ހާމަކޮށްދެއްވުންތަކެއް 1
1
އިސްބަސް
1މި ފޮތަކީ އީސާ އަލްމަސީޙަށް މާތްރަސްކަލާނގެ ހާމަކޮށްދެއްވި ހާމަކޮށްދެއްވުން ތަކެކެވެ. އެއީ ދުރުނޫން ގޮތެއްގައި ހިނގާނެ ޙާދިސާ ތަކެއްގެ ޚަބަރު އެކަލޭގެފާނުގެ ޚާދިމުންނަށް ބުނެދެއްވުމަށެވެ. އަދި އަލްމަސީޙުގެ މަލާއިކަތާ އެކަލޭގެފާނުގެ ޚާދިމު ޔޫޙަންނާއަށް ހިނގާނެ މި ޙާދިސާތައް އަންގައި ދިނުމަށް ފޮނުއްވިއެވެ. 2އެގޮތުން ޔޫޙަންނާއަށް ފެނުނު ކަންތައްތައް އެ ހިނގާދިޔަ ފަދައިން ބުނެދިނެއެވެ. މިއީ މާތްރަސްކަލާނގެ ދެއްވި އެކަލާނގެ ޚަބަރުފުޅުތަކާއި މެދުވާ ސާބިތު ހެކިތަކެއްގެ ވާހަކަތަކެވެ. އަދި އީސާ އަލްމަސީޙު ފައުޅު ކޮށްދެއްވި ތެދު ބަސްފުޅެވެ. 3މިފޮތުގައިވާ ޣައިބުގެ ބަސްފުޅުތައް މީހުންނަށް ކިޔާދޭ ކޮންމެ ފަރާތަކަށް މާތްރަސްކަލާނގެ ރަޙުމަތް ލައްވަތެވެ. އަދި މި ބަސްފުޅުތައް އަހައި ކިޔަމަންގަތް ކޮންމެ އަޅަކަށް ވެސް އެކަލާނގެ ރަޙުމަތް ލައްވަތެވެ. ސަބަބަކީ މި ބަޔާންކުރާ ފަދަ ޙާދިސާތައް ހިނގައިދިއުމުގެ ވަގުތު މިވަނީ އައިސް ކައިރިވެފައެވެ.
މަސީޙީ ޖަމާޢަތުގެ ހަތް ޖަމާޢަތަށް ތަހުނިޔާ
4-5މި ސިޓީ އަކީ އޭޝިޔާ ސަރަހައްދުގައި ތިބި މަސީޙީ ޖަމާޢަތުގެ ހަތް ޖަމާޢަތަށް ޔޫޙަންނާގެ ފަރާތުން ލިޔެ ފޮނުވާ ސިޓީއެކެވެ.
މިހިނދުގައިމެ ވޮޑިގެންވާ، މާޒީގައި ވޮޑިގެންވި، އަދި މުސްތަޤްބަލުގައި ވެސް އަބަދަށްމެ ވޮޑިގެންވާނެ މާތްރަސްކަލާނގެ ކިބަފުޅުންނާއި، އަދި އެކަލާނގެ ތަޚުތުކޮޅުގެ ކުރިމަތީގައިވާ ހަތް ރޫހުފުޅުގެ ފަރާތްޕުޅުންނާއި، ވަފާތެރި ހެކިވެރިޔާ އަދި ޚަލްޤުތަކުންގެ ތެރެއިން އަވަހާރަވެ ވަޑައިގެންނެވުމަށް ފަހު އެންމެ ފުރަތަމަ އަލުން ދިރިދުނިޔެއަށް ވަޑައިގެންނެވި ފަރާތް ކަމަށްވާ މިދުނިޔޭގެ ހުރިހާ ރަސްރަސްކަލުންގެ ވެރިޔާ އީސާ އަލްމަސީޙުގެ ފަރާތްޕުޅުން ތިޔަބައިމީހުންނަށް ނިޢުމަތާއި ސުލްހަވެރިކަން ރައްދުކުރަމެވެ.
އެކަލޭގެފާނު އަހަރެމެން ދެކެ ވާލޯބިފުޅުގެ ސަބަބުން އަހަރެމެންނަށްޓަކައި ޤުރުބާން ކުރެވި އަވާހަރަވެ ވަޑައިގެންނެވީ އެކަލޭގެފާނުގެ ލޭފޮދުން އަހަރެމެން ފާފަވެރިކަމުން މިނިވަން ކޮށްދެއްވުމަށެވެ. 6އަދި އެކަލޭގެފާނުގެ ރަސްކަލާނގެ ކަމަށްވާ މަތިވެރި ބައްޕާފުޅުގެ ޚިދުމަތުގައިވާ އިމާމުންގެ ރަސްކަންފުޅެއް ކަމުގައި އެކަލޭގެފާނު އަހަރެމެން އައްޔަން ކުރެއްވިއެވެ. އީސާ އަލްމަސީޙަށް ޖަލާލަތާއި ބާރު އަބަދުގެ އަބަދަށް ދެއްވާށިއެވެ! އާމީން.
7ދެކިބަލާށެވެ! އެކަލޭގެފާނު އެވަޑައިގަންނަވާނީ ވިލާގަނޑުތަކުގެ ތެރެއިންނެވެ. ހުރިހާ އެންމެންނަށް އެކަލޭގެފާނު ފެނިގެންވާނެއެވެ. އެކަލޭގެފާނުގެ ހަށިކޮޅު ތޮރުފައި އަނިޔާވެރިވީ މީސްތަކުން ވެސް އެކަލޭގެފާނު ދެކޭނެވެ. ދުނިޔޭގައި ވާ އެންމެހާ މީސްތަކުން އެކަލޭގެފާނުގެ މައްޗަށް ފުން ހިތާމަ ކުރާނެއެވެ. އާނއެކެވެ. މިފަދައިން މިކަންތައްތައް ހިނގާނެއެވެ! އާމީން.
8ސާހިބުވަންތަ ރަސްކަލާނގެ ވަޙީކުރެއްވިއެވެ. ”އަހަރެންނަކީ އަލްފާ އަދި އޮމޭގާ.#1:8 އަހަރެންނަކީ އަލްފާ އަދި އޮމޭގާ. އަލްފާ އާއި އޮމޭގާ އަކީ ގުރީކުބަހުގެ ފުރަތަމަ އަކުރާއި އެންމެ ފަހުގެ އަކުރެވެ. އަދި އަހަރެންނަކީ މިހިނދުގައިމެ ވޮޑިގެންވާ، މާޒީގައި ވޮޑިގެންވި އަދި މުސްތަޤްބަލުގައި ވެސް އަބަދަށްމެ ވޮޑިގެންވާނެ ކުޅަދުންވަންތަ މާތްރަސްކަލާނގެ.“
އީސާގެފާނު ފެނިވަޑައިގަތުން
9އަހަރެންނީ ތިޔަބައިމީހުންގެ އަޚު، ޔޫޙަންނާއެވެ. އަލްމަސީޙުގެ ރަސްކަންފުޅުގައި ވޭން ތަޙައްމަލުކުރުމުގައި ޙިއްސާވާ އަދި އެކަލޭގެފާނު ދެއްވާ ކެތްތެރިކަމުގައި ކުރިޔަށް ދާ ތިޔަބައިމީހުންގެ ބައިވެރިޔަކީމެވެ. އަހަރެން ޕާތުމޮސް ކިޔާ ރަށަށް އަރުވާލީ މާތްރަސްކަލާނގެ ބަސްފުޅުންނާއި އަދި އީސާގެފާނުގެ ހެޔޮ ޚަބަރުފުޅުން ވަޢުޡު އިއްވަމުން ދިއުމުގެ ސަބަބުންނެވެ. 10މާތްސާހިބާގެ ދުވަހުގައި#1:10 މާތްސާހިބާގެ ދުވަހުގައި މާތްސާހިބާގެ ދުވަހަކީ އާދިއްތަ ދުވަހެވެ. މަސީޙީން އެދުވަހު އެއްތަންވެ އަޅުކަން ކުރަމުން ދަނީ އެދުވަސް އެއީ އީސާގެފާނު އަލުން ދިރިވަޑައިގެންނެވި ދުވަސް ކަމުގައި ވާތީއެވެ. މާތްރޫޙުފުޅުގެ ބާރުފުޅުން އަހަރެން ފުރިގެން ވިއެވެ. އަދި ތާޅަފިލީގެ އަޑުފަދަ ގަދަ އަޑެއް އަހަރެންނަށް އިވުނެވެ. އެ ހިނދު އެއަޑު އަހަރެންގެ ފުރަގަހުން ވާހަކަ ދައްކަމުން ދިޔައެވެ. 11އެއަޑު އަހަރެންނަށް ބުންޏެވެ. ”ތިބާއަށް ފެންނަ އެންމެހާ ކަންތައް ފޮތެއްގައި ލިޔެ މި ހަތް ސަހަރުގެ މަސީޙީ ޖަމާޢަތްތަކަށް ފޮނުވާ. އެއީ: އެފޭސުސް، އިޒުމީރު، ޕެރުގަމޫމު، ތިޔާތިރާ، ސަރުދީސް، ފިލަދެލްފިޔާ އަދި ލަވުދީކިޔާ.“
12އަހަރެންނާއި ވާހަކަ ދެއްކީ ކާކުތޯ ބެލުމަށް ފަސްއެނބުރި ވަށައިގެން އަހަރެން ބެލީމެވެ. އެ ހިނދު އަހަރެންނަށް ފެނުނީ ދިއްލާފައިވާ ބައްތި ބަހައްޓާ ރަނުގެ ހަތް ހަރެވެ. 13އަދި އެ ތަކެތީގެ މެދުގައި އިންސާނާގެ ދަރިކަލުން ފަދަ މީހަކު ވިއެވެ. އެމީހަކު ލައިގެން ހުރި ރިދާކޮޅު އެމީހެއްގެ ފައިތިލައާއި ހަމައަށް ދިގުވެގެންވިއެވެ. އަދި މޭމަތީގައި ވަށައިގެން ރަން ބާސްކީއްޔެއް އަޅާފައިވިއެވެ. 14އެމީހެއްގެ އިސްތަށިގަނޑު ކަފަ ފަދައިން ނުހަނު ހުދު ކުލައިގައި ވިއެވެ. އަދި އެމީހެއްގެ ލޯ ވަނީ އަލިފާނުގެ ހުޅުކޮޅެއް ފަދައިންނެވެ. 15ވިރުވާފަ އޮފްއަރުވާފައިވާ ރަތުލޮއި ފަދައިން އެމީހެއްގެ ފައިތިލަ ވިދާ ބަބުޅައެވެ. އަދި އެމީހެއްގެ އަޑުގައި ވަނީ ގަދަފަދަ ކޮޅިގަނޑެއްގެ ވިއްސާރައިގެ އަޑުފަދަ އަޑެކެވެ. 16އެމީހެއްގެ ކަނާއަތުގައި ހަތް ތަރި ވިއެވެ. އަދި ދެމިޔަލީ ތޫނު ކަނޑިއެއް އެމީހެއްގެ އަނގައިގެ ތެރެއިން ނުކުތެވެ. އެމީހެއްގެ މޫނު މެންދުރު ވަގުތުގެ އިރު ބަބުޅާ ފަދައިން ބަބުޅައެވެ.
17އަހަރެންނަށް އެމީހަކު ފެނުނު ހިނދު މަރުވެގެން ވެއްޓުނު މީހަކު ފަދައިން އެމީހާގެ ފައިމައްޗަށް ވެއްޓުނީމެވެ. ނަމަވެސް އެމީހާގެ ކަނާއަތުން އަހަރެން ނަންގަވައި ވިދާޅުވިއެވެ. ”ބިރު ނުގަނޭ! އަހަރެންނަކީ އެންމެ ފުރަތަމަ އަދި އެންމެ ފަސް ވެސްމެ. 18އަހަރެންނީ ދާއިމަށް ދެމި ވޮޑިގެންވާނެ ފަރާތް! އަހަރެން މަރުވެދިޔަ. ނަމަވެސް އަހަރެންނީ އަބަދުގެ އަބަދަށް ދިރިދެމި ވޮޑިގެންވާނެ ފަރާތް. މަރުގެ ތަޅުދަނޑި އަހަރެން ހިފަހައްޓަން. އަދި މަރުގެ މަންޒިލްގެ ތަޅުދަނޑިވެސް އަހަރެން ހިފަހައްޓަން. 19ތިބާ ދުށް އެންމެހާ ކަންތައް ލިޔޭ! އެއީ މިހާރު ހިނގާ ކަންތައްތަކާއި، އަދި ކުރިއަށްއޮތް ތާނގައި ހިނގާނެ ކަންތައްތައް. 20ތިބާއަށް އަހަރެންގެ ކަނާއަތުގައި ވަނިކޮށް ފެނުނު ހަތްތަރިއާއި، އަދި ދިއްލާފައިވާ ބައްތި ބަހައްޓާ ރަނުގެ ހަތް ހަރުގެ ފޮރުވިފައިވާ މާނައަކީ މިއީ. އެ ހަތްތަރި ރަމްޒު ކޮށްދެނީ މަސީޙީ ހަތް ޖަމާޢަތުގެ މަލާއިކަތުން. އަދި ދިއްލާފައިވާ ބައްތި ބަހައްޓާ ރަނުގެ ހަތް ހަރު ރަމްޒު ކޮށްދެނީ މަސީޙީ ހަތް ޖަމާޢަތް.“
Currently Selected:
ހާމަކޮށްދެއްވުންތަކެއް 1: ކމ
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
© (Active), Wycliffe Bible Translators, Inc. All rights reserved.

: