މަނިކުފާނު އެމީހުން ދިޔަ ނުދީ ހިފަހައްޓައިގެން އުޅުއްވާނަމަ މާތްރަސްކަލާނގެ އަތްޕުޅު އުފުއްލަވައި މިރަށުގެ ހުރިހާ ޖަނަވާރުތަކަށް މުސީބާތެއް ފޮނުއްވާފާނެޔޭ. އެ މުސީބާތް ފޮނުއްވާނީ މަނިކުފާނުގެ އަސްތަކާއި ހިމާރުތަކާއި ޖަމަލު ތަކާއި ގެރިބަކަރި ކަންބަޅިތަކަށޭ. އިސްރާއީލީންގެ ޖަނަވާރުތަކާއި މިޞްރުގެ ޖަނަވާރުތަކާ މެދު މިކަންތަކުގައި ތަފާތު ކުރައްވާނަމޭ. އިސްރާއީލީންގެ އެންމެ ޖަނަވާރެއް ވެސް މަރެއް ނުވާނެޔޭ.