ފިރުޢައުނުގެ ސިހުރުވެރިން ވެސް އެމީހުންގެ ސިހުރުގެ ބާރުން އެ ބާވަތުގެ މެހި އުފައްދަން އުޅެފިއެވެ. އެކަމަކު މިފަހަރު އެމީހުންނަކަށް ކާމިޔާބެއް ނުވިއެވެ. އެ މެހިތައް އައިސް އިންސާނުންނާއި ޖަނަވާރުންގެ ގަޔަށް އަރައިގެންފިއެވެ. ރަސްގެފާނުގެ ސިހުރުވެރިން ފިރުޢައުނަށް ދެންނެވިއެވެ. ”މިއީ މާތްކަލާނގެ އަތްޕުޅުގެ ކުޅަދުންވަންތަ ބާރުފުޅުކަން ޔަޤީން!“
އެކަމަކު ވެސް ފިރުޢައުނުގެ ބޯހަރުކަމެއް ދުލެއް ނުކުރެއްވިއެވެ. އެރަސްގެފާނު އެއަޑެއް ނޭއްސެވިއެވެ. އެއީ މާތްރަސްކަލާނގެ ވަޙީ ކުރައްވާފައިވާ ފަދައިން ވެސް މެއެވެ.