ހާމަކޮށްދެއްވުންތަކެއް 8
8
ހަތްވަނަ ސީލު
1ޅަކަންބަޅި ހަތްވަނަ ސީލު ހުޅުވާލި ހިނދު ގާތްގަނޑަކަށް ބައިގަޑި އިރު ހަނުހިމޭންކޮށް ސުވަރުގެ އޮތެވެ. 2އެއަށް ފަހު، މާތްރަސްކަލާނގެ ކުރިފުޅު މަތީގައި ހަތް މަލާއިކަތުން ވަނިކޮށް އަހަރެން ދުށީމެވެ. އަދި އެ މަލާއިކަތުންނަށް ހަތް ތާޅަފިލި ލިބުނެވެ. 3ހުވަނދު އަޅާ ރަނުގެ ދުންކިބާއެއް ހިއްޕަވައިގެން އިތުރު އެހެން މަލާއިކަތަކު ވަޑައިގެން ޤުރުބާނީ އަށިކޮޅުގެ ކައިރީގައި ކޮއްޅަށް ހުންނެވިއެވެ. މާތްކަލާނގެ މުޤައްދަސް ކުރެއްވި މީސްތަކުންގެ ދުޢާތަކާއެކުގައި ހުށަހެޅުމަށްޓަކައި އެ މަލާއިކަތާއަށް ނުހަނު ގިނަ ހުވަނދު ދެއްވިފައިވިއެވެ. އަދި އެމަލާއިކަތާ ތަޚުތުގެ ކުރިމަތީގައި ހުރި ރަނުން ހައްދަވާފައިވާ ޤުރުބާނީ އަށިކޮޅަށް ވެސް ހުވަނދު އެޅުއްވިއެވެ. 4އެއަށް ފަހު، ހުވަނދު ދުންކިބާގައި ހުރި ދުންތައް މާތްކަލާނގެ މުޤައްދަސް ކުރެއްވި މީސްތަކުންގެ ދުޢާ އާއި އެކުގައި އެމަލާއިކަތާގެ އަތްތިލަމަތިން މައްޗަށް ގެންގޮސް މާތްރަސްކަލާނގެ ޙަޟްރަތުގައި ވިއެވެ. 5އެއަށް ފަހު، ޤުރުބާން ހުށަހެޅުމަށްޓަކައި ހުންނަ މުޤައްދަސް އަށިން އަލިފާން ނަންގަވައި އެމަލާއިކަތާ ހުވަނދު ދުންކިބާ ފުރާލެއްވިއެވެ. އަދި ދުނިޔޭގެ ބިމަށް އެ ދުންކިބާ އެއްލާ ލެއްވިއެވެ. އެއާއެކު ގުގުރީގެ ބާރު އަޑާއި ހޮނުގެ ވިދުވަރާއި އެކު ބިންހެލުން ކުރިމަތި ވިއެވެ.
ހަތް ތާޅަފިލި
6އެއަށް ފަހު، ހަތް ތާޅަފިލި ހިފަހައްޓަވައިގެން ތިއްބެވި ހަތް މަލާއިކަތުން ތާޅަފިލިތައް ފުމެލެއްވުމަށް ތައްޔާރުވެ ވަޑައިގަތެވެ.
7އެ ހިނދު ފުރަތަމަ މަލާއިކަތާ އެ މަލާއިކަތާގެ ތާޅަފިލި ފުމެލެއްވުމާއެކު ގަނޑުފެނުގެ ގުޅަގުޅަ އާއި އަލިފާނާ ލެއާއި އެކު މަސްހުނިވެ ދުނިޔެއަށް އެއްލާލެވުނެވެ. ދުނިޔޭގެ ތިން ބައިކުޅަ އެއްބަޔާއި، ގަސްގަހާގެހީގެ ތިން ބައިކުޅަ އެއްބަޔާއި އަދި ފެހި ވިނައިގެ ތިން ބައިކުޅަ އެއްބައި އަނދައިގެން ދިޔައެވެ. 8ދެވަނަ މަލާއިކަތާ އެ މަލާއިކަތާގެ ތާޅަފިލި ފުމެލެއްވިއެވެ. އެ ހިނދު އަލިފާން ހިފާފައިވާ ބޮޑު ފަރުބަދައެއްފަދަ އެއްޗެއް ކަނޑަށް އެއްލާލެވުނެވެ. ކަނޑުގެ ތިން ބައިކުޅަ އެއްބައި ލެއަށް ބަދަލުވެގެން ދިޔައެވެ. 9ކަނޑުގައި އުޅުނު ދިރޭ ތަކެތީގެ ތިން ބައިކުޅަ އެއްބައި މަރުވެ ދިޔައެވެ. އަދި ކަނޑުމަތީ އުޅަނދުފަހަރުގެ ތިން ބައިކުޅަ އެއްބައި ހަލާކުވެ ދިޔައެވެ.
10އެއަށް ފަހު، ތިންވަނަ މަލާއިކަތާ އެ މަލާއިކަތާގެ ތާޅަފިލި ފުމެލެއްވިއެވެ. އެ ހިނދު ދަންމަރެއް ފަދައިން އަނދަމުން ދިޔަ ބޮޑު ތަރިއެއް އުޑުން ވެއްޓުނެވެ. އަދި އޭގެ ތިން ބައިކުޅަ އެއްބައި ކޯރުގެ ތެރެއަށާއި ފެންއާރުތަކުގެ ތެރެއަށް ވެއްޓުނެވެ. 11މި ތަރީގެ ނަމަކީ ”ހިތިރަހަ“ އެވެ. އެ ހިނދު ތިން ބައިކުޅަ އެއްބައި ފެން ހިތި ރަހަޔަށް ބަދަލުވެ ދިޔައެވެ. އަދި ހިތި ރަހަޔަށް ބަދަލުވެފައި ވުމުގެ ސަބަބުން އެ ފެން ބުއި ގިނަ ބަޔަކު މަރުވެ ދިޔައެވެ.
12އެއަށް ފަހު، ހަތަރުވަނަ މަލާއިކަތާ އެ މަލާއިކަތާގެ ތާޅަފިލި ފުމެލެއްވިއެވެ. އެ ހިނދު އިރާއި ހަނދާއި ތަރިތަކުގެ ތިން ބައިކުޅަ އެއްބައިގައި އެއްޗަކުން ޖެހުނެވެ. އޭގެ ސަބަބުން އެއިން ކޮންމެ އެއްޗެއްގެ ތިން ބައިކުޅަ އެއްބައިގެ އަލިކަން ގެއްލިދިޔައެވެ. ވީމާ، ދުވާލުގެ ތިން ބައިކުޅަ އެއްބައިގައި އަލިކަމެއް ނެތެވެ. އަދި ރޭގަނޑުގެ ތިން ބައިކުޅަ އެއްބައިގައި ވެސް އަލިކަމެއް ނެތެވެ.
13އެއަށް ފަހު، އަހަރެން މައްޗަށް ބަލާލީމެވެ. އަދި ބާޒެއް ވައިގެ ތެރޭގައި އުދުހެމުން ހަރުއަޑުން ގޮވަމުން ދިޔައެވެ. ”ހުރި ހިތާމައިގެ ބޮޑުކަމާއޭ! ބިރުވެރިކަމޭ! ބިރުވެރިކަމޭ! މި ދުނިޔޭގައި ޙަޔާތު ވޭތުކުރަމުން ގެންދާ ހުރިހާ އެންމެންނަށް ހުރި ބިރުވެރިކަމެއްގެ ބޮޑުކަމާއޭ! ދެން ތިއްބެވި ތިން މަލާއިކަތުން ވެސް އެ މަލާއިކަތުންގެ ތާޅަފިލިތައް ފުމެލެއްވުމަށް ތައްޔާރު ވެއްޖެ!“
Currently Selected:
ހާމަކޮށްދެއްވުންތަކެއް 8: ކމ
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
© (Active), Wycliffe Bible Translators, Inc. All rights reserved.

: