ޔަހޫޛާގެ ސިޓީ 1
1
ތަހުނިޔާ
1މި ސިޓީއަކީ އީސާ އަލްމަސީޙުގެ ޚާދިމު އަދި ޔާމިޒުގެ ކޮއްކޮ ޔަހޫޛާ ލިޔެ ފޮނުވާ ސިޓީއެކެވެ.
މި ސިޓީ އަހަރެން މި ލިޔަނީ މާތްރަސްކަލާނގެ، ބައްޕާފުޅު ޚިޔާރު ކުރެއްވި ފަރާތްތަކުގެ ތެރެއިން އެކަލާނގެ އެބަޔަކާ މެދު ލޯބިފުޅުވެވޮޑިގެން އީސާ އަލްމަސީޙުގެ ރައްކާތެރިކަމުގެ ދަށުގައި ބައިތިއްބަވާފައިވާ ހުރިހާ އެންމެންނަށެވެ.
2މާތްރަސްކަލާނގެ ތިޔަ ހުރިހާ އެންމެންނަށް އެކަލާނގެ ރަޙުމަތްފުޅާއި ސުލްޙަވެރިކަން ދެއްވައި ލޯބިވެ ވޮޑިގެންވުން އިތުރު ކުރައްވާށިއެވެ.
ދޮގު އެދުރުންގެ ނުރައްކާތެރިކަން
3މަގޭ ލޮބުވެތި ރަޙުމަތްތެރިންނޭވެ! އަހަރެމެން ޙިއްސާ ކުރަމުން މިގެންދާ ދިންނެވުމާއިމެދު ތިޔަބައިމީހުންނަށް ލިޔަން އަހަރެން ވަރަށް ޝައުޤުވެރިވަމެވެ. ނަމަވެސް މިކަމާއިގުޅިގެން އަހަރެން ތިޔަބައިމީހުންނަށް އެހެން ކަމަކާއި ބެހޭގޮތުން ލިޔަން ވެސް ބޭނުންވެއެވެ. އެއީ އަހަރެމެންގެ ޢަގީދާ ދިފާޢުކުރުމަށް ތިޔަބައިމީހުންގެ ކިބައިން އެދޭ އެދުމުގެ ވާހަކައެވެ. ބަދަލުވުމެއްނެތް ޙަޤީޤީ ރިސާލަތު މާތްކަލާނގެ މުޤައްދަސް ކުރެއްވި މީހުންނާ ހަވާލުކުރަނީ އެންމެ ފަހު ފަހަރަށެވެ. 4އަހަރެން މިފަދައިން ބުނަން ޖެހުނު ސަބަބަކީ ދީނެއް ނެތް ބަޔަކު ތިޔަބައިމީހުންގެ ތެރެއަށް ކަތުރުފަނިތަކެއް ހެން ވަދެގަނެ އެކަލޭގެފާނު އެންގެވި ހެޔޮޚަބަރުފުޅު އޮޅުވާލަމުން ގެންދާތީއެވެ. އެބައިމީހުން ބުނަމުން ދަނީ އަހަރެމެން ނުބައިނުލަފާ ގޮތްގޮތަށް އުޅުނަކަސް މާތްކަލާނގެ މަތިވެރި ނިޢުމަތްފުޅުން އަހަރެމެން ކުށްވެރި ނުކުރައްވާނެ ކަމަށެވެ. އެމީހުން ވަނީ އަހަރެމެންގެ ސާހިބާ އީސާ އަލްމަސީޙު ދޮގުކޮށްފައެވެ. މިފަދަ މީހުންނަށް ހުރި ޢުޤޫބާތުގެ ވާހަކަ މީގެ އެތައް ޒަމާނެއްގެ ކުރީގައި ވެސް ފަތްފުށްތަކުގައި ލިޔެވިފައިވެއެވެ.
5މި ތަކެއްޗަކީ ތިޔަބައިމީހުންނަށް އެނގިފައިވާ ތަކެތި ކަމުގައި ވިޔަސް މި ތަކެތި ތިޔަބައިމީހުންނަށް އަހަރެން ހަނދާން ކޮށްދެމެވެ. އެއީ މާތްރަސްކަލާނގެ އެކަލާނގެ ޚިޔާރު ކުރެއްވި އިސްރާއީލު ބާގައިގެ މީހުން މިޞްރުން ސަލާމަތް ކޮށްދެއްވި ގޮތެވެ.#ނެރުއްވުން 12:51 އަދި އެބައިމީހުންގެ ތެރޭގައި ތިބި އެކަލާނގެއަށް އީމާން ނުވި މީހުން ނައްތަވާލެއްވި ގޮތެވެ. #އަދަދު 14:29-30 6މަލާއިކަތުންނަށް މާތްރަސްކަލާނގެ ދެއްވާފައިވާ މަސްއޫލިއްޔަތުން ބޭރުވެ އެފަރާތްތަކުގެ ގޮވަތިތަކުން ބޭރަށް ނުކުތެވެ. އެ ފަރާތްތައް ވެސް ނިމުމެއް ނުވާ ގޮތުގެ މަތިން ހިލިހިލާ ޖައްސަވައި އަނދިރި ވެގެންވާ ވަޅުތަކުގައި އިންސާފު ގާއިމު ކުރެވޭ ދުވަސް އައުމަށް ދާނދެން ބައިތިއްބާފައި ވެއެވެ. 7ސަދޫމު އާއި ޢަމޫރަތުގެ މަތިންނާއި އަދި އެ ސަހަރުތަކުގެ ކައިރީގައި ވީ އެހެނިހެން ސަހަރުތަކުގެ މަތިން ހަނދާންކުރާށެވެ.#ފެށުން 19:1-24 އެ ސަހަރުތަކުގެ އަހުލުވެރިން ވަނީ ފާހިޝް އަމަލުތައް ކުރުންމަތީގައެވެ. އަދި މިކަންތަކުގެ ތެރޭގައި އެބައިމީހުން ނުކުރާކަ ނުބައިވެގެންވީ ޢަމަލެއް ނުމެނެތްމެއެވެ. އެ ސަހަރުތައް ނެތި ކުރެއްވީ އަލިފާން ފޮނުއްވައެވެ. އެއީ ނުބައިވެގެންވީ ހުރިހާ އެންމެންގެ މައްޗަށް ފޮނުއްވާނޭ ނިމުމެއް ނުވާ އަލިފާނުގެ ގަދަފަދަ ޢުޤޫބާތުގެ މިސާލެއްމެއެވެ.
8މިގޮތުގެ މަތިން މިދީނެއް ނެތް މީހުންނަށް ހުވަފެނުގައި ފެންނަ ސޫރަވުންތަކުން އެމީހުންގެ ނަފްސުތައް ފާފަވެރި ކުރުވައެވެ. މި މީހުން މާތްކަލާނގެ އަންގަވާކަންތަކާ ދެކޮޅުވެރިވެ އުޑުގައި ޖަލާލަތުކަން ލިބިފައިވާ ފަރާތްތަކަށް މަލާމާތް ކުރެއެވެ. 9ނަމަވެސް އެންމެ މަތިވެރި މަލާއިކަތާ މިޚައީލުގެފާނާ ޝައިތާނާއާ ދެމެދު މޫސާގެފާނުގެ ހަށިކޮޅާ ހަވާލުވާނީ ކާކުހޭ ކުރެވުނު ޒުވާބު ތެރޭގައި ވެސް މީކާއީލުގެފާނަކަށް އިބިލީސްއަށް ހުތުރު ބަސްތައް ރައްދުކޮށް ކުށްވެރި ކުރައްވާކަށް ކެރިވަޑައެއް ނުގަތެވެ. އެއާ ޚިލާފަށް މީކާއީލުގެފާނު ހަމައެކަނި ވިދާޅުވީ މިފަދައިންނެވެ. ”މާތްރަސްކަލާނގެ ކަލެއަށް ޢުޤޫބާތް ދެއްވާނެ.“ 10ކަންމިހެން އޮތް އިރު ވެސް މި ދޮގުއެދުރުންނަށް ނޭނގޭ ކަންތަކާ މެދު މަލާމާތާއި ފުރައްސާރަކޮށް ބަދުބަސް ބުނެ ހަދައެވެ. އެބައިމީހުން ކަންތައް ކުރަނީ ބުއްދިއެއް ނެތް ޖަނަވާރުތަކެއް ފަދައިން ހިތަށް އެރިހާ ކަމެކެވެ. އާޚިރުގައި އެފަދަ މީހުން ގެއްލި ހަލާކުވުން ނޫނީ ނެތެވެ. 11ހިތާމައެއް ހުރީ އެމީހުންނަށެވެ! އެބައިމީހުން ނަކަލު ކުރީ ޤާޔިން އޭނާގެ އަޚާ އާއިމެދުގައި ކަންތައްކުރި ގޮތެވެ.#ފެށުން 4:3-8 އަދި ފައިސާގެ ދަހިވެތި ކަމުގައި ބަލްޢާމު ކުރިފަދަ ކުށްތައް ކުރިމެއެވެ.#އަދަދު 22:1-35 ހަމައެހެންމެ މާތްރަސްކަލާނގެ ކިބަފުޅަށް ޤޫރަޙު އުރެދުނު ފަދައިން އެބައިމީހުން އުރެދުމުގެ ސަބަބުން ޤޫރަޙު ނެތިކުރެއްވި ފަދައިން އެބައިމީހުން ވެސް ނެތިކުރައްވާނެއެވެ.#އަދަދު 16:1-35
12ތިޔަބައިމީހުން އީސާގެފާނަށް ލޯބި ފާޅު ކުރުމުގެ ގޮތުން އެއްބައިވަންތަ ގުޅުން ގާއިމު ކުރުމަށް ބާއްވާ ޖާފަތުގެ ތެރޭގައި ކައިބޮއި ހަދާއިރު ރީތި އެއްޗެއްގައި ޖެހިފައިވާ ލައްގަނޑެއްހެން އެމީހުން އެ ރީތި މާހައުލު ޚަރާބު ކުރެއެވެ. އެބައިމީހުން ލަދެއް އަގަލައެއް ނުވާ ބަކަރި ގޮވީންތަކެއް ފަދައެވެ. އެފަދަ މީހުންގެ ބަކަރިތަކަށް ކާން ދޭކަށް ނޫޅޭނެއެވެ. އެމީހުން ބަލާނީ އެމީހުންނަށް ކެވޭތޯއެވެ. އެއީ ވައިރޯޅިއާއެކު ދަތުރުކުރާ ވިލާގަނޑެއް ފަދަ ބަޔެކެވެ. އެޔަކުން ބިމަކަށް ވާރެއެއް ނުވެހެއެވެ. އެމީހުން ޚަރީފު މޫސުމުގެ ފަތްތަކެއް ފަދައެވެ. އެ ފަތްތައް ހުންނަނީ މަރުވެ ހިކިފައެވެ. އެއީ މުލުން ލުހެލެވިފައިވާ މޭވާ ނާޅާ ގަސްތަކެއް ފަދަ ބަޔެކެވެ. 13އެބައިމީހުންގެ ލަދުޙަޔާތްކުޑަ އަމަލުތައް ގަދަ ކަނޑުގެ ބިޔަ ރާޅުތަކުން ހަޑި ފޮނުތަކެއް ހެން އަރައެވެ. ހަމައެހެންމެ މިސްރާބުގެއްލިގެން ދާ ތަރިތަކެއްފަދައިން އެއަށް ޚާއްސަ ކުރެވިފައިވާ އެންމެ ފުން އަނދިރިކަމުގެ ތެރެއަށް ވަދެ ފަނާވެގެން ދެއެވެ.
14އާދަމްގެފާނުގެ ފަހުން އައި ހަތްވަނަ ދަރިކޮޅުން ވަޑައިގެންނެވި އިދުރީސްގެފާނު#ފެށުން 5:18،21-24 އެމީހުންނާމެދު ވިދާޅުވި ޣައިބުގެ ބަސްފުޅުތައް ދެކެބަލާށެވެ. ”މާތްސާހިބާ ވަޑައިގަންނަވާނީ އަދަދު ނުކުރެވޭހާ ގިނަ ހާސް މަލާއިކަތުންނާއި އެކުގައެވެ. 15އެކަލޭގެފާނު ވަޑައިގަންނަވާނީ ހުރިހާ އެންމެންގެ މައްޗަށް އިންސާފު ގާއިމު ކުރެއްވުމަށެވެ. އަދި ކަލެއް ނެތް ކަމަށް ދެކެގެން ނުބައިކަންތައް ކުރި މީހުންނާއި ކަލެއް ނެތް ކަމަށް ދެކެ ފާފަކޮށް އެކަލާނގެއާ ދެކޮޅުވެރި ބަސްތައް ބުނި ހުރިހާ އެންމެން ކުށްވެރި ކުރެއްވުމަށެވެ.“
16މި ދޮގުއެދުރުންނަކީ އަނެކުންގެ ކުށް ހޯދައި ޝަކުވާކޮށް ހަދާ މީހުންނެވެ. އެމީހުން ދާނީ އެމީހުން ހިތުގައި އޮންނަ ހުތުރު އެދުންތަކުގެ ފަހަތުންނެވެ. އަދި މިފަދަ މީހުން ސަޅިބައިސާ ކަނޑައި އަނެކުން އެމީހުންނާ ދިމާއަށް ލެންބުމަށް ޚުޝާމަދުކޮށް ހަދައެވެ.
އިންޒާރާއި އިރުޝާދު
17އަހަރެންގެ ލޮބުވެތި އެކުވެރިންނޭވެ! ތިޔަބައިމީހުން ހަނދާނުގައި ބަހައްޓަންވީ އަހަރެމެންގެ މާތްސާހިބާ އީސާ އަލްމަސީޙުގެ މަންދޫބުން ތިޔަބައިމީހުންނަށް އުނގަންނައިދިން ތަކެއްޗެވެ. 18އެބޭކަލުން ތިޔަބައިމީހުންނަށް މިފަދައިން ބުނިމެއެވެ. ”ފަހުޒަމާނަށް އައިސް މީސްތަކުން މާތްރަސްކަލާނގެ ކިބަފުޅަށް މަލާމާތްކޮށް ހީނހަދާނޭ. އަދި އެބައިމީހުން ބަލަމުން ގެންދާނީ ޣައިރުދީނުގެ މީހުންގެ އަމިއްލަ އެދުންތަކުގައިވި ފާޙިޝް އަމަލުތަކަށޭ.“#ޕަތަރަސްގެ ދެވަނަ ސިޓީ 3:3 19އެފަދަމީހުން މިއަދު ފައުޅުވެ ތިޔަބައިމީހުންގެ ތެރޭގައި ބައިބައިކުރުން އުފައްދައިފިއެވެ. އެބައިމީހުން ކުރަމުން ދަނީ ހިތަށް އެރިހާ ކަމެކެވެ. އެއީ އެބައިމީހުންގެ ކިބައިގައި މާތްރަސްކަލާނގެ މާތްރޫޙުފުޅު ނެތުމާއެކު ވެސް މެއެވެ.
20ނަމަވެސް ލޮބުވެތި އެކުވެރިންނޭވެ! ތިޔަބައިމީހުން އީސާއީ ދީނުގެ އަގީދާގެ މަތީ ކުރިއަރަމުން ގެންދާށެވެ. މާތްރަސްކަލާނގެ މާތްރޫޙުފުޅުގެ ވާގިވެރިކަމާ އެކު ދުޢާ ކުރަމުން ގެންދާށެވެ. 21އަދި ތިޔަބައިމީހުން މާތްރަސްކަލާނގެ ލޯބިފުޅާއެކު އުޅެމުން ގެންދާށެވެ. އަދި މާތްސާހިބާ އީސާ އަލްމަސީޙުގެ ރަޙުމަތާއެކު ތިޔަބައިމީހުންނަށް ނިމުންނުވާ ޙަޔާތް ދެއްވާނެ ދުވަހަކަށް ބަލަބަލައި ތިބޭށެވެ.
22ޝައްކުގެ މަތީގައި ތިބި މީހުންނަށް ރަޙުމް ބަހައްޓާށެވެ. 23އެހެން މީހުން އަލިފާނުގައި ނެތި ދިޔުމުގެ ކުރިން އެމީހުން ޖަހައިގަނެ ސަލާމަތްކޮށްދޭށެވެ. އަނެއް މީހުންނަށް ސަމާލުވެ ތިބެ ހަމްދަރުދީވާށެވެ. އެމީހުންގެ ދިރިއުޅުން ޚަރާބުކުރާ ފާފަތަކާ މެދު ނަފްރަތު ވަމުންނެވެ.
24ތިޔަބައިމީހުން ކައްސައިލިޔަނުދީ އެހީތެރިވުމުގެ ކުޅަދާނަކަން ލިބިވޮޑިގެން ވަނީ މާތްރަސްކަލާނގެ ކިބަފުޅަށެވެ. ތިޔަބައިމީހުން ކުށެއް ނެތި މާތްކަލާނގެ ޖަލާލަތުވަންތަ ޙަޟްރަތުގައި އުފަލުން ފުރިގެން ވާނެ ގޮތް މެދުވެރި ކުރައްވަނީ އެކަލާނގެއެވެ. 25ހުރިހާ ޖަލާލަތަކާއި، ޢިއްޒަތަކާއި، ބާރަކާއި، އަމުރުވެރިކަމެއް ފެށުނީއްސުރެން ދާއިމަށް މިލްކުވެގެން ވަނީ އަހަރެމެންގެ މާތްސާހިބާ އީސާ އަލްމަސީޙު މެދުވެރި ކުރައްވައި އަހަރެމެންނަށް ދިންނެވުން ދެއްވާ ފަރާތް، މާތްރަސްކަލާނގެ ކިބަފުޅަށެވެ. އާމީން!
Currently Selected:
ޔަހޫޛާގެ ސިޓީ 1: ކމ
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
© (Active), Wycliffe Bible Translators, Inc. All rights reserved.

: