YouVersion Logo
Search Icon

1 ޞަމޫއީލް 4

4
1ޞަމޫއީލްގެ ބަސްތައް އިސްރާއީލުގެ ހުރިހާ ދިމާއަކަށް ފެތުރިގެން ހިނގައްޖެއެވެ.
ފިލިސްޠީނުން މާތް ފޮށިކޮޅު ފޭރިގަތުން
މިހާރު އިސްރާއީލުން ވަނީ ފިލިސްޠީނުންނާ ދެކޮޅަށް ހަނގުރާމައަށް ނުކުމެއެވެ. އިސްރާއީލުންގެ ލަޝްކަރު އިބްނު ޢާޒަރުގައި ރުކުރުވާލިއެވެ. ފިލިސްޠީނުން ފޭލިގެ ޖެހީ އަފީޤުގައެވެ. 2ފިލިސްޠީނުން ބަނީ އިސްރާއީލުންނާ ހަމަލަ ދިނުމަށް ތައްޔާރުވުމާއެކު ހަނގުރާމަ ފެށިއްޖެއެވެ. ފިލިސްޠީނުން އިސްރާއީލުގެ ހަތަރުހާސް ސިފައިން މަރާލައި ހަނގުރާމަ ފަތަޙަ ކޮށްފިއެވެ. 3އިސްރާއީލުގެ ސިފައިން އެނބުރި ފޭލިގެތަކަށް ދިއުމުން ބޮޑުން މިފަދައިން އެކަކުއަނެކަކާ ސުވާލު ކުރިއެވެ. ”⁠މާތް ރަސްކަލާނގެ އަހަރެމެން ފިލިސްޠީނުގެ އަތުން ބަލި ކުރެއްވީ ކީއްވެބާ؟ އަހަރެމެން މާތްރަސްކަލާނގެ ޢަހުދު ކުރެއްވި ފޮށިކޮޅު ޝީލޫހުއިން ނަގައިގެން ގެންދާނަން. އެއީ މާތް ރަސްކަލާނގެ ވެސް އަހަރެމެން ކުރާ ހަނގުރާމައިގައި ބައިވެރިވެ ވޮޑިގެން އަހަރެމެންނަށް ކާމިޔާބު ލިބުމަށް އެހީތެރިވެ ދެއްވާތޯ.⁠“
4ދެން އެމީހުން ކުޅަދުންވަންތަ މާތްރަސްކަލާނގެ ޢަހުދު ކުރެއްވި ޢަހުދުނާމާ ފޮށިކޮޅު ބަލާ ޝީލޫހު އަށް މީހުން ފޮނުވައިފިއެވެ. އެ ފޮށިކޮޅަކީ އޭގެ މަތީގައި ރަނުން ދެ މަލާއިކަތުންގެ ސޫރައިގައި ކަރޫބީމު#4‏:4 ކަރޫބީމު އަކީ ރަނުން ހަދާފައި ހުންނަ މަލާއިކަތުންގެ ސޫރައެކެވެ. އެ ދެމެދުން މާތްރަސްކަލާނގެ ފާޅުވެ ވޮޑިގެން ފެނިވޮޑިގަތެވެ. ހަދާފައި އެ ދެމެދުގައި މާތްރަސްކަލާނގެ ފާޅުވެ ވޮޑިގެންނެވި ތަން ހަދާފައިވާ ފޮށިކޮޅެކެވެ. ފޮށިކޮޅާއެކު ޢާލީގެ ދެ ދަރިން ކަމަށްވާ ޚުފްނީއާއި ފީނަޙާސް ވެސް އައެވެ.
5ޢަހުދުނާމާ ފޮށިކޮޅު ގެނައުމާއެކު ބަނީއިސްރާއީލުގެ މީހުން އުފަލުން ހަޅޭއްލަވައިގަތް އަޑު ގަދަކަމުން ބިންގަނޑު ގުޑައިގެން ދިޔައެވެ. 6އެމީހުންގެ ހަޅޭކުގެ އަޑު ފިލިސްޠީނުގެ މީހުންނަށް އިވުމުން މި އިވެނީ ކޮން ހަޅޭކެއް ހޭ އެމީހުން އަހަން ފެށިއެވެ.
ދެން ފިލިސްޠީނުގެ މީހުންނަށް މާތްރަސްކަލާނގެ ޢަހުދުކުރެއްވި ޢަހުދުނާމާ ފޮށިކޮޅު އެމީހުންގެ ފޭލިގެއަށް ގެންގޮސްފިކަން އެނގިއްޖެއެވެ. 7ފިލިސްޠީނުގެ މީހުން ބިރުގެންފިއެވެ. އެމީހުން ބުންޏެވެ. ”⁠ކަލަކު ހަނގުރާމައަށް ވަޑައިގެންފި. އަހަރެމެންގެ ކަންތައް ކޮޅުންލައިފި. މިއަކީ މީގެ ކުރިއަކު ވީކަމެއް ނޫން. 8އަހަރެމެންގެ ދުވަސް ހިނގައްޖެ. އެފަދަ ބާރުގަދަ ކަލުންގެ ކިބައިން އަހަރެމެން ރައްކާތެރިކޮށް ދޭނީ ކާކު؟ އެއީ މިޞްރުގެ މީހުންނަށް ހަނަފަސް ސަހަރާގައި އެކިކަހަލަ ބަލިތައް ފޮނުއްވައި އެމީހުން ނައްތާލެއްވި ކަލުން. 9ހިތްވަރުގަދަ ކުރޭ. ފިރިހެނުންގެ ގޮތުގައި ހަނގުރާމަ ކުރޭ. އެހެންނޫނީ އަހަރެމެންނަށް އެމީހުން އަޅުވެތިވީ ފަދައިން އަހަރެމެން ވެސް އެމީހުންނަށް އަޅުވެތިވާން ޖެހިދާނެ.⁠“
10މިހެންވެ ފިލިސްޠީނުން ހިތްވަރު ކޮށްފައި ހަނގުރާމަ ކުރިއެވެ. އިސްރާއީލީން ބަލިވެ އެއެންމެން ގެއާ ދިމާއަށް ދުއްވައިގެންފިއެވެ. މިއީ އިސްރާއީލުންނަށް ލިބުނު ވޭންދެނިވި ބަލިވުމެކެވެ. އެމީހުން ގެ ތިރީސް ހާސް ސިފައިން މަރުވެ ދިޔައެވެ. 11ފިލިސްޠީނުން ވަދެ މާތްކަލާނގެ ޢަހުދުނާމާ ފޮށިކޮޅު އަތުލައިގެންފިއެވެ. އަދި ޢާލީގެ ދެ ދަރިންކަމަށް ވާ ޚުފްނީ އާއި ފީނަޙާސް މަރާލިއެވެ.
ޢާލީ މަރުވުން
12އެދުވަހު ޝީލޫހުއަށް ދިޔަ ބަންޔާމީން ދަރިކޮޅު މީހަކު އޭނާގެ ހިތާމަ ފާޅުކުރުމަށް ހެދުން ވީދާލައި ބޮލަށް ވެލި އަޅައިގެން ހުރެ މައިދާނުން ދުވެފައި ދިޔައެވެ. 13އޭރު ޢާލީ ރަށުގެ ބޮޑު ދޮރާށި ދޮށުގައި ގޮނޑިއެއް ބަހައްޓައިގެން މުޤައްދަސް ފޮށިކޮޅާމެދު ފިކުރުބޮޑުވެފައި އިނެވެ. އޭރު އެ މީހާ އެދިމާއަށް އާދެއެވެ. ބަންޔާމީންގެ ދަރިކޮޅު މި މީހާ އައިސް މި ޚަބަރު ދިނުމުން ރަށުގެ އެންމެން ހަރު އަޑުން ރޯން ފަށައިފިއެވެ. 14‏-15ޢާލީގެ އުމުރުން އޭރު ނުވަދިހަ އަށް އަހަރު ވެފައި ވުމާއެކު އޭނާގެ ލޮލަކަށް މިހިނގާ ކަންތަކެއް ނުފެނެއެވެ. އޭނާ ސުވާލު ކުރިއެވެ. ”⁠މިހާ އަޑު ގަދަވެގެން މިއުޅެނީ ކީއްވެތަ؟⁠“ ދެން ބެންޔާމީނީންގެ މީހާ ޢާލީ ގާތަށް ދުވެފައި އައެވެ. 16”⁠އަހަރެން މީ ހަނގުރާމައިގެ މައިދާނުން މިއަދު ފިލައިގެން އައިމީހެއް.⁠“ ޢާލީ ސުވާލު ކުރިއެވެ. ”⁠ދަރިފުޅާ، ވީ ކީއްތަ؟⁠“ 17އެމީހާ ބުންޏެވެ. ”⁠އިސްރާއީލީން ފިލިސްޠީނީންގެ އަތުން ބަލިވެ ފިލައިގެން ހިނގައްޖެ. އަދި އެކަން އެކަންޏެއް ވެސް ނޫން. ކަލޭގެ ދެ ދަރިން ވެސް އޭގެ ތެރޭގައި ހިމެނުނު. އަދި މާތްކަލާނގެ ޢަހުދު ކުރެއްވި ފޮށިކޮޅު ވެސް އެމީހުން އަތުލައިގެންފި!⁠“ 18ބަންޔާމީންގެ މީހާ މުޤައްދަސް ފޮށިކޮޅާއި ބެހޭގޮތުން މިބުނި ވާހަކަ އަޑު އިވުމުން ޢާލީ އިން ގޮނޑިން އިދިފުށަށް ވެއްޓިއްޖެއެވެ. އޭނާ ވެއްޓުނީ ބޮޑު ދޮރާށި ކައިރިއަށެވެ. ޢާލީ ވެއްޓި ކަނދުރާ ބިންދައިގެން ހިނގައްޖެއެވެ. އޭނާއަކީ މުސްކުޅި ފަލަ މީހެކެވެ. އެހެންކަމުން ވަގުތުން އޭނާ މަރުވެއްޖެއެވެ. ޢާލީ ވަނީ ސާޅީސް އަހަރު ވަންދެން އިސްރާއީލީންގެ މައްޗަށް ވެރިކަންކޮށްފައެވެ.
ނޫރުފުޅު ނިވިދިއުން
19ޢާލީގެ ދަނބިދަރި، ފީނަޙާސްގެ އަނބިމީހާ އިނީ ބަލިވެއެވެ. އޭރު ވަނީ ދަރިފުޅު ވިހަން ކައިރިވެފައެވެ. އޭނާއަށް މާތްކަލާނގެ ޢަހުދުނާމާ ފޮށިކޮޅު ގެންދިޔަ ޚަބަރު ލިބުނެވެ. އަދި ޢާލީއާއި އޭނާގެ ފިރިމީހާ މަރުވި ޚަބަރު ވެސް ލިބުނެވެ. މި ޚަބަރު އިވުމާއެކު އޭނާގެ ވޭންވަރު ގަދަވެ ދަރިފުޅު ފާޅުވާން ފަށައިފިއެވެ. 20އޭނާ މަރުވަމުން ދިޔައިރު އަންހެނަކު އައިސް އޭނާއަށް އެހީތެރިވިއެވެ. އޭނާ ބުންޏެވެ. ”⁠ކަންބޮޑުނުވޭ. ކަލޭ ފިރިހެން ދަރިއަކު ވިހައިފި.⁠“
އެހެނަސް ޢާލީގެ ދަނބިދަރި މިވާހަކައަށް ޖަވާބެއް ވެސް އަދި ސަމާލުކަމެއް ވެސް ނުދިނެވެ.
21އޭނާ މަރުވުމުގެ ކުރީން އެ ދަރިފުޅަށް ޔަކުބޫދުއޭ#4‏:21 ޔަކްބޫދުގެ މާނައަކީ ޖަލާލުވަންތަކަން ބީވެދިއުން ކިޔާ ނަން ދިނެވެ. އެހެނީ އެދުވަހު އިސްރާއީލުގެ އަތުން މާތްރަސްކަލާނގެ ޖަލާލަތު ވަންތަކަން ޖަހައިގެން ގެންދެވުނީތީ އެވެ. އޭނާ މިހެން މި ހެދީ މާތްކަލާނގެ ފޮށިކޮޅު ގެއްލި ދިއުމުގެ އިތުރުން އޭނާގެ ފިރިމީހާއާއި ބަފައިކަލޭގެ ވެސް މަރުވެ ދިއުމުންނެވެ. 22އޭނާ ބުންޏެވެ. ”⁠އިސްރާއީލުގެ ޖަލާލަތުކަން އެމީހުންގެ އަތުން ބީވެގެން ހިނގައްޖެ. އެހެނީ މާތްކަލާނގެ ޢަހުދުނާމާ ފޮށިކޮޅު ފިލިސްޠީނުގެ މީހުން އެމީހުންގެ އަތުން ޖަހައިގެންފި.⁠“

Currently Selected:

1 ޞަމޫއީލް 4: ކމ

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in