ތިމޮތީއަށް ދެވަނަ ސިޓީ 2
2
އީސާ އަލްމަސީޙުގެ ރަނގަޅު އަސްކަރީޔާ
1އެހެންވީމާ މަގޭ ދަރިފުޅާއެވެ. އީސާ އަލްމަސީޙުގެ ނިޢުމަތްފުޅުން ބާރު ލިބިގަންނާށެވެ. 2އަހަރެން ކިޔަވައިދިން ކަންތައް ވަރަށްގިނަ ހެކިވެރިންނާއެކު ތިބާއަށް ވާނީ އަޑުއިވިފައެވެ. އަހަރެން އެދެނީ އަހަރެން އެ ދަސްކޮށްދިން ކަންތައް އެހެންމީހުންނަށް އުނގަންނައިދެވޭނެ އިތުބާރު ހުރި ތިބި ބަޔަކަށް އެވާހަކަތައް ކިޔައިދިނުމަށެވެ.
3މުސީބާތްތައް ކުރިމަތި ވިޔަސް އަހަރެންނެކޭ އެއްފަދައިން އީސާ އަލްމަސީޙުގެ ރަނގަޅު އަސްކަރީއެއްގެ ގޮތުގައި ވޭނާ ކުރިމަތިލާށެވެ. 4އެފަދަ އަސްކަރީންނަކީ ދުވަހުން ދުވަހަށް ދިމާވާ ޙާދިސާތަކަށް ނުބަލާ މަސްއޫލިއްޔަތާއި ޒިންމާ އުފުލާ މީހުންނެވެ. އަދި ލަޝްކަރުގެ ކޮމާންޑަރުން ހިތްރުހޭ ފަދަ ބަޔަކަށް ވުމަށް ވެސް އެމީހުން ގަދައަޅައެވެ. 5ކުޅިވަރު މުބާރާތެއްގައި ގަވާއިދުތަކަށް ބޯ ނުލަނބާ އެއްވެސް ކުޅުންތެރިއަކަށް ކާމިޔާބެއް ނުލިބޭނެއެވެ. 6ގަދައަޅާ މަސައްކަތްކުރާ ދަނޑުވެރިން އެބައިމީހުންގެ ދަނޑުތަކުން ލިބޭ ގޮވާމުގެ އުފާ ފުރަތަމަ ކުރާނެ ބަޔަކީ ހަމަ އެ ދަނޑުވެރިންނެވެ. 7އަހަރެން މި ބުނެދޭ އެއްޗަކާއިމެދު ވިސްނާނަމަ މި ހުރިހާ ތަކެއްޗެއް ތިބާއަށް އެނގުމުގައި މާތްރަސްކަލާނގެ އެހީތެރިވެ ދެއްވާނެއެވެ.
8ހަނދާން ނައްތާނުލަށެވެ. އީސާ އަލްމަސީޙަކީ ދާއޫދުގެފާނުގެ ދަރިކޮޅުން އުފަންވެ ވަޑައިގެންނެވި ބޭކަލެކެވެ. އަދި އެކަލޭގެފާނު އަވަހާރަވެ ވަޑައިގަތުމަށް ފަހު އަލުން ދިރިވަޑައިގެންނެވިއެވެ. އަހަރެން އަންގައިދޭ ހެޔޮޚަބަރުފުޅަކީ މިއީއެވެ. 9އަހަރެން އަންގައިދޭ މި ހެޔޮޚަބަރުފުޅުގެ ސަބަބުން އަހަރެން މިހާރު މިވަނީ ޖިނާއީ ކުށްވެރިއެއް ފަދައިން ހިލިހިލާޖެހި ވޭން ލިބިދޭ ގޮތެއްގައި ހައްޔަރު ވެފައެވެ. ނަމަވެސް މާތްރަސްކަލާނގެ ބަސްފުޅަކު ހިލިލާޖެހި ހައްޔަރެއް ނުކުރެވޭނެއެވެ. 10މިފަދަ ކޮންމެ ދަތިކަމަކަށް ކެތްކުރުމަށް އަހަރެން ތައްޔާރުގައި މިހިރީ މާތްކަލާނގެ ހޮއްވެވި މީހުންނަށް އަލްމަސީޙު އީސާގެފާނު މެދުވެރި ކުރައްވައި ނިމުމެއް ނުވާ ޖަލާލަތުކަމާއެކު ދިންނެވުން ލިބޭނެ ގޮތް ވުމަށްޓަކައެވެ. 11މިއީ އިތުބާރު ކުރެވޭފަދަ ތެދު ޙަޤީޤަތެކެވެ.
އަހަރެމެން އީސާ އަލްމަސީޙާއިއެކު ނިޔާވިނަމަ،
އެކަލޭގެފާނާއިއެކުގައި އަހަރެމެން ދިރި އުޅޭނެއެވެ.
12އަހަރެމެން މުސީބާތަށް ކެތްތެރިވެ ކުރިއަށް ދާނަމަ،
އެކަލޭގެފާނާއެކު އަހަރެމެން ވެރިކުރާނެވެ.
އަހަރެމެން އެކަލޭނގެފާނު އެނގޭކަމަށް އިންކާރު ކޮށްފިނަމަ،
އެކަލޭގެފާނު ވެސް އަހަރެމެން އެނގިވަޑައިގަންނަވާނެ ކަމަށް އިންކާރު ކުރައްވާނެއެވެ.
13އަހަރެމެން އެކަލޭގެފާނާއިމެދު ވަފާތެރި ނުވިކަމުގައި ވިޔަސް،
އެކަލޭގެފާނު ވަފާތެރިވެ ވަޑައިގަންނަވާނެއެވެ.
އެހެނީ ބޭވަފާތެރިވުމަކީ އެކަލޭގެފާނަށް ކުރެއްވޭނެ ކަމެއް ނޫނެވެ.
މާތްރަސްކަލާނގެ އެދެވިގެންވާ ޚާދިމް
14މީސްތަކުންނަށް މިކަންތައް ހަނދާން ކޮށްދޭށެވެ. މާތްރަސްކަލާނގެ ނަންފުޅުމަތީގައި އެބައިމީހުންނަށް އަމުރުކޮށް، ބަސްބަހުގެ މާނައާ މެދު ދެބަސްވުންތައް ދޫކޮށްލުމަށް އަންގާށެވެ. މިފަދަ ދެބަސްވުމަކީ ބޭކާރުކަމެކެވެ. އަދި އެފަދަ ދެބަސްވުންތައް އަޑުއަހާނަމަ އެބަޔަކު ބަރުބާދު ވެދާނެއެވެ. 15މާތްރަސްކަލާނގެ ރުހިވޮޑިގަތުން ލިބޭނެ ފަދައިން ގަދައަޅައި މަސައްކަތް ކުރާށެވެ. އަދި ލަދުވެތިކަމެއް ނެތި މާތްރަސްކަލާނގެ ތެދު ބަސްފުޅު ފުރިހަމައަށް އަންގައިދޭށެވެ. 16ތާކުންތާކުނުޖެހޭ ވާހަކަތަކުން ދުރުހެލިވާށެވެ. އެފަދަ ވާހަކަތައް މީސްތަކުން މާތްކަލާނގެއާ ދުރުހެލި އިތުރު ކުރުވައެވެ. 17ހަމަ ކަށަވަރުން އެފަދަ ވާހަކަތަކަކީ ކެންސަރު ފަދައިން ފެތުރިގެންދާފަދަ ކަމެކެވެ. ހިމެނޭހު އާއި ފިލެތުސް މިކަމުގެ މިސާލެއްގެ ގޮތުގައި ވެއެވެ. 18އެ ދެމީހުން ތެދުމަގުން އެއްކިބާވެ، މަރުވުމަށް ފަހު އަލުން ދިރުއްވުން އަތުވެއްޖެއޭ ކިޔާފައި މީސްތަކުންގެ މެދުގައި ފެތުރި ދޮގު ޚަބަރުތަކުން، އަހަރެމެންގެ ތެރެއިން އީމާންވީ ބައެއް ފަރާތްތަކުގެ އީމާންތެރިކަމާމެދު ނިޔަތް އަރާރުން ކުރުވިއެވެ.
19އެހެނަސް މާތްރަސްކަލާނގެ ބިންގާ ވަނީ ވަރުގަދައަށް ގާއިމުވެފައެވެ. މިބަސްފުޅުތައް ވަނީ އޭގައި ލިޔެވި ބިންވަޅު ނެގިފައެވެ. ”މާތް ސާހިބާ އެކަލޭގެފާނުގެ އަހުލުވެރިން ދެނެވަޑައިގަންނަވައެވެ. އަދި އެކަލޭގެފާނުގެ ނަންފުޅުގައި އަޅުކަންކުރާ މީސްތަކުން އެންމެހާ ނުބައި ކަންތަކުން ދުރުވެގެންވާށެވެ.“
20މުއްސަނދި ބޮޑެތި ގެތަކުގައި، ގެވެހި ކަންވާރުގެ ގޮތުގައި ގެންގުޅެނީ ހަމައެކަނި ރަނާރިހީގެ ކަންވާރުތައް އެކަންޏެއް ނޫނެވެ. ބައެއްފަހަރު ލަކުޑިން ނުވަތަ ކުލޭއިން ހަދާފައިވާ ކަންވާރުތައް ގެންގުޅެއެވެ. މީގެތެރެއިން ބައެއްތަކެތި ޚާއްސަކުރެވި އަދި އަނެއްބައި ތަކެތި ޚާއްސަ ކުރެވިގެން ނުވެއެވެ. 21ތިބާގެ އަމިއްލަ ނަފްސު ނުބައިވެގެންވީ އަމަލުތަކުން ދުރުކޮށް ސާފުތާހިރު ކޮށްގެންފިނަމަ ތިބާ ވާނީ މިފަދަ އަގުހުރި ކަންވާރަކަށެވެ. ތިބާގެ ޙަޔާތްވާނީ މުޤައްދަސް ވެގެންނެވެ. އަދި މާތްސާހިބާ މަގުސަދަށްޓަކައި ކުރެވޭ ހެޔޮއަމަލުތައް ކުރުމަށް އެނަފްސު ވާނީ ތައްޔާރުވެފައި ވެސް މެއެވެ.
22ޒުވާންކަމުގެ ފާހިޝް އެދުންތަކުން އުފެދިދާނެ ވަސްވާސްތަކުން އެކަހެރިވާށެވެ. އެއާ ޚިލާފަށް ސާފު ހިތަކުން ދުޢާ ކުރާ މީހުންނާއި އެކުގައި ޞާލިޙު، ވަފާތެރި އީމާނަކާއި ލޮބުވެތި ސުލްޙަވެރި ދިރިއުޅުމެއް އުޅެމުން ދާށެވެ.
23އަދިވެސް ތަކުރާރުކޮށް ބުނަމެވެ. ޖާހިލު ކަމާއި ބޭކާރު މޮޔަ ވާހަކަތައް ދެއްކުމުން ދުރުހެލިވާށެވެ. މިފަދަ ކަންތައްތަކަކީ މައްސަލަތައް އުފެދުމަށް މަގުފަހި ކުރުވާ ކަންކަމެވެ. 24މާތްސާހިބާގެ ޚާދިމުންނަކީ މައްސަލަތައް އުފައްދާ ބައެއް ނޫނެވެ. އެމީހުންނަކީ މީސްތަކުންނަށް އޯގާތެރި އަދި ކެތްތެރިކަމާއެކު އުނގަންނައި ދެވޭ ފަދަ ބަޔަކަށް ވާންޖެހޭނެއެވެ. 25ދެކޮޅުވެރިން އިސްލާޙު ކުރުމަށް މަޑުމައިތިރި ކަމާއެކު އުނގަންނައިދޭށެވެ. އެއީ މާތްރަސްކަލާނގެ އެފަދަ މީހުންނަށް ތެދު ޙަޤީޤަތް ފެންނާނެ ފަދައިން ވުމަށް އެމީހުންނަށް ތައުބާވުމުގެ ފުރުސަތު ދެއްވާފާނެ ކަމުގެ އުންމީދުގައެވެ. 26އެއީ އެފަދަ މީހުން ޝައިތާނާގެ އަޅުވެތިކަމުގައި ގައިދުވެފައި ތިއްބާ ހަމަވިސްނުންލިބި އެ ދަންތުރައިން މިންޖުވެވޭނެ ފަދައިން ވުމަށްޓަކައި ވެސް މެއެވެ.
Currently Selected:
ތިމޮތީއަށް ދެވަނަ ސިޓީ 2: ކމ
Highlight
Share
Copy

Want to have your highlights saved across all your devices? Sign up or sign in
© (Active), Wycliffe Bible Translators, Inc. All rights reserved.

: