޭގެފާނު މާތްރަސްކަލާނގެ އާއި އެއްފަދައިންވި ކަމުގައިވިޔަސް ކަލާނގެވަންތަ ކަމުގެ ޙައްޤު ބޭނުން ނުކުރައްވައި ދޫކޮށްލެއްވިއެވެ. އޭގެ ބަދަލުގައި އެކަލޭގެފާނު ކައުވަންތަ ކަމުގެ ފައިދާ ނަންގަވަން ނޫޅުއްވާ ދޫކޮށްލެއްވީއެވެ. އެކަލޭގެފާނު އިޚްތިޔާރު ކުރެއްވީ އަޅެއްގެ ނިކަމެތި މަގާމެވެ. އުފަންވެ ވަޑައިގެންނެވީ އިންސާނެއްގެ ގޮތުގައެވެ. އަދި އަހަރެމެން ފަދަ އިންސާނަކު ފަދައިން ނިކަމެތިވެ ވަޑައިގެންނެވިއެވެ. އަދި ކިޔަމަންތެރިކަމުގެ މަގުގައި ހިންގަވާ ވަޑައިގެންނެވި ހިނދު ސަލީބުގައި އަވަހާރަކުރެވުނެވެ.