YouVersion Logo
Search Icon

މައްތާ 1

1
އީސާ އަލްމަސީޙުގެ ކާބަފައިން
1މިއީ އީސާ އަލްމަސީޙުގެ ކާބަފައިންގެ ތާރީޚެވެ. އެކަލޭގެފާނު ވަޑައިގެންނެވީ ދާއޫދުގެފާނުގެ އާއިލާއިންނެވެ. އަދި ދާއޫދުގެފާނު ވަޑައިގެންނެވީ އިބްރާހީމްގެފާނުގެ އާއިލާއިންނެވެ.
2އިބްރާހީމްގެފާނީ އިސްޙާޤުގެފާނުގެ ބަފައިކަލުންނެވެ. އިސްޙާޤުގެފާނީ ޔަޢުޤޫބުގެފާނުގެ ބަފައިކަލުންނެވެ. ޔަޢުޤޫބުގެފާނީ ޔަހޫޛާ އާއި އޭނާގެ އަޚުންގެ ބަފައިކަލުންނެވެ.
3ޔަހޫޛާއަކީ ފާރަޞް އާއި ޒެރާހުގެ ބަފައިކަލުންނެވެ. (އެބައިމީހުންގެ މައިކަނބަލަކީ ތާމާރު އެވެ.) ފާރަޞް އަކީ ހެޒުރޯންގެ ބަފައިކަލުންނެވެ. ހެޒުރޯން އަކީ އާރާމުގެ ބަފައިކަލުންނެވެ.
4އާރާމު އަކީ ޢައްމީނާދާބުގެ ބަފައިކަލުންނެވެ. ޢައްމީނާދާބުއަކީ ނަޙްޝޫނުގެ ބަފައިކަލުންނެވެ. ނަޙްޝޫންއަކީ ސަލްމޫންގެ ބަފައިކަލުންނެވެ.
5ސަލްމޫން އަކީ ބޫޢަޒުގެ ބަފައިކަލުންނެވެ. (ބޫޢަޒުގެ މައިކަނބަލަކީ ރާޙާބު އެވެ.) ބޫޢަޒު އަކީ ޢޫބީދުގެ ބަފައިކަލުންނެވެ. (ޢޫބީދުގެ މައިކަނބަލަކީ ރާޢޫޘުއެވެ.) ޢޫބީދު އަކީ ޔައްސާގެ ބަފައިކަލުންނެވެ.
6ޔައްސާއަކީ ދާއޫދު ރަސްގެފާނުގެ ބަފައިކަލުންނެވެ. ދާއޫދުގެފާނަކީ ސުލައިމާނުގެފާނުގެ ބަފައިކަލުންނެވެ. (ސުލައިމާނުގެފާނުގެ މައިކަނބަލަކީ ކުރީން އޫރިއްޔާގެ އަނބިމީހާއެވެ.)
7ސުލައިމާނުގެފާނަކީ ރަޙުބްޢާމުގެ ބަފައިކަލުންނެވެ. ރަޙުބްޢާމް އަކީ އަބިއްޔާގެ ބަފައިކަލުންނެވެ. އަބިއްޔާ އަކީ އާއްސާގެ ބަފައިކަލުންނެވެ.
8އާއްސާ އަކީ ޔަހޫޝާފާތުގެ ބަފައިކަލުންނެވެ. ޔަހޫޝާފާތު އަކީ ޔޫރާމުގެ ބަފައިކަލުންނެވެ. ޔޫރާމު އަކީ ޢުއްޒިއްޔާގެ ބަފައިކަލުންނެވެ.
9ޢުއްޒިއްޔާ އަކީ ޔޫޘާމުގެ ބަފައިކަލުންނެވެ. ޔޫޘާމު އަކީ އަޙާޒުގެ ބަފައިކަލުންނެވެ. އަޙާޒު އަކީ ޙަޒުޤިއްޔާގެ ބަފައިކަލުންނެވެ.
10ޙަޒުޤިއްޔާ އަކީ މަނައްސާގެ ބަފައިކަލުންނެވެ. މަނައްސާ އަކީ އަމޫނުގެ ބަފައިކަލުންނެވެ. އަމޫނު އަކީ ޔޫޝިއްޔާގެ ބަފައިކަލުންނެވެ.
11ޔޫޝިއްޔާ އަކީ ޖެކޮނިޔާހު އާއި އޭނާގެ އަޚުންގެ ބަފައިކަލުންނެވެ. (މިއީ ބަނީއިސްރާއީލުގެ އަހުލުވެރިން އަސީރުންގެ ގޮތުގައި ބާބިލަށް ގެންދިޔަ ދުވަސްވަރެވެ.)
12އެއަށްފަހު އެމީހުން ބާބިލުން އެނބުރި އިސްރާއީލަށް އައިއެވެ. ޖެކޮނިޔާހު އަކީ ޝައަލްތިއީލްގެ ބަފައިކަލުންނެވެ. ޝައަލްތިއީލް އަކީ ޒަރުބާބިލުގެ ބަފައިކަލުންނެވެ.
13ޒަރުބާބިލުއަކީ އަބީހޫދުގެ ބަފައިކަލުންނެވެ. އަބީހޫދު އަކީ އެލިޔާކީމްގެ ބަފައިކަލުންނެވެ. އެލިޔާކީމް އަކީ އަޒޯރުގެ ބަފައިކަލުންނެވެ.
14އަޒޯރު އަކީ ޒަދޯކުގެ ބަފައިކަލުންނެވެ. ޒަދޯކު އަކީ އަޚީމުގެ ބަފައިކަލުންނެވެ. އަޚީމު އަކީ އެލިހޫދުގެ ބަފައިކަލުންނެވެ.
15އެލިހޫދު އަކީ އެލިޔަޒާރުގެ ބަފައިކަލުންނެވެ. އެލިޔަޒާރަކީ މައްތާނުގެ ބަފައިކަލުންނެވެ. މައްތާނުއަކީ ޔަޢުޤޫބުގެ ބަފައިކަލުންނެވެ.
16ޔަޢުޤޫބު އަކީ ޔޫސުފުގެ ބަފައިކަލުންނެވެ. ޔޫސުފު އަކީ މަރިޔަމްގެފާނުގެ ފިރިކަލުންނެވެ. އަދި މަރިޔަމްގެފާނަކީ އީސާގެފާނުގެ މައިކަނބަލުންނެވެ.#ލޫކާސް 1‏:26‏-56 އީސާގެފާނުގެ ޚާއްސަ ލަގަބުފުޅަކީ އަލްމަސީޙު އެވެ.#1‏:16 އަލްމަސީޙުގެ މާނައަކީ މާތްރަސްކަލާނގެ ޚިޔާރު ކުރައްވާފައިވާ ރަސްގެފާނެވެ.
17ވީމާ އިބްރާހީމްގެފާނުން ފެށިގެން ދާއޫދުގެފާނާއި ހަމައަށް ސާދަ ޖީލު ހިމެނެއެވެ. އަދި ދާއޫދުގެފާނު ފެށިގެން އެބައިމީހުން ބާބިލަށް ގެންދެވުމާއި ހަމައަށް ވެސް ސާދަ ޖީލު ހިމެނެއެވެ. އަދިހަމައެހެންމެ، އެބައިމީހުން ބާބިލަށް ގެންދެވުމާއި ހަމައިން އަލްމަސީޙުގެ އުފަންވެވަޑައިގަތުމާއި ހަމައަށް ވެސް ސާދަ ޖީލު ވެއެވެ.
އީސާ އަލްމަސީޙު އުފަންވެ ވަޑައިގެންނެވުން
18އީސާ އަލްމަސީޙު އުފަންވެ ވަޑައިގަތް ހާދިސާ ހިނގީ މިފަދައިންނެވެ. އެކަލޭގެފާނުގެ މައިކަމަނާ މަރިޔަމްގެފާނު އޭރު ވަނީ ޔޫސުފު ކިޔާ މީހަކާއި ކައިވެނި ކުރެއްވުމަށް ޓަކައި ރަންކިޔާފައެވެ. ނަމަވެސް އެމީހުން ކައިވެނި ކުރުމުގެ ކުރިން މަރިޔަމްގެފާނު އާލާސްވެ އިންނެވިއެވެ. އެކަމަނާ އާލާސްވެ އިންނެވީ މާތްރަސްކަލާނގެ މަތިވެރި ރޫޙުފުޅުންނެވެ. 19މަރިޔަމްގެފާނުގެ ފިރިމީހާ ޔޫސުފަކީ ނުހަނު ސާލިޙު މީހެކެވެ. ޢާންމުންގެ ކުރިމަތީގައި މަރިޔަމްގެފާނު ފަޟީޙަތްކޮށްލައި ހަދާކަށް އޭނާ ބޭނުމެއް ނުވެއެވެ. އެހެންވީމާ ކައިވެނި ކުރުމަށް ޓަކައި މަރިޔަމްގެފާނު ކިޔާފައިވާ ރަންކަނޑައިލައި ސިއްރު ގޮތެއްގައި ކައިވެނި ރޫޅާލުމަށް އޭނާ ނިންމިއެވެ. 20ނަމަވެސް ޔޫސުފު މި ގޮތަށް ނިންމުމަށް ހިތަށް އެރި ހިނދު، ޔޫސުފުއަށް ހުވަފެނުގައި މާތްރަސްކަލާނގެ މަލާއިކަތާ ވަޑައިގެން މިފަދައިން ވިދާޅުވާތީ ފެނުނެވެ. ”⁠ދާއޫދުގެފާނުގެ ދަރިކޮޅުގެ ޔޫސުފު. މަރިޔަމްގެފާނާއި ކައިވެނި ކުރުމަށް ތިބާ ބިރުވެތިނުވޭ. އެކަމަނާ އާލާސްވެ އިންނެވީ މާތްރަސްކަލާނގެ މާތްރޫޙުފުޅުން. 21އެކަމަނާ ފިރިހެން ދަރިކަލަކައިގެން ރައްކައުވެ ވަޑައިގަންނަވާނެ. ތިބާ އެދަރިކަލުންނަށް އީސާ އޭ ކިޔައި ނަން ދީ. އެ ދަރިކަލުންނަށް މިފަދައިން ނަންދޭންވި ސަބަބަކީ އެ ކަލޭގެފާނުގެ އަހުލުންގެ ފާފަތަކުން އެކަލޭގެފާނު، އެ އަހުލުން ސަލާމަތްކޮށްދެއްވާނޭތީ.⁠“ 22‏-23މި ހުރިހާކަމެއް ހިނގައި ނިމިދާހުށީ ނަބީބޭކަލަކު މެދުވެރި ކުރައްވާ މާތްރަސްކަލާނގެ ވަޙީކުރައްވާފައިވާ ގޮތުގައެވެ. އެކަލާނގެ ވަޙީ ކުރެއްވިއެވެ. ”⁠ނިކަން ބައްލަވާ! ބިކުރުވެރި ކަނބުލޭގެއަކު އާލާސްވެ އިންނަވާ ފިރިހެން ދަރިކަލަކާއިގެން ރައްކައުވެ ވަޑައިގަންނަވާ ހުއްޓެވެ. އެ ދަރިކަލުންގެ ނަންފުޅަކަށް އެބައިމީހުން ދޭނީ ޢިންމާނޫޢީލް އެވެ.⁠“#އިޝަޢުޔާ 7‏:14 (އެނަމުގެ މާނައަކީ ”⁠މާތްކަލާނގެ އަހަރެމެންނާއެކު ވޮޑިގެންވޭ⁠“ މިހެންނެވެ.) 24ޔޫސުފުއަށް ހޭލެވުމުން މާތްރަސްކަލާނގެ މަލާއިކަތާ ވިދާޅުވި ފަދައިން އޭނާ އަމަލު ކުރިއެވެ. އޭނާ މަރިޔަމްގެފާނާއި ކައިވެނި ކުރެއްވިއެވެ. 25ނަމަވެސް މަރިޔަމްގެފާނު އެ ދަރިކަލުންނާއިގެން ރައްކައުވެ ވަޑައިގެންނެވުމަށް ދާންދެން އޭނާ މަރިޔަމްގެފާނާއި އެއްދާން ނުކުރޭމެއެވެ. އަދި އެ ދަރިކަލުންގެ ނަމަކަށް އީސާގެ ނަމުން ނަން ދެއްވިއެވެ.

Currently Selected:

މައްތާ 1: ކމ

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy