YouVersion Logo
Search Icon

ތިޔަބައިމީހުންގެ ހިތްއަލިކުރެއްވުން އެދި އަހަރެން ދުޢާ ދަންނަވަމެވެ. އޭރުން އެކަލާނގެ މުޤައްދަސް ކުރެއްވި ފަރާތްތަކަށް ދެއްވުމަށް އެކަލާނގެ ވަޢުދުވެ ވޮޑިގެންނެވި އުންމީދަކީ ކޮބައިކަން ތިޔަބައިމީހުންނަށް އެނގިގެންވާނެއެވެ. އަދި އެކަލާނގެ މުޤައްދަސްކުރެއްވި ފަރާތްތަކަށް އެކަލާނގެ ދެއްވާ ތަރިކައިގެ މަތިވެރިކަމާއި މުއްސަނދިކަން ތިޔަބައިމީހުންނަށް ވިސްނޭނެއެވެ. އަދި އަހަރެމެން ފަދައިން އެކަލާނގެ ކިބަފުޅަށް އީމާންވާ ފަރާތްތަކަށް އެކަލާނގެ ދެއްވާ މަތިވެރި ބާރު ތިޔަބައިމީހުން އުނގެނިގަތުމަށް ވެސް އަހަރެން ދުޢާ ދަންނަވަމެވެ. މިބާރު އަހަރެމެންގެ ތެރޭގައި މަސައްކަތް ކުރަމުން ދަނީ އެކަލާނގެ އިލާހުވަންތަކަމުގެ ކުޅަދުންވަންތަ ކަމާއި އެއްފަދައިންނެވެ. އެއީ އަލްމަސީޙު އަވަހާރަވުމަށް ފަހު އަލުން ދިރުއްވި ހިނދު އެކަލާނގެ ބޭނުން ކުރެއްވި ކުޅަދުންވަންތަ ކަމެވެ. އަދި އެކަލޭގެފާނު އުޑަށް އުފުއްލެވުނު ހިނދު އެކަލާނގެ ކަނާތްޕުޅު ފަރާތުގައި އާރާއިބާރުވެރި ގޮތުގައި އިންނެވި ފަދައިންނެވެ. އެހެނީ އެންމެހާ ވެރިންގެ މައްޗަށާއި، ބާރާއި ނުފޫޒުވެރި ހުރިހާ އެންމެންގެ މައްޗަށާއި އަދި ރަސްރަސްކަލުންގެ މައްޗަށް އަލްމަސީޙު ވެރިކަން ހިންގަވާނީ މި ޒަމާނުގައި އެކަންޏެއްމެ ނޫނެވެ. ނަމަވެސް އަންނާން އޮތް ޒަމާނުގައި ވެސް މިފަދައިން ވެރިކަން ހިންގަވާނެއެވެ.

Free Reading Plans and Devotionals related to އެފޭސުސްގެ މަސީޙީންނަށް ސިޓީ 1