އަޚުންނާއި އުޚުތުންނޭވެ! އަހަރެންދެކޭ ގޮތުގައި އަހަރެންގެ ލަނޑުދަނޑިއާއި ހަމައަކަށް އަދި ނުދެވެއެވެ. އެހެނަސް އަހަރެން އަބަދުވެސް ކުރާ އެއްކަމެއް ވެއެވެ. އެއީ މާޒީ ހަނދާން ނައްތާލުމަށް ފަހު މުސްތަގުބަލާ ދިމާއަށް ދެމިގަންނަން ކުރިމަތިލުމެވެ. އަހަރެން ދެމިގަންނަން ގަދައަޅާނީ ލަނޑުދަނޑި އާއި ދިމާއަށެވެ. އޭރުން އަލްމަސީޙު އީސާގެފާނު މެދުވެރި ކުރައްވާ މާތްކަލާނގެ ގޮވައިލައްވާ ދާއިމީ ޙަޔާތުގެ އިނާމު ޙާސިލު ކުރުމަށެވެ.