YouVersion Logo
Search Icon

ތިމޮތީއަށް ދެވަނަ ސިޓީ 3

3
ފަހުޒަމާނުގައި މީސްތަކުންގެ އަމަލުތައް ހުންނާނެ ގޮތް
1ތިމޮތީއެވެ. މިކަންތައް ތިބާއަށް ވެސް އެނގެންޖެހެއެވެ. އެންމެ ފަހު ދުވަސްތައް ގުނެމުން ދާއިރު އެއީ އުނދަގޫ ވަގުތުތަކެއް ކަމުގައިވާނެއެވެ. 2އިންސާނުން ހަމައެކަނި ލޯބި ކުރާނީ އެބައިމީހުންގެ އަމިއްލަ ނަފުސާއި އެމީހުންގެ މުއްސަނދި ކަމަށެވެ. އެމީހުންނަކީ ފޮނި ކަނޑައި ބޮޑާކަން މަތީގައި ތިބެ މާތްކަލާނގެއަށް މަލާމާތްކޮށް ހަދައެވެ. އަދި މައިންބަފައިންނަށް ނުކިޔަމަންތެރިވެއެވެ. އެމީހުންނަކީ ޝުކުރު ކުރުމެއް އަދި ދީނެއް ވެސް ނެތް ބައެކެވެ. 3އަދި ހިތުގައި ލޯތްބާއި މަޢާފު ދިނިމެއް ނުވާ ޙާލުގައެވެ. އަމިއްލަ ނަފްސުގެ މައްޗަށް ބާރު ފޯރުވުމެއް ނެތި މީހުންގެ އަނބުރާ ބެހުމުގައެވެ. އަނިޔާވެރިވެ ހެޔޮ ކަންތަކަށް ނަފްރަތު ކުރުމުގައެވެ. 4ރަޙުމަތްތެރިންނަށް ޚިޔާނާތްތެރިވެ، ކަންކަމަށް ފަރުވާކުޑަކޮށް، ފަޚުރުވެރިކަން އިންތިހާގައެވެ. މާތްރަސްކަލާނގެދެކެ ލޯބި ވުމުގެ ބަދަލުގައި މަޖަލަށް ލޯބި ކުރާނެއެވެ. 5މީގެ އިތުރުން ދީންވެރިން ކަމުގައި ހެދިގެން އުޅޭނެއެވެ. އެހެނަސް މާތްރަސްކަލާނގެ މާތްރޫޙުފުޅުގެ އެމީހުންގެ ކިބައިގައި ނެތިގެންވެއެވެ. މިފަދަ މީހުންނާއި ތިބާ އެކަހެރިވެގެން ހުންނާށެވެ.
6މިފަދަ ބައެއް މީހުން ގޭގެއަށް ގޮސް އެގޭގައި އުޅޭ ފާފަތަކުގެ ޝިކާރައަކަށްވެ އަދި ފާހިޝް އެދުންތަކުން ކަޅިވެފައިވާ ބަލިކަށި އަންހެނުންތައް ހައްލާލައެވެ. 7މިފަދަ އަންހެނުން އަބަދުވެސް އާ ތަކެތި އެނގެން ބޭނުންވެއެވެ. އެހެނަސް އެމީހުންނަށް ތެދު ޙަޤީޤަތަކީ ކޮބައިކަން އެނގިގެން ނުވެއެވެ. 8އަދި މިފަދަ އެދުރުން ތެދާއިމެދު ދެކޮޅުހަދާނެއެވެ. މި ބުނެވިދިޔަ ފަދައިން ޔައްނީސް އާއި ޔަމްބިރީސް މޫސާގެފާނާއި ދެކޮޅުވެރި ވިއެވެ.#3‏:8 ޔައްނީސް އާއި ޔަމްބިރީސްއަކީ މޫސާގެފާނާ އިދިކޮޅަށް ސިހުރު ހާހޫރަ ހަދާ އުޅުނު މީހުންނެވެ. އަދި މިފަދަ މީހުންނަކީ ތެދު ޙަޤީޤަތާއި އިދިކޮޅު ޢަދާވާތްތެރިންނެވެ. އެބައިމީހުންގެ ބުއްދިވަނީ ފާޙިޝް ޚިޔާލުތަކުން ފުރިފައެވެ. އެމީހުންގެ ކިބައިން ފެނުނީ އަސްލެއް ނުވާ އީމާންތެރިކަމެކެވެ. 9އެމީހުންނަކަށް މާބޮޑު ކާމިޔާބީއެއް މިކަމުގައި ލިބުމެއް ނެތެވެ. އެހެނީ އެމީހުންގެ މޮޔަކަން ޔައްނީސް އާއި ޔަމްބިރީސްއާ މެދު ކަންތައް ވީފަދައިން އެންމެންނަށް ފާޅުގެން ހިނގައިދާނެއެވެ.
ޕައުލްގެ އެންމެ ފަހުގެ އިރުޝާދު
10ތިމޮތީއެވެ. އަހަރެން އުނގަންނައިދިން ތަކެތި ތިބާއަށް އެނގި އެތަކެތި ބަލައިގެން ކުރިޔަށްދިއުން އެދެމެވެ. އަދި އަހަރެން ދިރި އުޅެނީ ކިހިނަކުންކަމާއި އަހަރެންގެ ޙަޔާތުގެ މަގުސަދަކީ ކޮބައިކަމާއި އަހަރެންގެ އީމާންތެރިކަން ހުރި މިންވަރުގެ އިތުރުން ވޭންދެނިވި ގޮތުގައި އަހަރެން ކެތްތެރިކަމާއެކު ވޭތުކުރީ ކިހާ ދުވަހެއްކަން ވެސް ތިބާއަށް އެނގޭނެއެވެ. އަހަރެންގެ ހިތުގައިވާ ލޯތްބާއި މި މަސައްކަތުގައި އަހަރެން ކުރިއަށްދާ ގޮތް ވެސް ތިބާއަށް އެނގޭނެއެވެ. 11ބޭއިންސާފުން އަހަންނަށް އަނިޔާ ލިބި ވޭނުގައި ވީއިރު ވެސް އަހަރެން މި މަސައްކަތުގައި ކުރިޔަށް ދިޔަކަމާއި އަދި ބެއިންސާފުން އަހަންނަށް ޕިސީދިޔާގެ އަންތީޔޮކު، އިކޯނިޔުމް، ލިސްތުރާގައި ލިބުނު އަނިޔާ ތިބާއަށް ރަނގަޅަށް އެނގިގެންވާނެއެވެ. މާތްސާހިބާ އެ ހުރިހާ މުސީބާތްތަކުން އަހަރެން ސަލާމަތް ކޮށްދެއްވިއެވެ. 12އީސާ އަލްމަސީޙާއި އެކުގައިވެ ދީންމަތީ ދިރިއުޅެމުން ގެންދަން އެދޭ ކޮންމެ މީހަކުމެ ވޭނާއި ބޭއިންސާފުވެރިކަމާ ކުރިމަތިލާން ޖެހޭނެއެވެ. 13އެކަމަކު ނުބައިނުލަފާ މީހުންނާއި ދޯކާދޭ މީހުންގެ މިއަމަލުތައް އިތުރުވެގެން ދާނެއެވެ. އެމީހުން އެހެން މީހުންނަށް އޮޅުވާލައި ދޯކާދެމުން ގޮސް ޚުދު އެ މީހުންނަށް ވެސް މީހުން ކަންތައް އޮޅުވާލާފާނެއެވެ.
14ތިބާއަށް ދަސްވެ ޔަޤީންވެފައިވާ ކަންތައް ކުރުންމަތީ ދެމިހުންނާށެވެ. އެހެނީ އެކަންތައް ތިބާއަށް ދަސްކޮށްދިނީ ކޮންފަރާތެއްކަން ތިބާއަށް އެނގޭނެ މެއެވެ. 15ތިބާ ތުއްތު އިރުންސުރެން މުޤައްދަސް ފަތްފުށްތައް ތިބާ ދިޔައީ އުނގެނެމުންނެވެ. އެތަކެތިން ތިބާއަށް އެނގިގެންވީ ޙިކުމަތާއި ދިންނެވުން ލިބިދެނީ އީސާ އަލްމަސީޙާއި މެދުގައި ވީ ފުރިހަމަ އިތުބާރަކުން ކަމުގައެވެ. 16މި ހުރިހާ ފަތްފުށްތަކަކަކީ މާތްރަސްކަލާނގެ ދެއްވި ހިދާޔަތުގެ މަތިން ލިޔެވިފައިވީ ބަސްފުޅު ތަކެވެ. މިހުރިހާ ފަތްފުށްތަކެއް އަންގައިދިނުން މުހިންމު ވެގެން ވަނީ މީސްތަކުންނަށް ތެދުމަގު ދައްކައި ދިނުމާއި މީސްތަކުން ނޭދެވޭ އަމަލުތަކުން އެއްކިބާ ކުރުވުމަށް ނަސޭހަތްތެރިވެ އިސްލާޙު ކުރުމާއި ހެޔޮގޮތުގައި ދިރިއުޅުމަށް އިރުޝާދު ދިނުމެވެ. 17މި ފަތްފުށްތައް މާތްރަސްކަލާނގެ ޚާދިމުންނަށް ހެޔޮ ގޮތުގައި ހުރިހާ ރަނގަޅު ކަމެއް ކުރުމަށް ދަސްކޮށް ދެއެވެ.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in